Monday, May 13, 2013

revision1 for term test- grade6

އިސްލާމް / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޤުރުއާނުގެ ބައި ، ޢަޤީދާގެ ބައި
1) ((وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَة.)) މިއާޔަތުގައި އެވަނީ ކޮންކަހަލަ އިދްޣާމެއް ކަމާއި، މިއިދްޣާމް ކިޔާނެގޮތް ބުނެދޭށެވެ؟
2) ((الَّذِي جَمَع مَالاً وَّ عَدَّدَهُ)) މިއާޔަތުގައި އެވަނީ ކޮންކަހަލަ އިދްޣާމެއް ކަމާއި، މިއިދްޣާމް ކިޔާނެގޮތް ބުނެދޭށެވެ؟
3) ((تَرْمِيهِم بِـحِجَارَةٍ مِّن سِجِّيلٍ)) މިއާޔަތުގައި ޝަފަވީއިޚްފާއު ގެ ތަންކޮޅަކާއި ޝަފަވީ އިޘްހާރުގެ ތަންކޮޅެއްވެއެވެ. އެދެތަންކޮޅު ވަކިކޮށް އެދެތަން ކިޔާނެގޮތް ބުނެދޭށެވެ؟
4) ޝަފަވީ އިދްޣާމްގެ ޙުކުމް އަންނަނީ މީމު ސުކުނެއްގެ ފަހަތަށް ކޮން އަކުރެއް އައުމުންހެޔެއްވެ؟ އަދި ކިޔާނީ ކިހިނެތްހެއްޔެވެ؟
5) [ހަމަކަށަވަރުން ތިމަން އިލާހު ގިނަގުނަވެގެންވާ ހެޔޮކަން (އޭގެ ތެރޭގައި ކައުޘަރޭ ކިޔުނު އޭރުވެސް) ކަލޭގެފާނަށް ދެއްވީމެވެ] މިއާޔަތުގެ މާނައިން ދޭހަވާ ކަމެއް ބުނެދޭށެވެ؟
6) ހަމައެކަނި އަޅުކަން ކުރުން ޙައްޤުވެގެންވަނީ ﷲ އަށްކަން އަންގައިދޭ އާޔަތެއް ކައުޘަރު ސޫރަތުގައިވެއެވެ. އެއާޔަތުގެ މާނައަކީ ކޮބާހެއްޔެވެ؟
7) ކައުޘަރު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެއެވެ:[ހަމަކަށަވަރުން ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ، އެއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ] މިއާޔަތް ތިޔަދަރިވަރު އުނގެނުމަށްފަހު ތިޔަދަރިވަރުގެ އުޅުމަށް އަންނާނެ ބަދަލެއް ބުނެދޭށެވެ؟
8) މާޢޫނު ސޫރަތުގައި ބަޔާންވެގެންވާ މީހާ ކުރާ ބައެއްކަހަލަ ގޯސްކަންތައްތަކެއްގެ ވާހަކަ އައިސްފައިވެއެވެ. އެމީހަކު އެފަދަ ކަންކަން ކުރަނީ އޭނާގެ ހިތުގައި އޮންނަ ޤަބޫލުކުރުމެއްގެ ސަބަބުންނެވެ. އެއީ ކޮންކަމެއްހެއްޔެވެ؟
9) މާޢޫނު ސޫރަތް އުނގެނުމަށްފަހު ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާ ކަމުގައި ވާނަމަ ތިޔަދަރިވަރުގެ އުޅުމަށް ބަދަލެއް އަންނާނެ އެވެ. އެގޮތުން އަންނާނެ 3 ބަދަލެއް ބުނެދޭށެވެ؟
10) މާޢޫނު ސޫރަތުގައި އައިސްފައިވެއެވެ: [އެބައިމީހުންނަކީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.] މިތަނުގައި ކަންދެއްކުމަށް ނަމާދުކުރުން އައިސްފައި މިވަނީ ރަނގަޅުކަމެއްގެ ނުވަތަ ގޯސްކަމެއްގެ ގޮތުގައިހެއްޔެވެ؟ ތިހެންބުނި ސަބަބުވެސް ބުނެދޭށެވެ؟
11) ޣައިބަށް އީމާންވުމުގައި ހިމެނޭ 4 ކަމެއް ބުނެދޭށެވެ؟
12) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައީ: [އެކަލާނގެއީ ﷲ އެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވާ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ އިލާހެވެ. ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އެކަލާނގެ އީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
13) އަހަރުމެން އުފަންވެ ބޮޑުވަނީ އިސްލާމްދީންމަތީގައެވެ. އަދި އަހަރުމެންގެ މައިންބަފައިންނާއި އެކިއެކި މީހުންގެ ފަރާތުން ދީނުގެ ވަރަށް ގިނަކަންކަން އަޑުއަހަމެވެ. އަދީ އޭގެ ތެރެއިން ބައެއް ކަންކަމަކީ އަހަރުމެން ދަވަހަކުވެސް ލޮލުން ނުދެކޭ ކަންކަމުގެ ވާހަކައެވެ. އެކަންކަން މައިންބަފައިންނަށާއި އެހެން މީހުންނަށްވެސް އެނގިފައިވަނީ ކިހިނެތްހެއްޔެވެ؟
14) "ޣައިބަށް އީމާންވުން" ގެ ޓޮޕިކުގައި އޮންނަ ގޮތުން ޣައިބަށް އީމާންވުމަކީ މިޒަމާނުގެ ޢިލްމީ ހޯދުންތަކުން އެނގިފައިވާ ގްރެވިޓީފޯސް ރޭޑިޔޯ ވޭވްސް ފަދަ އެތައްކަމަކަށް ބަލާއިރު ބުއްދީގެ ގޮތުންވެސް ޤަބޫލުކުރެވޭކަމެކެވެ. އެއީ ކިހިނެތްކަން ބުނެދޭށެވެ؟
15) ބަރުޒަޚް ގެ މާނަ ބުނެދޭށެވެ؟
16) ކަށްވަޅުގައި ލިބޭ ތަދާއި ވޭން އަދި އަރާމާއި އުފާ ލިބެނީ އިންސާނާގެ ކޮން އެއްޗަކަށްހެއްޔެވެ؟
17) އަހަރުމެންނަށް މީހުން މަރުވާތަނާއި މަރުވެގެން ބާއްވާފައި އޮންނަތަނާއި ވަޅުލާތަނާއި މިތަންތަން ފެނެއެވެ. އެހެންނަމަވެސް އެމީހުންގެ ހަށިގަނޑަށް އެއްވެސް ކަމެއް ވާތަނެއް ނުފެނެއެވެ. ވީމާ ބަރުޒަޚަށް އީމާންވުމަކީ ކޮންކަމެއްގެ ތެރެއިންވާ ކަމެއްހެއްޔެވެ؟
18) ކަށްވަޅުގައި ދެމަލާއިކަތަކު ސުވާލު ކުރައްވާނެއެެވެ. އެދެމަލާއިކަތުންގެ ނަންފުޅަކީ ކޮބާހެއްޔެވެ؟
19) ކަށްވަޅުގައި ސުވާލުކުރާ ދެ މަލާއިކަތުންނަށް ރަނގަޅަށް ޖަވާބު ދެވޭނީ އަދި ކަށްވަޅުގައި އަރާމާއި އުފާ ލިބުން ވަނީ ކޮންކަހަލަ ބަޔަކަށް ހެއްޔެވެ؟
20) ކަށްވަޅަކީ ބައެއްމީހުންނަށް އަރާމު އަދި އަނެއްބަޔަކަށް ދަތިއުނދަގޫ ތަނެއްކަން އަންގައިދޭ ރަސޫލާr ގެ ޙަދީޘްފުޅެއްގެ މާނަ ލިޔާށެވެ؟
21) ކަށްވަޅަކީ ޢަޛާބު ލިބޭތަނެކެވެ. އެޢަޛާބުން ސަލާމަތްވުމަށް ބައެއްކަހަލަ ފާފަތަކުން ދުރަށް ދާންޖެހެއެވެ. އޭގެ ތެރެއިން 2 ކަމެއް ބުނެދޭށެވެ؟
22) ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންވާމީހަކާއި އީމާންނުވާ މީހެއްގެ އުޅުން ވަރަށް ތަފާތުވާނެއެވެ. އޭގެ ތެރެއިން 2 ތަފާތެއް ބުނެދޭށެވެ؟
23) އާޚިރަތް ދުވަހާ އެދުވަހަށް އީމާންވުމާއި ހުރި ތަފާތަކީ ކޮބާހެއްޔެވެ؟
24) އާޚިރަތްދުވަހަށް އީމާންވުމުގެ ޙުކުމަކީ ކޮބައިކަން ބުނެދޭށެވެ؟
25) އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ 5 ކަމެއް ބުނެދޭށެވެ؟
26) އާޚިރަތް ދުވަހުގައި އަހަރުމެންނާއި އެކު ހަމައެކަނި ވަނީ އަހަރުމެން މިދުނިޔޭގައި ކުރާ ޢަމަލެކެވެ. ވީމާ އެދުވަހު ބާއްޖަވެރި ކުރަން ބޭނުންނަމަ އަހަރުމެން މިހާރު އުޅެންޖެހޭނީ ކިހިނެތް ހެއްޔެވެ؟
27) އަލުންދިރުއްވުމަކީ ކޮބާހެއްޔެވެ؟ އަދި އެކަމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
28) އަލުންދިރުއްވުމަކީ ބުއްދިއަށްވެސް ޤަބޫލުކުރެވޭ ކަމެއް ކަމަށް ވަނީ ކިހިނެތްހެއްޔެވެ؟
29) ﷲ ވަޙީކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ:[އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) ޚަލްޤުތައް އުފައްދަވާ ދެން އަލުން އެއިޢާދަ ކުރައްވާ އިލާހެވެ.] މިއާޔަތުން ﷲ އިންސާނުން އަލުން ދިރުއްވާނެކަން ދޭހަވާ ގޮތެއް ބުނެދޭށެވެ؟
30) އަލުންދިރުއްވުމަކީ އީމާންކަމުގެ ރުކުނެއް ނޫނެވެ. ނަމަވެސް އެކަމަކީ އާޚިރަތްދުވަހަށް އީމާންވުމުގެ ތެރެއިންވާކަމެކެވެ. އެހެންވަނީ ކިހިނެތްހެއްޔެވެ؟

No comments:

Post a Comment