1) މިދެޢަލާމާތުން ކޮންމެވެސް އެއްތަނަކަށް ހުއްޓައިފިނަމަ އަނެއްތަނަކަށް ނުހުއްޓާނެއެވެ. އެޢަލާމާތަށް ކިޔަނީ ކޮން ނަމެއް؟
ޖަވާބު: ވަޤުފު މުޢާނަޤާ އެވެ.
2) ޢުމަރުގެފާނު ދަރިކަނބަލެއް
ރަސޫލާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެއީ ކާކު؟
ޖަވާބު: ޙަފްޞާ ބިންތު ޢުމަރު އެވެ.
3) އިބްރާހީމް ނޫން ރަސޫލާގެ
ހުރިހާ ދަރިންގެ މަންމަ އަކީ ކާކު؟
ޖަވާބު: ޚަދީޖާ ބިންތު ޚުވައިލިދު އެވެ.
4) ކަރަންޓު ލޮލަށް ނުފެނުނަސް
ބޮކީގެ އަލިކަން އެއީ ކަރަންޓުވާ ކަމުގެ ހެއްކެވެ. ވީމާ ﷲ އަހަރުމެންނަށް ނުފެނުނު
ކަމުގައިވިޔަސް އެކަލާނގެ ވާކަމުގެ ހެކި ވެއެވެ. އެހެއްކަކީ ކޮބައިކަން ބުނެދީ؟
ޖަވާބު: ދުނިޔެއާއި އުޑުތަކާއި އިރާއި ހަނދާއި
ދުވާލާއި ރޭގަނޑުގެ ފަދަ ކަންކަމެވެ.
5) ޤުދްސީ ޙަދީޘެއްގައިވެއެވެ:
[އެކަކު އަނެކަކަށް ޚިޔާނާތްތެރިނުވާހާ ހިނދެއްގައި ތިމަންއިލާހު ބައިވެރިވާ ދެމީހުންގެ
ތިންވަނަ ފަރާތެވެ. ފަހެ ޚިޔާނާތްތެެރި ވެއްޖެނަމަ އެބައިމީހުންނާއި ތިމަން އިލާހު
ވަކިވެވޮޑިގެންފާ ހުށީމެވެ.] މިޙަދީޘުން ދޭހަވަނީ ކޮންކަމެއް؟
ޖަވާބު: ކުންފުނީގެ ވިޔަފާރި ކުރުމަކީ ދީނުގައި
ހުއްދަ ކަމެއް ކަމެވެ.
6) ﷲ ގެ އަމުރުފުޅަށް ރަސޫލާ
ކައިވެނި ބައްލަވައިގެންނެވީ ކޮން ބޭކަނބަލަކާ ހެއްޔެވެ؟
ޖަވާބު: ޒައިނަބު ބިންތު ޖަޙްޝު އެވެ.
7) ކުންފުނީގެ މުޢާމަލާތުގެ
ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ގިނަބަޔަކަށް ވިޔަފާރީގެ ފައިދާ
ލިބުމެވެ.
8) ކުންފުންޏަކީ ކޮބައިކަން
ބުނެދޭށެވެ؟
ޖަވާބު:ކުންފުންޏަކީ: ރައުސްމާލާ ފައިދާގައި
ބައިވެރިވާކަމަށް ޙިއްސާދާރުންގެ މެދުގައި އޮންނަ އެއްބަސްވުމެވެ / ދެމީހުން ނުވަތަ އެއަށްވުރެ ގިނަމީހުން
ވިޔަފާރި ކުރުމަށް ހަދާ ޖަމާޢަތެކެވެ.
9) ރަސޫލާގެ ދަރީންގެ ތެރެއިން
އިބްރާހީމް ގެ މަންމައަކީ ކާކުހެއްޔެވެ؟
ޖަވާބު: މާރިޔަތުލް ޤިބްޠިއްޔާ އެވެ.
10) ރަސޫލާ ދުނިޔޭގައި
ހުންނަވަނިކޮށް ހިޖުރައިގެ ފަހުން ހިޖްރީން 3 ވަނަ އަހަރު އަވަހާރަވީ ކޮން
ބޭކަނބަލެއް ހެއްޔެވެ؟
ޖަވާބު: ޒައިނަބު ބިންތު ޚުޒައިމާ އެވެ.
11) ރާއްޖޭގައި ގޭގެ
ޢިމާރާތްކުރުމުގައި ބޭންކާއި ގޭގެ ވެރިފަރާތާއި ދެމެދު ރަހުނުގެ މުޢާމަލާތް
ކޮށްއުޅެއެވެ. އެކަން ހިނގާ ގޮތް ކިޔައިދޭށެވެ؟
ޖަވާބު: ބޭންކުން ދަރަނި ނަގާއިރު ގޭގެ
ރަޖިސްޓްރީ ބޭންކުގައި ރަހުނެއްގެ ގޮތުގައި ބާއްވަނީއެވެ.
12) ރަސޫލާގެ އަނބިކަނބަލުން
ޖުވައިރިޔާ ބިންތުލް ޙާރިޘް ގެ ތަފާތު ކަމެއް ބުނެދޭށެވެ؟
ޖަވާބު: އެކަމަނާއީ ބަނޫ މުސްޠަލިޤު ވަންހައިގެ
ރައީސްގެ ދަރިކަނބަލުންނެވެ.
13) ﻣ މިޢަލާމާތުގެ
ޙުކުމަކީ ކޮބާ؟
ޖަވާބު: ކޮންމެހެންވެސް ހުއްޓަންޖެހޭނެއެވެ.
14) ރަހުނުގެ މުޢާމަލާތް ކުރާމީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރެއިން ސިފައެއް ބުނެދޭށެވެ؟
ޖަވާބު: މަޖްބޫރު ކުރެވިފައި ނުވުން / މުދާ ބޭނުންކުރުމުގެ ކުޅަދާނަކަން ލިބިފައިވުން / ބާލިޣުވެފައިވުން / ބުއްދި ސަލާމަތުން ހުރުން
15) ރަސޫލާގެ ހުރިހާ އަންހެންދަރީންގެ ނަންތައް ކިޔައިދީ؟
ޖަވާބު: ޒައިނަބު، ރުޤައްޔާ، އުންމުކުލްޘޫމް ، ފާތިމާ
16) ވަޤުފުގެ އިސްޠިލާޙީ މާނައަކީ ކޮބާ؟
ޖަވާބު: ޤުރުއާން ކިޔަވާ ހިނދު ކަލިމައެއްގެ ފަހު އަކުރަށް ނޭވާ އާއި އަޑު ހުއްޓާލުމެވެ.
17) ކާއިނާތުގެ އެންމެހާ ކަންތަކަށް ބާރު ފޯރުވާ އިލާހަކުވާކަމުގެ އިޙްސާސް އިންސާނާ އުފެދުމުގައި ވަނީ ލައްވާފައެވެ. މިކަން އިންސާނާގެ ކިބައިން ފެންނަނީ ކިހިނެތް ހެއްޔެވެ؟
ޖަވާބު: ދެރައަކާއި ހިތާމައަކާއި ކުރިމަތިވުމުން އެހީއަށް އެދި ދެންނެވެނީ ﷲ އަށެވެ.
18) ﷲ ވޮޑިގެންވުމަކީ ކޮބާ؟
ޖަވާބު: ފެށުމެއް އަދި ނިމުމެއް ނެތި ﷲ ދިރިދެމިވޮޑިގެންވުމެވެ.
19) ރަސޫލާގެ އަނބީންގެތެރެއިން ތަފްސީރު ފިޤުހު އަދި ޙަދީޘް ގެ ރޮގުން އެންމެ މޮޅު ޢިލްމުވެރި ބޭކަނބަލަކީ ކާކު؟
ޖަވާބު: ޢާއިޝާ ބިންތު އަބޫބަކުރެވެ.
20) ވަޤުފު ގެ ލުޣަވީ މާނައަކީ ކޮބާހެއްޔެވެ؟
ޖަވާބު: ހުއްޓުމެވެ.
21) ރަސޫލާގެ ފިރިހެން ދަރީންގެ ނަންތައް ކިޔައިދޭށެވެ؟
ޖަވާބު: އަލްޤާސިމް ، ޢަބްދުﷲ ، އިބްރާހީމް
22) ރަސޫލާއަށް މުޅިއަކު ކިތައް އަންހެން ދަރިން ލިބިވަޑައިގެންތަ؟
ޖަވާބު: 4
23) ރަސޫލާއަށް މުޅިއަކު ކިތައް ފިރިހެން ދަރިކަލުން ލިބިވަޑައިގެންތަ؟
ޖަވާބު: 3
24) އާޔަތެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުން (ދަރަނީގެ މުޢާމަލާތެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނު ނަމަ ފަހެ އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ] މިއާޔަތުން ދޭހަވަނީ ކޮންކަމެއް؟
ޖަވާބު: ރަހުނުގެ މުޢާމަލާތް ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ކަމެވެ.
25) لا މިވަޤުފުގެ ޢަލާމާތަށް ކިޔަނީ ކޮން ނަމެއްހެއްޔެވެ؟
ޖަވާބު: ވަޤުފު މަމްނޫޢު
26) ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ ކޮންބޭކަނބަލެއް؟
ޖަވާބު: އުންމު ސަލަމާ އެވެ.
27) ކޮންމެ އެއްޗެއްވެސް ފެނުމާއި އެކު ﷲ ވޮޑިގެންވާ ކަމުގެ ހެކި ބުއްދިއަށް ޤަބޫލުކުރެވެއެވެ. އެއީ ކިހިނެއްކަން ބުނެދޭށެވެ؟
ޖަވާބު: އެއްޗެއް ފެންނައިރަށް އެއެއްޗެއް އުފެއްދި ފަރާތެއް ވާކަން ބުއްދި ޤަބޫލުކުރެއެވެ.
28) ރަހުނަކީ ކޮބާ؟
ޖަވާބު: ދަރަނި އަދާކުރުމުގެ އިތުބާރެއްގެ ގޮތުން ދަރަނިދޭ މީހާގެ އަތުގައި ބަހައްޓާ ދަރަނި ނަގާ މީހާގެ އަގުހުރި މުދަލެކެވެ.
29) ﷲ ނުފެންނަ ކަމަށް ބުނެ އެކަލާނގެއަށް އީމާންވުމަށް އިންކާރުކުރާ މީހާއަށް މިޒަމާނުގެ
ހޯދުންތަކުގެ އަލީގައި ދޭނީ ކޮން ރައްދެއް؟
ޖަވާބު: ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެއް ނޫންކަން ޤަބޫލުކުރަންޖެހެއެވެ. ގްރެވިޓީ އަދި ވޭވްސް
ފަދަ ތަކެތިވެސް ނުފެނެއެވެ.
No comments:
Post a Comment