އިސްލާމް ގްރޭޑް 7 / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް
2013 / ޢިބާދާތުގެ ބައި
1) ﷲ ވަޙީކުރެއްވި
ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ
ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުންދެކެވެސް އެކަލާނގެ
ލޯބިވެވޮޑިގެންވެއެވެ.] މިއާޔަތާ ހިނައިގަތުމާ ހުރި ގުޅުމަކީ ކޮބައިކަން
ބުނެދޭށެވެ؟
2)
ހިނައިގަތުމަށްޓަކައި މޫދަށް ފުންމާލުމަށްފަހު އަޑިއަށް ގޮސް އެރާއިރު ހުންނާނީ
ގައިގައިހުރި ހުރިހާ ނަޖިހެއް ފިލާފައެވެ. އަދި މުޅި ގައިގައި ފެންވެސް
ޖެހިފައެވެ. ވީމާ އެއީ ހިނައިގަތުމަކަށް ފުދޭނެ ހެއްޔެވެ؟ ސަބަބަކީ ކޮބާހެއްޔެވެ؟
3) ޖުނުބުވެރިޔާ
އާއި ޙައިޟުނިފާސްވެރިޔާގެ އެއްގޮތް ކަމަކާއި ތަފާތު ދެ ކަމެއް ބުނެދޭށެވެ؟
4) ޖުނުބުވެރިޔާ
އާއި ޙައުޟުނިފާސް ވެރިންނަށް ޙަރާމްވާން ކަންކަމުގައި އެއްގޮތްކަންކަމާއި ތަފާތު
ކަންކަން ހުރެއެވެ. އޭގެ ތެރެއިން އެއްގޮތް 2 ކަންތަކާއި ތަފާތު 1 ކަންތައް
ބުނެދޭށެވެ؟
5) ނަމާދު
ޤަޞްރުކުރެވޭނީ ކޮންބަޔަކަށް ހެއްޔެވެ؟
6) ނަމާދު ޖަމްޢު
ކުރެވޭނީ ކޮން ބަޔަކަށް ހެއްޔެވެ؟
7) ޙައްޖާއި
ޢުމްރާގެ ރުކުންތަކުގައި ހުރި ތަފާތުތައް ބުނެދޭށެވެ؟
8) ޙައްޖާއި
ޢުމްރާގެ ވާޖިބުތަކުގައި ހުރި އެއްގޮތް ކަންތައް ކިޔައިދޭށެވެ؟
9) ތިރީގައިވާ
ވާހަކަކޮޅު ކިޔުމަށްފަހު ހުރިހާ ސުވާލުތަކަށް ޖަވާބުލިޔާށެވެ:
ތިޔަދަރިވަރު ޙައްޖުމަހުގެ 8 ވަނަދުވަހު
ޙައްޖަށް ނިޔަތްގަނެ އިޙްރާމް ބަނީއެވެ.
(ހ) ދެން
ތިޔަދަރިވަރަށް ނުކުރެވޭނެ 4 ކަމެއް ކިޔައިދޭށެވެ؟
(ށ) ނިޔަތްގަނެގެން
ދާނީ ކޮންތަނަކަށް ހެއްޔެވެ؟
(ނ) އަނެއް ދުވަހު
ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެދުވަހު އެތަނަށް ނުދެވިއްޖެނަމަ ޙައްޖަށް ވާނީ
ކިހިނެއްހެއްޔެވެ؟
(ރ) 9 ވަނަ ދުވަހުގެ
ރޭ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އަދި އެތަނަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
(ބ) 10 ވަނަ ދުވަހު
ޖަމްރާއަށް ހިލައުކާނެ ހެއްޔެވެ؟ އެއީ ކިތައް ޖަމްރާއަށް ހެއްޔެވެ؟
(ޅ) 10 ވަނަ ދުވަހު
ކުރާނެ ހުރިހާ ވާޖިބު ކަންތައް ކިޔައިދޭށެވެ؟
(ކ) 10 ވަނަ ދުވަހު
ކުރާނެ ހުރިހާ ރުކުންތަކެއް ކިޔައިދޭށެވެ؟
(އ) ފުރަތަމަ
ތަޙައްލުލް ވާނީ ކޮންކަމެއް ކުރުމަށްފަހުގައިހެއްޔެވެ؟
(ވ) ދެވަނަ
ތަޙައްލުލް ވާނީ ކޮންކަމަކަށް ފަހުގައި ހެއްޔެވެ؟
(މ) 11 12 13
ތިންދުވަހު މިނާގައި ކުރުން ވާޖިބު ކަންކަން ބުނެދޭށެވެ؟
(ފ) 13 ވަނަ ދުވަހު
މިނާގައި މަޑުނުކުރުން ހުއްދަވާނީ ކިހިނެއްވީމާ ހެއްޔެވެ؟
(ދ) ތިޔަދަރިވަރު
ޙައްޖު ނިންމާ ރަށަށްދާން ފުރުމުގެ ކުރިން މައްކާގައި އެންމެ ފަހުން ކުރަންޖެހޭ
ކަމަކީ ކޮބައިހެއްޔެވެ؟ އެކަން ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
10) ﷲ ވަޙީކުރެއްވި
ބަސްފުޅުގެ މާނައިގައިވެއެވެ: [ވިޔަފާރިކުރުން ﷲ ވަނީ ހުއްދަކުރައްވާފައެވެ. އަދި
ރިބާ ވަނީ ޙަރާމްކުރައްވާފައެވެ] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
11) ﷲ ވަޙީކުރެއްވި
ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް
ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ ތެރެއިން
ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.]
މިއާޔަތުގައި ވިޔަފާރީގެ 3 ނުވަތަ 4 ރުކުނުގެ ތެރެއިން ރުކުނެއްގެ ވާހަކަ
އައިސްފައި ވެއެވެ. އެއީ ކޮން ރުކުނެއް ހެއްޔެވެ؟
12) ﷲ ވަޙީކުރެއްވި
ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް
ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ ތެރެއިން
ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.] މިއާޔަތުން
ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
13) ވިޔަފާރި ކުރާ
މުދަލުގައި ހުންނަންޖެހޭ ޝަރުތެއް ބުނެދޭށެވެ؟ ވީމާ ވިޔަފާރި ކުރުން ޞައްޙަނުވާނެ
މުދަލެއްގެ ނަން ބުނެދޭށެވެ؟
14) ރަހުނު ދިނުމަކީ
ދީނުގައި ހުއްދަ ކުރެވިފައި ނުވާ ކަމެއްނަމަ ދިރިއުޅުމުގެ ކަންކަމުގައި ދިމާވާނެ
ދަތިތަކާމެދު ވިސްނާލުމަށްފަހު އެކަމެއް ބުނެދޭށެވެ؟
15) ޢަލީގެ އަތުގައި
އޮތީ 100 ރުފިޔާ އެކަންޏެވެ. އެކަމަކު ތައުފީޤު ޢަލީއަތުގައި އޮތް 100 ރުފިޔާ
ދަރަންޏެއްގެ ގޮތުގައި ކޮންމެހެންވެސް ބޭނުންވެއްޖެއެވެ. ދެން ގަދަކަމުން
ބިރުދެއްކުމަށްފަހު ރަހުނެއްގެ ގޮތުގައި ތައުފީޤުގެ އައިފޯނު ޢަލީއަށް ދީފައި 100
ރުފިޔާ އަތުލައިފިއެވެ.
(ހ) އެރަހުނު
ބެހެއްޓި ގޮތް ކަމުދާނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
(ށ) މިޢަލީ އާއި
ތައުފީޤާ ދެމީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ކޮބައިހެއްޔެވެ؟
16) މިވަގުތު
ކެންޓީނު ހިންގަނީ އެންމެ މީހަކު ކުރާ ވިޔަފާރިއެއް ގޮތުގައެވެ. ނަމަވެސް މިކަން
ބަދަލުކޮށް 7 އޭ ބީ ގެ ހުރިހާ ކުދިން ބޭނުންވަނީ ކުންފުންޏެއް ހަދައިގެން ކެންޓީނު
ހިންގާށެވެ. (ރައުސު މާލު، ޙިއްސާދާރުން، ފައިދާ) މިތިން ބަސް ބޭނުންކޮށްގެން
މިކުންފުނި ހަދާނެ ގޮތް ބުނެދޭށެވެ؟ މިގޮތަށް ކެންޓީނު ހިންގަން ފެށުމުން މިވަގުތު
ކެންޓީނު ހިންގާ ގޮތާއި ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިހެއްޔެވެ؟
ނޯޓު:
މިސުވާލުތައް މިގޮތަށް ޓާރމް ޓެސްޓުގައި ނާންނާނެ ކަން ހަދާންކުރަންވާނެއެވެ.
މުހިންމުކަމަކީ ކޮންމެ ސުވާލަކުން ލިބޭ މަޢުލޫމާތެއް ވިސްނި ދަސްވުމެވެ. އަދި ފޮތް
ކިޔުމަކީ ވަރަށް މުހިންމުކަމެކެވެ.
No comments:
Post a Comment