އިސްލާމް ގްރޭޑް 7 / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް
2013 / ޤުރުއާނުގެބައި، ޢަޤީދާގެ ބައި
1) ﷲ
ވަޙީކުރެއްވިއެވެ: ((وَالْعَصْرِ)) މާނައީ:[ޒަމާން
ގަންދެއްވަމެވެ] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
2) ސޫރަތުލް ޢަޞްރު
ގެ ކުރު ޚުލާޞާއެއް ލިޔާށެވެ؟
3) ﷲ ވަޙީކުރެއްވިއެވެ: ((أَلْهَاكُمُ
التَّكَاثُرُ)) މާނައީ:[(މުދަލާއިދަރިން)
ގިނަކަމަށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން ތިޔަބައިމީހުން (ﷲ ގެ މަތިން
ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ] ތިޔަދަރިވަރު މިއާޔަތަށް އީމާންވެ
ޢަމަލީގޮތުން ޢަމަލުކުރާނީ ކިހިނެތްހެއްޔެވެ؟
4) ﷲ
ވަޙީކުރެއްވިއެވެ: ((كَلاَّ
لَوْ تَعْلَمُونَ عِلْمَ الْيَقِينِ)) މާނައީ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ
އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ] މިއާޔަތުން ދޭހަވާ ކަމެއް
ބުނެދޭށެވެ؟
5) ތިޔަދަރިވަރު
މީހަކަށް ދީނީ ނަޞޭޙަތެއް ދެމުން ދެކެވުނު ވާހަކައަކަށް ދަލީލު ދެއްކުމުގެ ގޮތުން
އާޔަތަކާއި އޭގެ މާނަ ކިޔައިދިނެވެ. އެއީ: ((ثُمَّ لَتُسْئَلُنَّ يَوْمَئِذٍ عَنِ
النَّعِيمِ)) މާނައީ: [ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި
ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާއިމެދު ، ތިޔަބައިމީހުންނާ ސުވާލު
ކުރައްވާނެކަން ކަށަވަރެވެ.] މިއާޔަތް ކިޔެވުމުގެ ކުރިން ތިޔަދަރިވަރު ދެއްކީ ކޮން
ވާހަކައެއްކަން ބުނެދޭށެވެ؟
6) އަންނަނިވި
ސޫރަތް ރަނގަޅަށް ކިޔުމަށްފަހު ތިރީގައިބުނެފައިވާ ވައްތަރުތަކުގެ މައްދު
ހޯދުމަށްފަހު ލިޔާާށެވެ:
((لِإِيلاَفِ
قُرَيْشٍ. إِيْلاَفِهِمْ رِحْلَةَ الشِّتَآءِ وَالصَّيْفِ. فَلْيَعْبُدُوا رَبَّ
هَذَا الْبَيْتِ. الَّذِي~أَطْعَمَهُم مِّن جُوعٍ وَءَامَنَهُمْ مِّنْ خَوْفٍ))
(ހ) އަސްލީ މައްދުގެ
ކޮންމެ އަކުރަކަށް މިސާލެއް: ا : .................. و :
................... ي : ......................
(ށ) ލީނުގެ ކޮންމެ
އަކުރަކަށް މިސާލެއް: و : ................... ي : ......................
(ނ) ފަރުޢީ މައްދުގެ
ތެރެއިން ވާޖިބު މައްދެއް : ...........................
(ރ) ފަރުޢީ މައްދުގެ
ތެރެއިން ޖާއިޒު މައްދެއް : ...........................
7) ސައިމަން އަކީ
ނަޞާރާ (ކްރިސްޓިއަން) އެކެވެ. އޭނާވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަންތައްތަކެއް
ވެއެވެ. އިބްރާހީމް އަކީ މުސްލިމެކެވެ. އޭނާވެސް ހިތުގެ އަޑިން ޤަބޫލުކުރާ
ކަންތައްތަކެއް ވެއެވެ. މިދެކަންތަކަށްވެސް ކިޔަނީ ޢަޤީދާ އެވެ. ދެން މިދެމީހުންގެ
ޢަޤީދާ ތަފާތުކުރަން ބޭނުންކުރާނީ ކޮން ޢިބާރާތެއްހެއްޔެވެ؟
8) ސަލީމް އާއި
ސާލިމްއަކީ ދެ މުސްލިމުން ކުދިންނެވެ. ދެކުދިންވެސް ޤަބޫލުކުރާގޮތުގައި
މައިންބަފައިންނަށް އިޙްސާންތެރި ވާންޖެހޭނެކަން ޤަބޫލުކުރެއެވެ. އެގޮތުން
ސަލީމްއަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ ކުއްޖެކެވެ. ނަމަވެސް ސާލިމްއަކީ
މައިންބަފައިންނަށް ގޯސްކޮށް ހިތާ ކުއްޖެކެވެ. ދެކުދިންގެ އީމާންކަން އެއްވަރުވާނެ
ހެއްޔެވެ؟ އީމާންކަމުގެ ތަޢާރަފަށް (ޑެފިނީޝަނަށް) ބަލައިގެން އެއީ ކީއްވެކަން
ބުނެދޭށެވެ؟
9) ތިޔަދަރިވަރު ﷲ
އަށް އީމާންވާނަމަ، ތިޔަދަރިވަރު ޤަބޫލުކުރާނެ 3 ކަމެއް ނޯޓުކުރާށެވެ؟
10) ރިޝްވާން
ޤުރުއާނުގެ ތަރުޖަމާ ރަނގަޅަށް ކިޔުމަށްފަހު ﷲ އަށް އީމާންވެއްޖެއެވެ. އަދި
ޝަހުދާން ދުނިޔެއާއި އިރާއި ހަދާއި އުޑުތަކާއި ބިމާއި މެދު ވިސްނާ ފިކުރު
ކުރުމަށްފަހު ﷲ އަށް އީމާންވެއްޖެއެވެ. ﷲ އަށް އީމާންވެވޭ ދެ ގޮތަކީ ކޮބާ؟ އަދި
ރިޝްވާނާ ޝަހުދާން އީމާންވީ އެތަނުން ކޮން ގޮތަކަށްކަން ބުނެދޭށެވެ؟
11) އަބީލުގެ
ގާތުގައި، ގަލަމެއް ދޫކޮށްލުމުން މައްޗަށް ނާރާ އޭތި ތިރިއަށް ވެއްޓެނީ އެއީ
ތިރިއަށް ގަލަން ދަމާތީ އާއި އެ ވެއްޓޭވެއްޓުން ގްރެވިޓީ ފޯސް ނުފެނުނަސް އެއީ
ވާއެއްޗެއްކަން ހެކިދޭވާހަކަ ސްޓެފަން ބުންޏެވެ. އެކަމަކު ﷲ އެއީ ވާ ފަރާތެއްކަން
ހެކިދޭ އެއްވެސް ކަމެއް ތިމަންއަށް ނުފެންނަ ކަމަށް ވެސް ސްޓެފަން ބުންޏެވެ.
އަބީލް އެކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟
12) ހަތްއުޑުގެ
މަތީގައިވާ ބާރުވަންތަ ގަދަފަދަ އިލާހުގެ ޒާތުފުޅަށް ޚާއްޞަވެފައިވާ ނަންފުޅަކީ
ކޮބައިހެއްޔެވެ؟
13) ﷲ އަށް
ލިބިގެންވާ ސިފަފުޅެއް ބުނެދޭށެވެ؟ އަދި އެސިފަފުޅު ތިޔަދަރިވަރު ޤަބޫލުކުރާނެ
ގޮތް ތަފްޞީލްކޮށްދޭށެވެ؟
14) ﷲ ގެ
ނަންފުޅުތަކާއި ސިފަފުޅުތައް ދަސްކުރަންޖެހޭ 2 ބޭނުމެއް ބުނެދޭށެވެ؟
15) ތިޔަދަރިވަރުގެ
ރަޙްމަތްތެރިއެއް ކައިރީ، ﷲ އީ ބައްލަވާވޮޑިގަންނަވާ އިލާހޭ، ބުނުމުން، އޭނާ
ބުންޏެވެ: ތިކަމަކީ ކިހިނެތް އެނގުނު އެއްޗެއް ހެއްޔެވެ؟ ދެން ތިޔަ ދަރިވަރު ދޭނެ
ޖަވާބެއް ބުނެދޭށެވެ؟
16) ދުނިޔޭގައިވާ
ތަކެތި ފެނުމުން ﷲ ވޮޑިގެންވާކަން ޤަބޫލުކުރެވޭ ގޮތެއް ބުނެދޭށެވެ؟
17) ކޮންމެ
އިންސާނެއްގެ ހިތުގައި ﷲ ވޮޑިގެންވާ ކަން ﷲ ވަނީ ލައްވަވާފައެވެ. މިކަން އެނގޭ
ގޮތެއް ބުނެދޭށެވެ؟
18) ﷲ
ދިރިދެމިވޮޑިގެން ވާންޖެހޭ ކަން ބުއްދީގެ ގޮތުން ޤަބޫލުކުރެވެނީ ކިހިނެތްހެއްޔެވެ؟
19) ޒަކީ
ހިނައިގަތުމަށްޓަކައި ފާޚާނާއަށް ވަދެއްޖެއެވެ. ދެން އަންނަނިވި ސުވާލުތަކަށް
ޖަވާބުލިޔާށެވެ؟
ހ- ޒަކީ ފެންވަރަށް ޖެހުނީ ކީއްވެކަން
ބުނެދޭށެވެ؟
ށ- ޒަކީ ގެ ފެންވެރުން ޞައްޙަ
ކުރުމަށްޓަކައި ކުރަންޖެހޭ 3 ކަންތައް ބުނެދޭށެވެ؟
ނ- ޒަކީ ގެ ހިނައިގަތުން އިތުރަށް ފުރިހަމަ
ކުރުމަށްޓަކައި ކުރާނެ 3 ކަމެއް ބުނެދޭށެވެ؟
ރ- ޒަކީ ހިނައިގަތުމަށްފަހު ކުރިން ނުކުރެޭ
ކިތަންމެކަމެއް ކުރެވޭނެއެވެ. އެގޮތުން ޒަކީއަށް ކުރެވިދާނެ 3 ކަމެއް ބުނެދޭށެވެ؟
ބ- އަންހެނުންނަށް ހިނައިނުގަނެ ނުކުރެވޭ
ބައެއް ކަންކަން ޒަކީ އަށް ކުރެވެއެވެ. އެގޮތުން ކުރެވޭ 1 ކަންތައް ލިޔާށެވެ؟
No comments:
Post a Comment