Tuesday, July 2, 2013

revision -unittest1-answers-grade7

ގްރޭޑް7 / ދެވަނަޓާރމް 2013 / ޔުނިޓުގެ 1 ގެ ރިވިޝަން:
1) ((القَارِعَةُ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [ހިތުން ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވެހެވެ.]
2) ((وَمَا أَدْرَاكَ مَا الْقَارِعَةُ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟]
3) ((يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [ވިސްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭދުވަހެވެ]
4)  ((وَتَكُونُ الْجِبَالُ كَالعِهْنِ الْمَنْفُوشِ))   މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [ބުރުވާލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ.]
5)  ((فَأَمَّا مَن ثَقُلَتْ  مَوَازِينُهُ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ]
6) ((فَهُوَ فِي عِيشَةٍ رَّاضِيَةٍ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [ފަހެ އެމީހާ ވާހުށީ ރުހެވިގެންވާ ދިރިއުޅުމެއްގައެވެ.]
7) ((وَأَمَّا مَنْ خَفَّتْ مَوَازِينُهُ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ]
8) ((فَأُمُّهُ هَاوِيَةٌ))   މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [ފަހެ އޭނާ އުޅޭނެ ތަނަކީ ނަރަކައިގެ އަޑިއެވެ]
9) ((نَارٌ حَامِيَةٌ))  މިއާޔަތުގެ މާނަ ބުނެދޭށެވެ؟
ޖ: [އެއީ އަނދައަނދައި ހުންނަ ނަރަކައިގެ އަލިފާނެވެ.]
10)  ﷲ ވަޙީކުރެއްވިއެވެ:   ((يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ))   މާނައި: [ވިސްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭދުވަހެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: މީސްތަކުންވާނީ އެދުވަހުން ތިބޭނީ ވާނުވާ ނޭނގި ދެވޭ ނުދެވޭ ތަނެއް ނޭނގިފައެވެ. / ޤިޔާމަތްދުވަސް އަންނާނެކަން
11) ﷲ ވަޙީކުރެއްވިއެވެ: ((وَتَكُونُ الْجِبَالُ كَالعِهْنِ الْمَنْفُوشِ))   މާނައީ:[ބުރުވާލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ.] މިއާޔަތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ޤިޔާމަތްދުވަހު ހުރިހާ ތަކެއްޗެއް ފަނާވާނެކަން / އެންމެވަރުގަދަ އެއްޗެތިވެސް އެދުވަހު ހަލާކުވެދާނެކަން
12) ﷲ ވަޙީކުރެއްވިއެވެ: ((فَأَمَّا مَن ثَقُلَتْ  مَوَازِينُهُ))  މާނައީ:[އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ] މިއާޔަތުގައި 'ދަންނާށެވެ' މިހެން އޮތުމުން އެމީހަކު ދަންނަންވީ އެއްޗަކީ ކޮބައިހެއްޔެވެ؟
ޖ: ދަންނަންވީ އެމީހަކަށް ލިބެންއޮތީ ސުވަރުގެކަމެވެ.
13) ﷲ ވަޙީކުރެއްވިއެވެ: ((فَهُوَ فِي عِيشَةٍ رَّاضِيَةٍ))  މާނައީ:[ފަހެ އެމީހާ ވާހުށީ ރުހެވިގެންވާ ދިރިއުޅުމެއްގައެވެ.] އެރުހެވިގެންވާ ދިރިއުޅުމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ސުވަރުގެއެވެ.
14) ﷲ ވަޙީކުރެއްވިއެވެ: ((وَأَمَّا مَنْ خَفَّتْ مَوَازِينُهُ))  މާނައީ:[އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ] މިއާޔަތުގައި އެވާ ޢިބާރާތުގެ މާނަ ތަފްޞީލް ކޮށްދޭށެވެ؟
ޖ: އެބުނަނީ އެމީހަކު ދުނިޔޭގައި ކުރި ހެޔޮޢަމަލުތަކާ ގޯސްޢަމަލުތައް އެދުވަހު ތިލަފަތުގައި ކިރޭއިރު ހެޔޮޢަމަލުތައް ލުއިވެއްޖެ މީހާގެ ވާހަކައެވެ.
15) ﷲ ވަޙީކުރެއްވިއެވެ: ((وَأَمَّا مَنْ خَفَّتْ مَوَازِينُهُ))  މާނައީ:[އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: މިދުނިޔޭގައި އުޅޭއިރު ހެޔޮ ޢަމަލުކުރުމުގެ މުހިންމުކަން / ގޯސްޢަމަލުތައް ކުރުމުގެ ނުބައިކަން ނުވަތަ ބިރުވެރިކަން / ޤިޔާމަތްދުވަހުން ޢަމަލުތައް ކިރޭނެކަން / ޢަމަލުތައް ވަޒަން ކުރެވޭނީ ތިލަފަތަކުންކަން
16) ﷲ ވަޙީކުރެއްވިއެވެ: ((فَأُمُّهُ هَاوِيَةٌ))   މާނައީ:[ފަހެ އޭނާ އުޅޭނެ ތަނަކީ ނަރަކައިގެ އަޑިއެވެ] މިސޫރަތުގައި ވާގޮތުން ނަރަކައިގެ އަޑިއަށް އެދަނީ ކިހިނެތް ކަންތައް ވާ މީހަކަށް ހެއްޔެވެ؟
ޖ: އެއީ ގޯސްޢަމަލުތަކަށްވުރެ ހެޔޮޢަމަލުތައް ލުއިވާ މީހާއެވެ.
17) ﷲ ވަޙީކުރެއްވިއެވެ: ((فَأُمُّهُ هَاوِيَةٌ))   މާނައީ:[ފަހެ އޭނާ އުޅޭނެ ތަނަކީ ނަރަކައިގެ އަޑިއެވެ] މިތަނުގައި 'އަޑިއެވެ' އޮތުމުން ދޭހަވަނީ ކޮން ކަމެއްހެެއްޔެވެ؟
ޖ: ދޭހަވަނީ ނަރަކައިގައި އެކި ދަރަޖަތައް ވާކަމެވެ.
18) އަލްޤާރިޢަތު ސޫރަތުގެ މާނަ ތިޔަދަރިވަރަށް އެނގުމަށްފަހު ތިޔަދަރިވަރުގެ އުޅުމަށް ގެންނަންޖެހޭ ބަދަލެއް ބުނެދޭށެވެ؟ އަދި އެހެން ތިޔަބުނާ ސަބަބު ސޫރަތުގެ އަލީގައި ބުނެދޭށެވެ؟
ޖ: ނުބައިޢަމަލުތަކުން ދުރުވެ ވީހާވެސް ގިނައިން ހެޔޮޢަމަލު ކުރުމެވެ. ސަބަބަކީ ޤިޔާމަތްދުވަހުން ހެޔޮޢަމަލުތަކުގެ ތިލަފަތް ލުއުވެއްޖެ ނަމަ ދާނެތަނަކީ ނަރަކައިގެ އަޑިއައް ކަމަށް ވާތީއެވެ.
19) "އެއްކައުވަންތަ" ކަމޭ ބުނެވޭ ބަހުގެ މާނަ ބުނެދޭށެވެ؟
ޖ: މާނައަކީ އެއްވެސް ބައިވެރިއަކު، އެހީތެރިއަކު ނުވުމެވެ.
20) އިންސާނުންނާ އެހެނިހެން މަޚްލޫޤުންނަށް އެއްކައުވަންތަ ވެވިދާނެ ހެއްޔެވެ؟ ސަބަބު ބަޔާންކޮށްދޭށެވެ؟
ޖ: ނުވެވޭނެއެވެ. ސަބަބަކީ ކޮންމެ މަޚްލޫޤެއްވެސް އެހެންފަރާތަކަށް ބޭނުންޖެހިފައިވުމެވެ.
21) ﷲ ވަޙީކުރެއްވިއެވެ: ((قُلْ هُوَ اللهُ أَحَدٌ))   މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ.] ﷲ ގެ އެއްކައުވަންތަ ވާގޮތް އަންގައިދެނީ މިއާޔަތާ ޖެހިގެން އޮތް އާޔަތުގައެވެ. އެގޮތް ބުނެދޭށެވެ؟
ޖ: އެކަލާނގެ އެހެންއެއްވެސް ފަރާތަކަށް ބޭނުންޖެހިފައިނުވުމާއި ފުދިވޮޑިގެންވުމެވެ.
22)  ((لَوْ كَانَ فِيهِمَآ ءَالِهَةٌ إِلاَّ اللهُ لَفَسَدَتَا))   މިއާޔަތުގައި ﷲ ފިޔަވާ ގިނައިލާހުންތަކެއް ވާނަމަ ވާނޭގޮތް އަންގަވާދެއްވާފައި ވެއެވެ. އެއީ ކޮން ގޮތެއްކަން ބުނެދޭށެވެ؟
ޖ: އެދެތަން (އުޑާއި ބިން) ފަސާދަވުމެވެ.
23) ﷲ ގެ އެއްކައުވަންތަކަން އަންގައިދޭ ބުއްދީގެ ދަލީލެއް ބުނެދޭށެވެ؟
ޖ: ކާއިނާތުގައިވާ ނިޒާމުތައް، އިރާއި ހަދާ ތަރިތަކާއި ދުނިޔެ ދައުރުކުރުމުގައި އެއްވެސް ފަސާދަވުމެއް ނުވަތަ ހަލާކުވުމެއްނެތި، އެއްގޮތަކަށް ދައުރުވަމުން ދާ ދިއުން އަންގައިދެނީ މިކަންކަން ހިންގަވަނީ އެންމެ އިލާހެއްކަމެވެ.
24) ކަށުނަމާދަކީ ކޮބައިހެއްޔެވެ؟
ޖ: މުސްލިމް މައްޔިތާއަށް ހެޔޮދުޢާ ކޮށްދިނުމުގެ ގޮތުން ކުރަން ޖެހޭ ނަމާދެކެވެ.
25) ކަށުނަމާދުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: ފިރުޟު ކިފާޔަތެކެވެ.
26) ކަށުނަމާދު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ މުސްލިމު މައްޔިތާއަށް ހެޔޮ ދުޢާ ކޮށްދިނުމެވެ.
27) ސަހަރާ މިސްކިތުގައި ކޮންމެ މަހަކު އެތައް ބަޔަކު މަރުވެގެން ކަށުނަމާދު ކުރެވެއެވެ. ނަމަވެސް ބިލްބޯންގް ސްކޫލުގެ ބޮޑެތިވެފައިވާ ކުދިންވެސް އަދި ބޮޑެތި މީހުންވެސް ގިނަފަހަރަށް އެއިން އެއްވެސް ނަމާދަކަށް ނުދެވެއެވެ. އެހެންވުމުން މިއެންމެން ފާފަވެރިވާނެ ހެއްޔެވެ؟ އަދި އެއީ ކީއްވެގެންކަން ބުނެދޭށެވެ؟
ޖ: ފާފަވެރިއެއް ނުވާނެއެވެ. އެއީ އެކަމަކީ ފަރުޟު ކިފާޔަތަކަށްވީމައެވެ. އެއްބަޔަކު އެކަން ކުރުމުން އެހެންމީހުންގެ މަތިން ޢަފޫވާ ކަމެކެވެ.
28) ކަށުނާމާދު ކުރާގޮތުގައި އެހެނިހެން ނަމާދުތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ކޮބާހެއްޔެވެ؟
ޖ: ކަށުނަމާދުގައި ރުކޫޢެއް އަދި ސަޖިދައެއް ނޯންނާނެއެވެ.
29) ކަށުނަމާދުގައި ފުރަތަމަ ތަކްބީރަށްފަހު ކިޔާ އެއްޗެއް ބުނެދޭށެވެ؟
ޖ: ފުރަތަމަ ތަކްބީރަށްފަހު ކިޔާނީ ފާތިޙާ ސޫރަތެވެ.
30) ކަށުނަމާދުގައި ދެވަނަ ތަކްބީރަށްފަހު ކިޔާ އެއްޗެއް ބުނެދޭށެވެ؟
ޖ: ދެވަަނަތަކްބީރަށްފަހު ކިޔާނީ، ރަސޫލާގެ މައްޗަށް ޞަލަވާތެވެ.
31) ކަށުނަމާދުގައި ތިންވަނަ ތަކްބީރަށްފަހު ކިޔާ އެއްޗެއް ބުނެދޭށެވެ؟
ޖ: ތިންވަނަ ތަކްބީރަށްފަހު ކިޔާނީ، މައްޔިތާއަށް ކުރާ ދުޢާއެވެ.
32) އަލްވާން ސަހަރާމިސްކިތަށް ކަށުނަމާދަކަށް ދިޔައިރު ސަފުތެރޭގައި ގޮނޑިއެއް ހުރުމުން، ވަރުބަލިވެފައި ހުރިވަރުން ކަށުނަމާދު ކުރީ ގޮނޑީގައި އިށީނދެ އިނދެގެންނެވެ. އަލްވާންގެ ކަށުނަމާދު ރަނގަޅުވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ރަނގަޅެއް ނުވާނެއެވެ. އެއީ ވަރިބަލިވެގެން އަދި އެނަމާދު އިށީނދެ އިނދެ ނުކުރެވޭނެއެވެ. އެހެނީ ކުޅަދާނަވެގެންވާ މީހާ ކޮޅަށް ހުރެ އެނަމާދު ކުރުމަކީ ނަމާދުގެ ރުކުނެކެވެ.
33) ކަށުނަމާދުކުރުމުގައި އަދާކުރާނެ އެންމެ ފަހު ރުކުނަކީ ކޮބައިހެއްޔެވެ؟
ޖ: އެންމެފަހު ރުކުނަކީ ސަލާންދިނުމެވެ.
34) ކަށުނަމާދުގައި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟
ޖ: އެއީ ކަށުނަމާދުގެ ރުކުނެކެވެ.
35) ކަށުނަމާދުގައި ފާތިޙާ ސޫރަތް ނުކިޔަވައިފި ނަމަ ނަމާދުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި އެއީ ކީއްވެގެންހެއްޔެވެ؟
ޖ: ނަމާދު ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ އެއީ ނަމާދުގެ ރުކުނެއް ވީމައެވެ.
36) ކަށުނަމާދު ކުރާއިރު ކުރާނެ އެންމެ ފުރަތަމަ ރުކުނަކީ ކޮބައިހެއްޔެވެ؟
ޖ: ފުރަތަމަ ރުކުނަކީ ނިޔަތްގަތުމެވެ.
37) މުސްލިމަކު މަރުވުމުން ދުނިޔޭގައި ތިބިމީހުން އޭނައަށް ކޮށްދޭންޖެހޭ ކަންތައްތައް ތަރުތީބުން ބުނެދޭށެވެ؟
ޖ: އޭނާ ހިނަވާ، ކަފުންކޮށް، ކަށުނަމާދުކޮށް، ވަޅުލުމެވެ.
38) [މާލޭގެ ފަޅަށް ގަބުރެއް ލައްގައިފިއެވެ. އޭނާއަކީ ޗައިނާގެ 'ޖުއޯހުއި' ނަމަކަށް ކިޔާ ޣައިރު މުސްލިމެކެވެ.] އޭނާގެ މައްޗަށް ކަށުނަމާދުކޮށްފި ނަމަ އެނަމާދު ޞައްޙަވާނެހެއްޔެވެ؟ އެއީ ކީއްވެގެންހެއްޔެވެ؟
ޖ: ޞައްޙައެއް ނުވާނެއެވެ. އެއީ އެނަމާދު ޞައްޙަވުމުގެ ޝަރުތުތަކުގެ ތެރޭގައި މައްޔިތާ މުސްލިމަކަށްވުން ހިމެނެއެވެ.
39) ކަށުނަމާދުގައި މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރާއިރު އެންމެ ކުޑަމިނުން ކިޔަންޖެހޭނީ ކީކޭހެއްޔެވެ؟
ޖ: އެންމެ ކުޑަމިނުން "اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ" މިހެން ކިޔަންޖެހޭނެއެވެ.
40) ކަށުނަމާދު ކުރާއިރު އިމާމުމީހާ ނަމާދަށް ހުންނަން ޖެހޭ ތަނަކީ ކޮބައިކަން ބުނެދޭށެވެ؟
ޖ: ފިރިހެނެއްނަމަ ބޮލާވީކޮޅުގައެވެ. އަންހެނެއްނަމަ ސަންދޯކުގެ މެދާ ދިމާލުގައެވެ.
41) މުސްލިމް ދިވެހި ދަރިއަކު މާލޭގެ މަގުމަތީގައި މަރުވެފައި އޮވެއްޖެނަމަ އޭނާއާ އެއްވެސް މީހަކު އަޅާނުލާ އެގޮތަށް ބާއްވައިފިނަމަ އެމަންޒަރު ފެނުނު އެންމެން ފާފަވެރި ވާނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ފާފަވެރި ވާނެ އެވެ. އެއީ މަރުވެފައިވާ މުސްލިމަކު ހިނަވާ ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުމަކީ ކިފާޔަތުގެ ފަރުޟެކަށް ވީމައެވެ.
42) ނޫޙުގެފާނުގެ ސިފަފުޅެއްގެ ގޮތުގައި ޤުރުއާނުގައި އައިސްފައިވާ ޚާއްޞަ ސިފަފުޅަކީ ކޮބައިހެއްޔެވެ؟
ޖ: އެކަލޭގެފާނަކީ ޝުކުރުވެރިވާ އަޅެއްކަމަށެވެ.
43) ސުލައިމާނުގެފާނުގެ ޚާއްޞަ ސިފަފުޅެއްގެ ގޮތުގައި ޤުރުއާނުގައި އައިސްފައިވާ ސިފަފުޅެއް ބުނެދޭށެވެ؟
ޖ: އެކަލޭގެފާނަކީ ޙިކްމަތް ލިބިގެންވާ ބޭކަލެކެވެ.
44) ﷲ ވަޙީކުރެއްވިއެވެ: ((وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ))   މާނައީ: [އަދި ހަމަކަށަވަރުން ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ ކީރިތި ރަސޫލާއަށް އެންމެހާ ރިވެތި ޚުލުޤުފުޅުތަކެއް ލިބިވަޑައިގެންފައި ވާކަމެވެ.
45) ރަސޫލާ ފޮނުއްވުނީ ރިވެތި އަޚްލާޤާއި އެއްކޮށްކަން އަންގައިދޭ ޙަދީޘްފުޅެއްގެ މާނަ ލިޔާށެވެ؟
ޖ: އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: [ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނެއްވެވީ ރިވެތި އަޚްލާޤު ފުރިހަމަ ކޮށްދެއްވުމަށްޓަކައެވެ.]
46) ރަސޫލާއަށް ލިބިގެންވާ ރިވެތި ޚުލުޤުގެތެރެއިން 5 ސިފަފުޅެއް ބުނެދޭށެވެ؟
ޖ:  ހަރުދަނާކަމާއި ސާބިތުކަނ / ހެޔޮކޮންހިއްތެވުން / ޙިލްމުވެރި / ޙިކްމަތްތެރި / ޢަދުވެރިކަން / އަމާނާތްތެރިކަން / ނިކަމެތިންނަށް އަޅާލުން
47) ރަސޫލާގެ ރިވެތި އަޚްލާޤު އަންގައިދޭ ޙާދިޘާތަކުގެ ތެރެއިން ޙާދިޘާއެއް ބުނެދޭށެވެ؟
ޖ: ޣައިރު މުސްލިމުންވެސް އެކަލޭގެފާނަށް ތަކެތި ރައްކާކުރަން ޙަވާލުކުރެއެވ/  އަބޫސުފްޔާނު އިސްލާމްވުމުގެ ކުރިން ރޫމުގެ ރަސްގެފާނު ހިރަގުލް ގެ އަރިހުގައި ރަސޫލާގެ ރިވެތިއަޚްލާޤަށް އިޢުތިރާފުވިއެވެ.

No comments:

Post a Comment