ބިލަބޯންގް
ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް، މާލެ، ދިވެހިރާއްޖެ
އިސްލާމް މާއްދާގެ އެސައިންމަންޓް
/ ދެވަނަ ޓާރމް 2013 / ގްރޭޑް 6
މަސައްކަތުގެ ނަން: ދެވޭ 3 ޓޮޕިކަކަށް ކުރަން ޙަވާލުކުރެވޭ
މަސައްކަތްތައް ފުރިހަމަކުރުން (ޖުމްލަމާކްސް އަކީ 25 މާކްސްއެވެ.)
މަސައްކަތުގެ
ބޮޑުމިން: ކޮންމެ ޓޮޕިކަކަށް އޭ4 ސައިޒުގެ (ބޭނުން ކުލައެއްގެ)
ގަނޑެއްގެ އެއް ސަފްޙާއަށްވުރެ މަދުވެގެން ނުވާނެއެވެ. ލިޔަންޖެހޭ ދިގުމިނުގެ
ތަފްޞީލު ތިރީގައިވާ ޓޭބަލްއިން ސާފުވާނެއެވެ.
އެސައިމަންޓްގައި
ހިމެނޭ ޓޮޕިކްތަކާ ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު:
|
ޓޮޕިކް
|
ސަފްޙާތައް
|
މިޓޮޕިކުން
ކުރަންޖެހޭ މަސައްކަތް
|
ލިޔަންޖެހޭ
ދިގުމިން
|
ކަނޑައެޅިފައިވާ
މާރކްސް
|
1
|
ރުޅިމަޑުކުރުން
|
130، 131
|
ރުޅި އަންނަ
މީހަކާއި، ރުޅި އައި ގޮތާއި، އަދި އެނާގެ ރުޅި
މަޑުކޮށްދިނުމަށް މަސައްކަތް ކުރާ އޭނާގެ ރައްޓެއްސެއް ދައްކުވައިދޭ ޑައިލޮގެއް
ލިޔާށެވެ. (ކުރެހުމާއެކު ކޮމިކެއް ގޮތަށް ހެދުމުން ވަރަށް ރަނގަޅުވާނެއެވެ.)
ކޮމިކެއް ގޮތަށް ނުހެދިއަސް ފޮޓޯ ނުވަތަ ޑައިލޮގާ ގުޅޭ މަންޒަރު
ހުންނަންވާނެއެވެ.
|
- މަދުވެގެން 6
ޑައިލޮގް ބޮކްސް ހުންނަންވާނެއެވެ. ކޮމިކެއް ގޮތަށް ނަހަދާނަމަ މަދުވެގެން 2
ފޮޓޯ ހުންނަންވާނެ
|
- ލިޔުމަށް 6
މާކްސް
-ކުރެހުމަށް
ނުވަތަ
ފޮޓޯތަކަށް
2 މާކްސް
|
2
|
މަސައްކަތްތެރި
ކަން
|
132، 133
|
-
ދިވެހިރާއްޖޭގައި ކުރާ ތަފާތު މަސައްކަތްތަކެއްގެ ނަން ލިސްޓުކުރުން
- މީހުން ކުރާ
މަސައްކަތުގެ ޘަވާބު ލިބޭ ގޮތް ބުނެދިނުން
- މީހުން
މަސައްކަތް ކުރުމުން ލިބޭ 2 ފައިދާ ލިޔުން
- ޓޮޕިކާ ގުޅޭ
ފޮޓޯ
|
- މަދުވެގެން
6 މަސައްކަތް
- މަދުވެގެން
1ފޮޅުވަތް
- މަދުވެގެން
2ފޮޅުވަތް
- މަދުވެގެން 2
ފޮޓޯ
|
- 3 މާކްސް
- 1 މާކްސް
- 2 މާކްސް
- 1 މާކްސް
|
3
|
ކާތަކެއްޗާއި
އެހެނިހެން ތަކެތި ސާފު ތާހިރުކޮށް ބެހެއްޓުން
|
134
|
- ތިޔަދަރިވަރު
ގޭގައި ގެންގުޅޭ ތަކެއްޗާ އުޅޭތަން ސާފުކުރުމަށްޓަކައި ގޭގައި ކުރާ ކަންތައްތައް
ލިޔުން
- މަންމައާ
އިންޓަވިއުއެއް ކުރުން: ސުވާލުކުރާނީ ކާތަކެއްޗާ އަދި އަންނައުނު ސާފުކޮށް
ބެހެއްޓުމަށް ކުރަނީ ކޮންކަމެއްތޯ؟ އަދި މަންމައާ ކުރެވޭ އިންޓަވިއު ލިޔުން
|
- މަދުވެގެން 2
ކަމެއް
- މަދުވެގެން 3
ސުވާލާ 3 ޖަވާބު
|
- 2 މާކްސް
- 6 މާކްސް
|
4
|
ނަމާއި
ކުލާސް ޖެހުން
|
---
|
- ކޮންމެ
ސަފްޙާއެއްގައި ރީތި ބޯޑަރެއް ކުރެހުން
- ދަރިވަރުގެ
ނަމާއި ކުލާސް ލިޔުން
|
----
|
- 2 މާކްސް
|
ޙަވާލުކުރަންޖެހޭ
ތާރިޚު:
* ޙަވާލުކުރަންޖެހޭ
އެންމެފަހު ތާރީޚަކީ: 1/8/2013 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ
ކުރިންނެވެ. އެދުވަހު ކަމެއް ދިމާވެގެން ދަރިވަރު ޙާޟިރު ނުވާނަމަ، އެކުއްޖެއްގެ
ޕޭރަންޓު، ޓީޗަރާ އެ ޙަވާލުކޮށްދެއްވުން އެދެމެވެ. އެދުވަހަށް ނުނިންމޭ ފަދަ
ބައްޔެއް ކަހަލަ ޤަބޫލުކުރެވޭ ކަހަލަ ޢުޛުރެއް ދިމާވެއްޖެ ނަމަ ޓީޗަރާ ޕޭރަންޓާ
ވާހަކަ ދެއްކުމަށްފަހު ގޮތެއް ނިންމާނީއެވެ.
ނޯޓު:
* މަސައްކަތް
ކުރާއިރު ހުރިހާ އިންސްޓްރަކްޝަންސްތަކުގައި ބުނާ ގޮތަށް ކުރިއަށް ގެންދަން
ސަމާލުކަން ދޭންވާނެއެވެ. މާކްސް ރަނގަޅަށް ލިބޭނީ މާކްސް ލިބެން ހުރި ހުރިހާ
ގޮތްތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންގޮސްގެންކަން ހަނދާންކުރާންވާނެއެވެ.
*
މިއެސައިންމަންޓަކީ 25 މާކްސްގެ މަސައްކަތެކެވެ. އަދި މިމާކްސް 2 ވަނަ ޓާރމްގެ
ޔުނިޓު މާކްސްގެ ތެރެއަށް ވަންނާނެކަމަށް ސަމާލުވާންވާނެއެވެ.
No comments:
Post a Comment