ބިލަބޯންގް
ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް، މާލެ، ދިވެހިރާއްޖެ
އިސްލާމް މާއްދާގެ އެސައިންމަންޓް
/ ދެވަނަ ޓާރމް 2013 / ގްރޭޑް 7
މަސައްކަތުގެ ނަން: 2 ޓޮޕިކަކަށް ލިޔުމަށްފަހު އެ 2 ޓޮޕިކާ ދެވިފައިވާ އެހެން 2 ޓޮޕިކަކާ
ހުރި ގުޅުން ބަޔާންކުރުން (ޖުމްލަމާކްސް އަކީ 25 މާކްސްއެވެ.)
މަސައްކަތުގެ
ބޮޑުމިން: ކޮންމެ ޓޮޕިކަކަށް އޭ4 ސައިޒުގެ (ބޭނުން ކުލައެއްގެ)
ގަނޑެއްގެ އެއް ސަފްޙާއަށްވުރެ މަދުވެގެން ނުވާނެއެވެ. ލިޔަންޖެހޭ ދިގުމިނުގެ
ތަފްޞީލު ތިރީގައިވާ ޓޭބަލްއިން ސާފުވާނެއެވެ.
އެސައިމަންޓްގައި
ހިމެނޭ ޓޮޕިކްތަކާ ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު:
ޓޮޕިކް
|
ސަފްޙާތައް
|
މިޓޮޕިކުން
ކުރަންޖެހޭ މަސައްކަތް
|
ލިޔަންޖެހޭ
ދިގުމިން
|
ކަނޑައެޅިފައިވާ
މާރކްސް
|
|
1
|
ޒަކާތް
|
54، 55
|
(ހ) ޒަކާތަކީ
ކޮބައިކަން/ޒަކާތްނެރެން ވާޖިބުވާ މީހާގެ ޝަރުތު / ނެރެން ވާޖިބުވާމީހެއްގެ، އަމިއްލަ މިސާލެއް
(ށ) ޒަކާތް
އަދާކުރާނެގޮތް ފޮތުގައި ލިޔެފައިވެއެވެ. އެގޮތުން މިހާރު ދިވެހިރާއްޖޭގައި
ޒަކާތްއަދާކުރަންޖެހޭ މީހުން ކަންތައް ކުރާނެގޮތުގެ ތަފްޞީލް
(ނ) ޒަކާތް
ބަހަންޖެހޭ 8 ބައިތައް ވަކިވަކިން ލިސްޓުކުރުން (ނޯޓު: މިއިން ކޮންމެ ބަޔަކާ
ގުޅުވައިގެން އިތުރު ތަފްޞީލެއް ލިޔަންޖެހޭނެއެވެ. އެކަންކުރަންވީ ގޮތް
މިޓޭބަލްގެ 3 ވަނަ ޕޮއިންޓުން ކިޔާށެވެ)
|
- މަދުވެގެން 4
ފޮޅުވަތް
- ވަދުވެގެން 1
ފޮޅުވަތް
- މަދުވެގެން 8
ފޮޅުވަތް
|
- 4 މާކްސް
- 1 މާކްސް
- 4 މާކްސް
|
2
|
ރޯދަ
|
58، 59
|
(ހ) ރޯދަގެއްލޭ
ކަންތައްތައް ދައްކައިދޭ މައިންޑް މެޕެއް (ބޭނުން ފޯމެޓަކަށް)
(ށ) ރޯދަ ހިފަން ވާޖިބުވާނީ ކޮން ބަޔަކަށް ކަން ބުނެދިނުން
(ނ) ތިޔަދަރިވަރު
ރޯދައަށް ހުރެފައި ރޯދަ ދޫކޮށްލެވޭނެ ފަދަ ޙާދިޘާ އެއްގެ މިސާލެއް ލިޔުން
|
- މަދުވެގެން 10
ފޮޅުވަތް
- މަދުވެގެން 2
ފޮޅުވަތް
- މަދުވެގެން 2
ފޮޅުވަތް
|
- 6 މާކްސް
- 2 މާކްސް
- 1 މާކްސް
|
3
|
ޙާލުގައި
ޖެހިފައިވާ މީހުންނަށް އަޅައިލުން
|
120، 121
|
- ޒަކާތުގެ މުދާ
ލިބެންޖެހޭ 8 ބައި (މިޓޭބަލްގެ 1 ވަނަ ޕޮއިންޓުގެ (ނ) ) ބަޔާންކުރާއިރު، އެއިން
ކޮންމެ ބައެއްގައިވާ މީހަކީ ޙާލުގައި ޖެހިފައިވާ މީހެއްތޯ ނުވަތަ ނޫންތޯ
އަމިއްލައަށް ކަނޑައަޅާށެވެ. އަދި ކޮންމެގޮތަކަށް ކަނޑައެޅިއަސް އެމީހަކަށް
ޒަކާތް ލިބެންޖެހެނީ އަޅާލުންބޭނުންވާތީއެވެ. ވީމާ ކޮންމެ މީހަކަށްވެސް
އަޅާލުންބޭނުންވަނީ ކީއްވެކަން އަމިއްލަ ވިސްނުމުން ބުނެދޭށެވެ.
|
- މިބައި ވަންނާނީ
1 ވަނަ ޕޮއިންޓުގެ (ނ) ގެ 8 ފޮޅުވަތުގެ ތެރެއަށެވެ.
|
- 4 މާކްސް
(ކޮންމެ ޕޮއިންޓް
އަކަށް 0.25 މާކްސް)
|
4
|
ސާފުތާހިރުކަން
|
116، 117
|
- ރޯދަ
ހިފުމުގައާއި ސާފުތާހިރުކަމުގެ ޓޮޕިކާ ހުރި ކޮންމެވެސް ގުޅުމެއް ތިޔަދަރިވަރުގެ
އަމިއްލަ ވިސްނުމުން ފާހަގަކޮށް އެކަމެއް ބަޔާންކޮށް ދޭށެވެ. (މިބައި ލިޔާނީ
ރޯދަޔާ ބެހޭގޮތުން ލިޔާ ސަފްޙާގައެވެ.)
|
- މަދުވެގެން 2
ފޮޅުވަތް
|
- 2 މާކްސް
|
5
|
ނަމާއި
ބޯޑަރ ކުރެހުން
|
---
|
- ކޮންމެ
ސަފްޙާއެއްގައި ރީތި ބޯޑަރެއް ކުރެހުން
- ދަރިވަރުގެ
ނަމާއި ކުލާސް ލިޔުން
|
----
|
- 1 މާކްސް
|
ޙަވާލުކުރަންޖެހޭ
ތާރިޚު:
* ޙަވާލުކުރަންޖެހޭ
އެންމެފަހު ތާރީޚަކީ: 1/8/2013 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ
ކުރިންނެވެ. އެދުވަހު ކަމެއް ދިމާވެގެން ދަރިވަރު ޙާޟިރު ނުވާނަމަ، އެކުއްޖެއްގެ
ޕޭރަންޓު، ޓީޗަރާ އެ ޙަވާލުކޮށްދެއްވުން އެދެމެވެ. އެދުވަހަށް ނުނިންމޭ ފަދަ
ބައްޔެއް ކަހަލަ ޤަބޫލުކުރެވޭ ކަހަލަ ޢުޛުރެއް ދިމާވެއްޖެ ނަމަ ޓީޗަރާ ޕޭރަންޓާ
ވާހަކަ ދެއްކުމަށްފަހު ގޮތެއް ނިންމާނީއެވެ.
ނޯޓު: * މިއެސައިންމަންޓުގައި މައިގަނޑުގޮތެއްގައި
ވަނީ 2 ޓޮޕިކެވެ. އެއީ "ޒަކާތް" އަދި "ރޯދަ" އެވެ. ދެން
"ޙާލުގައިޖެހިފައިވާ މީހުންނަށް އަޅާލުން" ގެ ދަށުން ލިޔަން އޮތް ބައި
ލިޔާނީ "ޒަކާތް" ގެ ސަފްޙާގައެވެ. އަދި "ސާފުތާހިރުކަން" ގެ
ދަށުން ލިޔަން އޮތްބައި ލިޔާނީ "ރޯދަ" ގެ ދަށުންނެވެ. ވީމާ މުޅިއަކު
ލިޔަން ޖެހޭނީ 2 ސަފްޙާއެވެ. އެއީ "ޒަކާތް" އަށް 1ސަފްޙާ އަދި
"ރޯދަ" އަށް 1ސަފްޙާ އެވެ. ކަނޑައެޅިފައިވާ ވަރަށްވުރެ ސަފްޙާ ގިނަވުން
އެއީ މައްސަލައެއް ނޫނެވެ.
*
މިއެސައިންމަންޓަކީ 25 މާކްސްގެ މަސައްކަތެކެވެ. އަދި މިމާކްސް 2 ވަނަ ޓާރމްގެ
ޔުނިޓު މާކްސްގެ ތެރެއަށް ވަންނާނެކަން ހަނދާންކުރަންވާނެއެވެ.
No comments:
Post a Comment