Sunday, June 30, 2013

revision-unittest1-answers-grade6

ގްރޭޑް6 / ދެވަނަޓާރމް 2013 / ޔުނިޓު1 ގެ ރިވިޝަން:
1) ((لِإيلاَفِ قُرَيْشٍ)) މިއާޔަތުގެ މާނަ ލިޔާށެވެ؟
ޖ: [ޤުރައިޝުވަންހައިގެ މީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ]
2) ((إِيلاَفِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ)) މިއާޔަތުގެ މާނަ ލިޔާށެވެ؟
ޖ: [ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި އެބައިމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ]
3) ((فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ)) މިއާޔަތުގެ މާނަ ލިޔާށެވެ؟
ޖ: [ފަހެ، މިގެފުޅުގެ ވެރި އިލާހަށް އެބައިމީހުން އަޅުކަން ކުރާހުށިކަމެވެ.]
4) ((الَّذِي أَطْعَمَهُمْ مِّن جُوعٍ وَآمَنَهُمْ مِّنْ خَوْفٍ)) މިއާޔަތުގެ މާނަ ލިޔާށެވެ؟
ޖ: [އެކަލާނގެއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން އެބައިމީހުންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގެ ސަބަބުން އެބައިމީހުންނަށް އަމާންކަން ދެއްވި އިލާހެވެ.]
5) ﷲ ވަޙީކުރެއްވިއެވެ: ((لِإيلاَفِ قُرَيْشٍ)) މާނައީ:[ޤުރައިޝުވަންހައިގެ މީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ] ﷲ އެމީހުން އެކުވެރި ކުރެއްވީ ކޮން ބަޔަކާހެއްޔެވެ؟
ޖ: އެމީހުން ދަތުރުކޮށްއުޅުނު އެހެން ރަށްތަކުގެ މީހުންނާއެވެ.
6) ﷲ ވަޙީކުރެއްވިއެވެ: ((إِيلاَفِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ)) މާނައީ:[ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި އެބައިމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އެމީހުން އެކިދިމަދިމާގައިވާ ރަށްތަކަށް ވިޔަފާރި ދަތުރުކޮށް އުޅުނު އިރު އެހެން ރަށްތަކުގެ މީހުން އެމީހުންނާ ރަޙްމަތްތެރިކަމެވެ.
7) ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ:[ޤުރައިޝުވަންހައިގެ މީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ. ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި އެބައިމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ.] މިދެއާޔަތުގައިވެސް 'ކަމަށްޓަކައެވެ' މިހެން އޮތުމުން ﷲ އެމީހުންނަށް އެނިޢުމަތް ދެއްވި ކަމަށްޓަކައި އެމީހުން ކޮންމެވެސް ކަމެއް ކުރަންޖެހޭކަން ހާމަވެގެންދެއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟
ޖ: އެއީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަން ނުކޮށް، ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ.
8) ﷲ ވަޙީކުރެއްވިއެވެ: ((فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ)) މާނައީ: [ފަހެ، މިގެފުޅުގެ ވެރި އިލާހަށް އެބައިމީހުން އަޅުކަން ކުރާހުށިކަމެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އަޅުކަން ކުރަންޖެހޭނީ ހަމައެކަނި ﷲ އަށް ކަމެވެ.
9) ﷲ ވަޙީކުރެއްވިއެވެ: ((الَّذِي أَطْعَمَهُمْ مِّن جُوعٍ وَآمَنَهُمْ مِّنْ خَوْفٍ)) މާނައީ: [އެކަލާނގެއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން އެބައިމީހުންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގެ ސަބަބުން އެބައިމީހުންނަށް އަމާންކަން ދެއްވި އިލާހެވެ.] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: އަމާންކަމުގެ މުހިންމުކަން / ﷲ ދެއްވި ރިޒްޤުގެ ނިޢުމަތަށް ޝުކުރުވެރިވާންޖެހޭނެކަން / ﷲ ދެއްވި އަމާންކަމުގެ ނިޢުމަތަށް ޝުކުރުވެރި ވާންޖެހޭނެކަން
10) އަހަރުމެންނަށް ރިިޒްޤުގެ ނިޢުމަތާއި އަމާންކަމުގެ ނިޢުމަތް ދެއްވުމުން އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންކަމެއްކަން، ސޫރަތުލް ޤުރައިޝްގެ އަލީގައި ބުނެދޭށެވެ؟
ޖ: އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ.
11) މަޙްޝަރު ކުރެއްވުމަކީ ކޮބައިހެއްޔެވެ؟
ޖ: ހުރިހާ މަޚްލޫޤުން ދެވަނަފަހަރަށް ދިރުއްވާ ސާފު ބިމަކަށް އެއްކުރެއްވުމެވެ.
12) ﷲ ވަޙީކުރެއްވިއެވެ: ((ثُمَّ إِلَى رَبِّهِمْ يُحْشَرُونَ)) މާނައީ:[ދެން އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރި އިލާހުގެ ޙަޟްރަތަށެވެ.] މިއާޔަތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ހުރިހާ އެންމެން މަޙްޝަރު ކުރެއްވޭނެ ކަމެވެ.
13) މަޙްޝަރު ކުރެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖ: ހިސާބު ބައްލަވާ ޖަޒާ ދެއްވުމެވެ.
14) މަޙްޝަރުބިމުގައި އެއްބަޔަކަށް އުފާވެރިކަން ހުރިއިރު އަނެއް ބަޔަކު އެތަނުގައިވަނީ ނިކަމެތިވެގެންވާ ބައެއްގެ ގޮތުގައެވެ. މިހެން ވާންޖެހެނީ ކޮންކަމަކާ ގުޅިގެންހެއްޔެވެ؟
ޖ: މިހެންވާންޖެހެނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއްގެ މައްޗަށް ބަލާފައެވެ.
15) މަޙްޝަރު ބިމަށް ފޮނުއްވޭނެކަމަށް އީމާންވުމަށްފަހު ތިޔަދަރިވަރުގެ ޙަޔާތުގައި އުޅުމަށް އަންނަންޖެހޭ ބަދަލެއް ބުނެދޭށެވެ؟
ޖ: މަޙްޝަރުބިމުގެ ބިރުވެރިކަމާއި ހިތާމައިން ސަލާމަތްވުމަށްޓަކައި ހެޔޮޢަމަލުތައް ގިނަކޮށް ގޯސް އެންމެހާ ޢަމަލުތަކުން ދުރުވެގެންނެވެ.
16) ކޭތަނަމާދަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ އިރުކޭތަ އަދި ހަނދުކޭތަ ހިފުމުން ކުރާ ދެރަކްޢަތުގެ ނަމާދެކެވެ.
17) ކޭތަނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: ގަދަވެގެންވާ ސުންނަތެކެވެ.
18) ކޭތަނަމާދު ކުރުމަށް އަންގަވާފައިވާ ޙަދީޘްފުޅެއްގެ މާނަލިޔާށެވެ؟
ޖ: [ހަމަކަށަވަރުން އިރާއި ހަނދަކީ ﷲ ގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އޭގައި ކޭތަ ހިފަނީ މީހަކު މަރުވުމުން ނުވަތަ ދިރުމަކުންވެސް ނޫނެވެ. ފަހެ އޭގެކަމެއް ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ކޭތަ ވީއްލަންދެން ނަމާދުކުރާށެވެ.]
19) ކޭތަނަމާދު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖ: އިންސާނުންގެ ނިކަމެތިކަމާއި ﷲ ގެ މަތިވެރިކަން ހާމަކުރުމަށްޓަކައެވެ.
20) ކޭތަނަމާދު ކުރުމުގެ ވަގުތަކީ ކޮބައިހެއްޔެވެ؟
ޖ: އިރުކޭތަ އަދި ހަނދުކޭތަ ހިފީއްސުރެ ކޭތަ ވީއްލަންދެކަށެވެ. ނުވަތަ އިރުކޭތަ ހިފީއްސުރެ އިރުއޮއްސެންދެކަށެވެ.
21) ކޭތަނަމާދާ އެހެނިހެން ނަމާދުތަކާ ހުރި އެންމެ ބޮޑު ތަފާތު ބުނެދޭށެވެ؟
ޖ: ކޮންމެ ރަކްޢަތެއްގައި 2 ޤިޔާމާއި 2 ރުކޫޢު އޮތުމެވެ.
22) ކޭތަނަމާދާއި ޢީދު ނަމާދާ ހުރި އެއްގޮތް 2 ކަމެއް ބުނެދޭށެވެ؟
ޖ: ދެ ރަކްޢަތުގެ ދެނަމާދެވެ. /ދެނަމާދަށްފަހުގައި ވެސް ޚުތުބާއެއް ކިޔައެވެ. /ދެނަމާދުގައިވެސް ފަށާއިރު ބަންގިއެއް އަދި ޤަމަތެއް ނުކިޔައެވެ.
23) ރަވާތިބު ސުންނަތަކީ ކޮބައިހެއްޔެވެ؟
ޖ: ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުގައި ކުރާ ސުންނަތް ނަމާދުތަކެކެވެ.
24) ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: [ރެއަކާއި ދުވާލު ބާރަ ރަކްޢަތް ކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާނެއެވެ. އެއީ މެންދުރުނަމާދުގެ ކުރީގައި ހަތަރު ރަކްޢަތާއި ފަހުގައި ދެރަކްޢަތާއި، މަޣްރިބުނަމާދުގެ ފަހުގައި ދެރަކުޢަތާއި ޢިޝާނަމާދުގެ ފަހުގައި ދެރަކްޢަތާއި ފަތިސްނަމާދުގެ ކުރީގައި ދެރަކުޢަތެވެ.] މިޙަދީޘުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: ރަވާތިބު ސުންނަތްތަކުގެ މާތްކަމާއި މަތިވެރިކަމެވެ. / ރަވާތިބު ސުންނަތް ތަކަކީ ސުންނަތްކަން ގަދަ ނަމާދެއްކަމެވެ. / ރަވާތިބު ސުންނަތް ތަކަކީ ފަރުޟު ނަމާދާ ގުޅިގެން ކުރާ ސުންނަތް ނަމާދުތަކެއްކަން
25) ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ނަމާދުތަކުގެ ހުރިހާ ރަކްޢަތްތަކުގެ ޢަދަދަކީ ކިހާވަރެއް ހެއްޔެވެ؟
ޖ: 12 ރަކްޢަތެކެވެ.
26) ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ނަމާދުތައް ތަފްޞީލްކޮށް ބުނެދޭށެވެ؟
ޖ: ފަތިސް ނަމާދުގެ ކުރިން 2 ރަކްޢަތް، މެންދުރުކުރިން 4 ރަކްޢަތް، މެންދުރުފަހުން 2 ރަކްޢަތް، މަޣްރިބު ފަހުން 2 ރަކްޢަތް، ޢިޝާ ފަހުން 2 ރަކްޢަތް.
27) ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަނޫން ނަމާދުތައް ތަފްޞީލްކޮށް ބުނެދޭށެވެ؟
ޖ: މެންދުރު ނަމާދުގެ ފަހުން 2 ރަކްޢަތް، ޢަޞްރުނަމާދުގެ ކުރިން 4 ރަކްޢަތް، މަޣްރިބުނަމާދުގެ ކުރިން 2 ރަކްޢަތް، ޢިޝާނަމާދުގެ ކުރިން 2 ރަކްޢަތް
28) އެއްވެސް ސުންނަތް ނަމާދެއް ނުކުރެވޭ 2 ގަޑިއެއްވެއެވެ. އެ 2 ގަޑިއަކީ ކޮބާހެއްޔެވެ؟
ޖ: ފަތިސްނަމާދުގެ ފަހުންނާއި، ޢަޞްރުނަމާދުގެ ފަހުންނެވެ.
29) ބަނޫޤުރައިޘާ އަކީ ކޮން ބައެއްހެއްޔެވެ؟
ޖ: މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ޤަބީލާއެކެވެ.
30) ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވިއިރު މަދީނާގައި އުޅުނު ޔަހޫދީ ޤަބީލާތަކުގެ ނަންތައް ބުނެދޭށެވެ؟
ޖ: ބަނޫ ޤައިނުޤާޢު ، ބަނުއްނަޟީރު، ބަނޫ ޤުރައިޘާ .
31) ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ވެވިފައިވާ މުޢާހަދާއަކީ ކޮބައިހެއްޔެވެ؟ އަދި ބަނޫޤުރައިޘާގެ މީހުން އެއްބަސްވުމާ ޚިލާފުވީ ގޮތަކީ ކޮބައިހެއްޔެވެ؟
ޖ: އެއްވެސް ބަޔަކު އަނެއްބަޔަކަށް އުނދަގޫ ނުކުރުމަށާއި، އެއްބަޔަކު އަނެއް ބަޔަކު ދުޝްމަނުންގެ ކިބައިން ދިފާޢު ކުރުމަށެވެ. ބަނޫޤުރައިޘާ މީހުން އެއްބަސްވުމާ ޚިލާފުވީ: ޚަނދަޤު ހަނގުރާމައިގައި ދުޝްމަނުންގެ ލަޝްކަރަށް މުސްލިމުންނާ ދެކޮަޅަށް އެހީތެރިވެދީގެންނެވެ.
32) ބަނޫޤުރައިޘާ މަދީނާއިން ބޭރުކުރެވުނީ ކޮން ދުވަސްވަރެއްގައި ހެއްޔެވެ؟
ޖ: އަޙްޒާބު ހަނގުރާމައަށް ފަހުގައެވެ.
33) ބަނޫޤުރައިޘާ ގެ މީހުންނާ ހަނގުރާމަކުރުމަށް ދިޔަ މުސްލިމުންގެ ޢަދަދަކީ ކިހާވަރެއްހެއްޔެވެ؟
ޖ: 3000 (ތިންހާސް) މީހުންނެވެ.
34) ބަނޫޤުރައިޘާ ގެ އަވަށް ޙިޞާރު ކޮށްގެންތިބީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟
ޖ: 25 (ފަންސަވީސް) ދުވަހެވެ.
35) ބަނޫޤުރައިޘާ މީހުން އަމާންދިނުމުން އެމީހުންނަށް ހަދާނެގޮތެއް ކަނޑައެޅުމަށް ޙުކުމް އިއްވުމަށް ރަސޫލާ ޙަވާލުކުރެއްވީ ކޮން ބޭފުޅަކާހެއްޔެވެ؟ އަދި އެބޭފުޅާއާ ޙަވާލު ކުރެއްވީ ކީއްވެހެއްޔެވެ؟
ޖ: ސަޢުދު ބިން މުޢާޛު އާއެވެ. އެއީ ބަނޫޤުރައިޡާގެ ޔަހޫދީން އެގޮތަށް އެދުމުންނެވެ.
36) ޔަހޫދީންނާ މެދު ޙުކުމެއް އިއްވުމަށް އެމީހުން ސަޢުދު ބިން މުޢާޛު އާ ޙަވާލުކުރީ ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ އެމީހުންނާ އެބޭފުޅާއާ އޮންނަ ގާތްގުޅުމެއްގެ ސަބަބުންނެވެ. / އެމީހުންނާ އައުސްވަންހަ އާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ.
37) ސަޢުދު ބިން މުޢާޛު އެމީހުންނާމެދު ޙުކުމް ކުރެއްވީ ކޮން ގޮތަކަށް ހެއްޔެވެ؟
ޖ: ހުރިހާ ހަނގުރާމަވެރިން މެރުމަށާއި އެނޫން އެންމެން އަޅުންނަށް ހެދުމެވެ.
38) ސަޢުދު ޙުކުމް ކުރެއްވި ގޮތާއި މެދު ތިޔަދަރިވަރު ދެކޭގޮތެއް ބުނެދޭށެވެ؟ އަދި ތިގޮތަށް ދެކެނީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ. އެއީ އެކަމަށް ރަސޫލާ ތަޢުރީފު ކުރެއްވީމައެވެ. އަދި އެއީ ﷲ ގެވެސް ޙުކުމްފުޅު ކަމަށް ވީމައެވެ.
39) ބަނޫ ޤުރައިޘާ ގެ ޙާދިޘާއިން ނާއި އަދި ވެސް ޔަހޫދީންގެ އެހެނިހެން ޙާދިޘާތަކުން އެނގޭ ގޮތުގައި ޔަހޫދީންނަކީ ކޮންކަހަލަ ބައެއް ހެއްޔެވެ؟
ޖ: އެއްބަސްވުމާ ޚިލާފުވާ ޚިޔާނާތްތެރި ބަޔެކެވެ.
40) ޔަހޫދީންނަކީ މުޢާހަދާ އާ ޚިލާފުވާ ޚިޔާނާތްތެރި ބައެއްކަން އަންގައިދޭ ޙާދިޘާއެއް ބުނެދޭށެވެ؟
ޖ: ބަނޫޤުރައިޘާ މީހުން މުސްލިމުންނާ ދެކޮޅަށް ޚަނދަގު ހަނގުރާމައިގައި ދެޝްމަނުންނަށް އެހީވުން / ބަނުއްނަޟީރު މީހުން ރަސޫލާ އަވަހާރަކޮށްލަން ރޭވުން / ބަނޫޤައިނުޤާޢު މީހުން މުސްލިމުން ގޯނާކޮށް ޖެއްސުންކޮށް އުނދަގޫ ކުރުން
41) ޔަހޫދީންނަކީ މުސްލިމުންނަށް ޙަސަދަވެރިވާ ބައެއްކަން އަންގައިދޭ ޙާދިޘާއެއް ބުނެދޭށެވެ؟
ޖ: އެއީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ލިބުމުން އެކަމާ ހަސަދަވެ މުސްލިމުންނަށް ޖެއްސުން ކުރަންފެށުމުންނެވެ.
42) ޔަހޫދީންނަކީ މަކަރުވެރި ރޭވުންތައް މުސްލިމުންނާ ދެކޮޅަށް ރާވާ ބައެއްކަން އަންގައިދޭ ޙާދިޘާއެއް ބުނެދޭށެވެ؟
ޖ: އެއީ ބަނުއްނަޟީރުގެ މީހުން ރަސޫލާއަށް އޮޅުވާލައިގެން އެމީހުންގެ އަވަށަށް ގެންގޮސް އެކަލޭގެފާނު އަވަހާރަކޮށްލަން ރޭވުން.

No comments:

Post a Comment