އިސްލާމް މާއްދާ ގްރޭޑް 6 / ފުރަތަމަ ޓާރމް 2013 މާރކިންގް ސްކީމް
ފުރަތަމަ ސެކްޝަން: މަލްޓިޕްލް ޗޮއިސް 8 ސުވާލު އަދި ހުސްތަން ފުރުން 6 ސުވާލު ހިމެނެއެވެ. މުޅި ޖުމްލަ މާރކްސް އަކީ 14 މާކްސް އެވެ.
|
ސުވާލުގެ
ވައްތަރު
|
ސުވާލު
|
ޖަވާބު
|
މާރކްސް
|
1
|
މަޢުލޫމާތު
|
ޝަފަވީ
އިޚްފާއު ގެ އަކުރުތަކަކީ
|
ب
އެކަންޏެވެ.
|
1
މާކްސް
|
2
|
މަޢުލޫމާތު
|
((إِنَّآ أَعْطَيْنَاكَ الْكَوْثَرَ))
الكوثر: ١ މާނައީ: [ފަހެ،
ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި
ޤުރުބާން ކުރައްވާށެވެ] މިއާޔަތުން ދޭހަވަނީ
|
ހަމައެކަނި
އަޅުކަން ކުރަންޖެހޭނީ ﷲ އަށް ކަމެވެ.
|
1
މާކްސް
|
3
|
މަޢުލޫމާތު
|
އާޚިރަތްދުވަހަށް
އީމާންވުމަކީ
|
އީމާންކަމުގެ
ރުކުނެކެވެ.
|
1
މާކްސް
|
4
|
މަޢުލޫމާތު
|
ﷲ
ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [އަދި އެކަލާނގެއީ، (ނެތުމުގެ
ތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި ދެން އަލުން އެ އިޢާދަ ކުރައްވާ
ކަލާނގެއެވެ. އެކަމަކީ އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ.] މިއާޔަތުން ދޭހަވަނީ
|
ހުރިހާ
އިންސާނުން އަލުން ދިރުއްވާނެ ކަމެވެ.
|
1
މާކްސް
|
5
|
މަޢުލޫމާތު
|
ކުރަފި
ހޯނު މަދިރި އުކުނު ފަދަ ތަކެތީގެ ލެއަކީ
|
ޢަފޫވަނިވި
ނަޖިހެކެވެ.
|
1
މާކްސް
|
6
|
މަޢުލޫމާތު
|
ތަޔައްމުމު
ކުރާ ވެލީގައި ހުންނަން ޖެހޭ ޝަރުތަކީ
|
ސާފު
ހިރަފުސް ވެއްޔަށް ވުމެވެ.
|
1
މާކްސް
|
7
|
މަޢުލޫމާތު
|
އިސްތިސްޤާ
ނަމާދަކީ
|
ވާރޭނުވެހި
ފެނަށް ދަތިވުމުން ކުރާނަމާދެކެވެ.
|
1
މާކްސް
|
8
|
މަޢުލޫމާތު
|
އިބްރާހީމްގެފާނު
ހާޖަރުގެފާނާއި އިސްމާޢީލްގެފާނު މައްކާގެ ހަނަފަސް ބިމަށް އެކަނި ދޫކުރައްވާ
ވަޑައިގަންނަވަނީ ﷲ ގެ އަމުރުފުޅަށް ކަން އެކަމަނާއަށް އެނގިވަޑައިގެންނެވުމުން
އެކަމަނާ ވިދާޅުވިއެވެ:[އެހެންވިއްޔާ ކަލޭގެފާނު ކުރިއަށް ވަޑައިގަންނަވާށެވެ]
މިއިން ދޭހަވަނީ
|
ހާޖަރުގެފާނުގެ
ކެތްތެރިކަމާއި ޢަޒުމްވަރުގަދަ ކަމެވެ.
|
1
މާކްސް
|
9
|
މަޢުލޫމާތު
|
مْ
ގެ ފަހަތަށް ب
ނުވަތަ م
ނޫން އަކުރެއް އަތުވެއްޖެ ނަމަ ކިޔާނީ ޣުންނަ ................ މީމު ސުކުން
ފާޅުކޮށްގެންނެވެ.
|
ނުކޮށް
|
1
މާކްސް
|
10
|
މަޢުލޫމާތު
|
އަލުން
ދިރުއްވުމަކީ ފަނާވެފައިވާ ހަށިތައް ...................... އެތަކެއްޗަށް ދިރުން
ދެއްވުމެވެ.
|
އަލުން
އުފައްދަވާ / ހައްދަވާ / އެއްކުރައްވާ
|
1
މާކްސް
|
11
|
މަޢުލޫމާތު
|
ޚުއްފުގައި
ފެން ފުހުމަކީ .................................. ގެ ބަދަލުގައި ކުރާކަމެކެވެ.
|
ވުޟޫކުރުމުގައި
ފައިދޮވުމު
|
1
މާކްސް
|
12
|
މަޢުލޫމާތު
|
ސާރާގެފާނުގެ
ބައްޕާފުޅަކީ ...................... އެވެ.
|
ހާރާން
|
1
މާކްސް
|
13
|
މަޢުލޫމާތު
|
އާސިޔަތުގެފާނު،
އެބޭކަލަކު ތުއްޕުޅު އިރުއްސުރެ ބަލާ ބޮޑުކުރެއްވި ރަސޫލުބޭކަލަކީ
................... އެވެ.
|
މޫސާގެފާނު
|
1
މާކްސް
|
14
|
މަޢުލޫމާތު
|
މަރިޔަމްގެފާނުގެ
ބައްޕާފުޅުގެ ނަމަކީ .......................... އެވެ.
|
ޢިމްރާން
|
1
މާކްސް
|
ދެވަނަ ސެކްޝަން: މިސެކްޝަން ގައި މުޅިއަކު ސުވާލު ހިމެނެއެވެ. މުޅި ޖުމްލަ މާކްސް އަކީ 36
އެކެވެ.
|
ސުވާލުގެ
ވައްތަރު
|
ސުވާލު
|
ޖަވާބު
|
މާރކްސް
|
3
|
މަޢުލޫމާތު
|
އަންނަނިވި
ދެ އާޔަތުންކުރެ ކޮންމެވެސް 1 އާޔަތެއްގެ މާނަ ލިޔާށެވެ؟
(ހ)
((إِنَّآ أَعْطَيْنَاكَ الْكَوْثَرَ))
الكَوْثَر: ١
(ށ)
((وَيَمْنَعُونَ الْمَاعُونَ)) المَاعُون: ٧
|
(ހ)
ހަމަކަށަވަރުން ތިމަން އިލާހު ގިނަގުނަ ވެގެންވާ ހެޔޮކަން (އޭގެ ތެރޭގައި ކައުޘަރު އޭކިޔުނު އާރުވެސް)
ކަލޭގެފާނަށް ދެއްވީމެވެ.
(ށ)
އަދި ހިފާގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހުންނެވެ.
|
1
މާކްސް
|
4
|
ބޭނުންކުރުން
|
މާޢޫނު
ސޫރަތުގެ މާނަ ދަސްކުރުމަށްފަހު ތިޔަދަރިވަރުގެ އުޅުމަށް ރަނގަޅު ބަދަލުތަކެއް
އަންނަންޖެހޭނެއެވެ. އެގޮތުން ތިޔަދަރިވަރުގެ އުޅުމަށް އަންނާނެ ބަދަލުތަކުގެ
ތެރެއިން 1 ކަންތައް ބުނެދޭށެވެ؟ (ލިޔާ އެއްޗަކާ ސޫރަތުގެ މާނައާ ގުޅުން
ހުންނަންޖެހޭނެއެވެ)
|
-
ޔަތީމުކުދިންނަށް ހެޔޮކޮށް ހިތުން/
-
މިސްކީނުންނަށް ކާންދީނުން-އަޅާލުން/
-
ނަމާދަށް ފަރުވާތެރިވުން/
-
ދެއްކުންތެރިކޮށް ކަންތައް ނުކުރުން/
-
ގެންގުޅޭ ކުދިކުދިތަކެތި މީހުންނަށް ދިނުން
|
1
މާކްސް
|
5
|
އުފެއްދުން
|
މާޢޫނު
ސޫރަތުގެ މާނައިން ފަރުވާތެރިކަމާއި އެކު ނަމާދު ކުރުމުގެ މުހިންމުކަން
އެނގިގެންދެއެވެ. އެކަން އެނގެނީ ކިހިނެއްކަން ބުނެދޭށެވެ؟
|
ނަމާދު
ފަރުވާކުޑަކޮށް ކުރާ މީހާ އަށް ހަލާކުހުރި ކަމުގެ ވާހަކަ އޮތުމުން
|
1
މާކްސް
|
6
|
ވަޒަންކުރުން
|
ތިރީގައިވާ
އާޔަތް ވިސްނައިގެން ކިޔެވުމަށްފަހު،ކޮންމެވެސް 1 ސުވާލަކަށް ޖަވާބުލިޔާށެވެ؟
((قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ)) كهف: ٢
(ހ)
އާޔަތުގައިވާ ކާމިލް އިދްޣާމް ގެ ބައި ލިޔާށެވެ؟ (ދެކަލިމައަށްވުރެ ގިނައިން
ލިޔެގެން ނުވާނެއެވެ.)
(ށ)
އާޔަތުގައިވާ ނާޤިޞް އިދްޣާމް ގެ ބައި ލިޔާށެވެ؟ (ދެކަލިމައަށްވުރެ ގިނައިން
ލިޔެގެން ނުވާނެއެވެ.)
|
(ހ)
شَدِيدًا مِّن
(ށ)
قَيِّمًا لِّيُنذِرَ / مِّن
لَّدُنْهُ
|
1
މާކްސް
|
7
|
މަޢުލޫމާތު
|
ބަރުޒަޚު
ގެ މާނަ އަކީ ކޮބައިކަން ބުނެދޭށެވެ؟
|
މަރުވުމަށްފަހު
އަލުންދިރުއްވުމާއި ހަމައަށް އިންސާނާގެ ފުރާނަ އޮންނަ ރޫޙާނީ ޢާލަމެވެ.
(އެއީ
މަރުވެފައިވާ ހަށިގަނޑު އޮންނަ ތަން ކަމުގެ މާނަ ދޭހަވާނަމަ ޖަވާބު ރަނގަޅެއް
ނުވާނެއެވެ)
|
1
މާކްސް
|
8
|
ދޭހަ
|
ރަސޫލާ
r ޙަދީޘްފުޅު
ކުރެއްވި ބަސްފުޅެއްގެ މާނައިގަައިވެއެވެ: [ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ
ތެރެއިން ބަގީޗާ އެކެވެ. ނުވަތަ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން
އަނދަވަޅެކެވެ.] މިބަސްފުޅުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
|
-
ކަށްވަޅަކީ ޢަޛާބާއި ޘަވާބު ލިބޭ ތަނެއް ކަން
-
ކަށްވަޅަކީ ނަރަކައެއް ނޫންކަން ނުވަތަ ސުވަރުގެއެއް ނޫންކަން
|
1
މާކްސް
|
9
|
ބޭނުންކުރުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ތިމަންނައަށް ﷲ ނުފެންނާތީވެ ތިމަންނަ ﷲ އަށް އީމާނެއްނުވާނަމޭ ބުނާ މީހަކަށް މިޒަމާނުގެ
އާ ހޯދުންތަކުގެ އަލީގައި ތިޔަދަރިވަރު ދޭނެ ޖަވާބެއް ބުނެދޭށެވެ؟
(ށ)
ކަށްވަޅުގައި ލިބިދާނެ ޢަޛާބަކުން ސަލާމަތް ވުމަށްޓަކައި ތިޔަދަރިވަރު ކުރާނެ
ކަންކަމުގެ ތެރެއިން 2 ކަންތައް ބުނެދޭށެވެ؟
|
(ހ)
ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެއް ނޫނެވެ. ވޭވްސް، ގްރެވިޓީ ފަދަ
ތަކެތިވެސް ނުފެނެއެވެ.
(ށ)
– ދެބައޮޑުނުވުން
-
ކުޑަގިފިލިކޮށް ތާހިރުވުން
-
ރަނގަޅަށް ތާހިރުވުން
-
ދޫރައްކާތެރިކުރުން
-
އައްތަޙިއްޔާތުގައި ދުޢާކުރުން
(މިތަނުގައިވާ
ޖަވާބުތައް ނޫން އެހެން ކަންކަމަކީ ޢާންމު ކަންކަމަށް ވުމާއިއެކު އެފަދަ
ޖަވާބުތައް ނުބައިވާނެއެވެ)
|
2
މާކްސް
|
10
|
އުފެއްދުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ޣައިބަށް އީމާންވުމަކީ ޣައިބުގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި އިސްލާމްދީން
އަންގަވާފައިވާ ކަންތައްތަކެވެ. މިކަންކަމުގެ ތެރެއިން 2 ކަމެއް ބުނެދޭށެވެ؟
(ށ)
އާޚިރަތް ދުވަހަށް އީމާންވުމަކީ ހަމައެކަނި ﷲ ފިޔަވާ ހުރިހާ ތަކެއްޗެއް
ފަނާވެގެންދާނެކަން ޤަބޫލު ކުރުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުންވެސް
އެދުވަހުވާނެކަމަށް އަންގަވާފައިވާ ބައެއް ކަންކަމަށް އީމާންވާންޖެހެއެވެ. އޭގެ
ތެރެއިން 2 ކަމެއް ލިޔާށެވެ؟
|
(ހ)
- ﷲ އަށް އީމާންވުން
-
މަލާއިކަތުންނަށް އީމާންވުން
-
ރަސޫލުބޭކަލުންނަށް އީމާންވުން
-
ފޮތްތަކަށް އީމާންވުން
-
އާޚިރަތްދުވަހަށް އީމާންވުން
-
މިންވަރަށް އީމާންވުން
{މީގެ
އިތުރުން ވަކިވަކިން ހިމަނާ ޣައިބުގެ ކޮންމެ ކަމެއްވެސް ރަނގަޅު ވާނެއެވެ}
(ށ)
- ހުރިހާތަކެއްޗެއް އަލުން އުފައްދަވާނެ
-
އަލުން ދިރުއްވާނެ
-
މަޙްޝަރުބިމަށް އެއްކުރެއްވުން
-
ހިސާބު ބެއްލެވުން
-
ސިރާތުމަގު ހުރަސްކުރުން
-
ސުވަރުގެ
-
ނަރަކަ
|
2
މާކްސް
|
11
|
މަޢުލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ސާފުތާހިރު ވުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އިސްލާމްދީނުގައި
ކަނޑައަޅުއްވާފައިވާ 2 އެއްޗަކީ ކޮބައިހެއްޔެވެ؟
(ށ)
މުސްލިމުން ކޮންމެ އަހަރަކު ފާހަގަކުރާ 2 މުނާސަބަތަކީ ކޮބާހެއްޔެވެ؟
|
(ހ)
ފެން ، ވެލި (ހިރަފުސް)
(ށ)
ފިޠުރުޢީދެ (ކުޑަޢީދު) / އަޟްޙާ ޢީދު (ބޮޑު ޢީދު)
|
2
މާކްސް
|
12
|
ދޭހަ
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)ﷲ
ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންނަށް ފެން
ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމު ކުރާށެވެ. ފަހެ
ތިޔަބައިމީހުންގެ މޫނުތަކާއި އަތްތަކުގައި (އެވެލިން) ފުހޭށެވެ.] މިއާޔަތުން
ދޭހަވާ ކަމެއް ބުނެދޭށެވެ؟
(ށ)
ރަސޫލާr
ޙަދީޘްކުރެއްވިއެވެ: [މާތް ﷲ ގެ ޙަޟްރަތުން ޘަވާބުލިބުމަށް އެދި
އިޚްލާޞްތެރިކަމާއި އެކު ރޯދަމަހުގެ ރޭއަޅުކަމުގައި ޤާއިމުވެ ހުރެއްޖެ މީހާގެ
އިސްވެދިޔަ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ] މިޙަދީޘުން ދޭހަވާ ކަމެއް
ބުނެދޭށެވެ؟
|
(ހ)
- ތަޔައްމުމް ކުރުން ހުއްދަކަން
-
ނަމާދު ކޮންމެހެންވެސް ކުރަންވާނެކަން
-
އިސްލާމްދީނުގެ ލުއިފަސޭހަކަން
(ށ)
- ތަރާވީޙުނަމާދުގެ މާތްކަން، މުހިންމުކަން
-
ބައެއްއަޅުކަންތަކުން ފާފަވެސް ފުހެވޭނެކަން
-
އިޚްލާޞްތެރިކަމުގެ މުހިންމުކަން
|
2
މާކްސް
|
13
|
ބޭނުންކުރުން
|
ތިިިޔަދަރިވަރު
ސްކޫލުގައި މެންދުރު ނަމާދު ކުރަން ބޭނުންނަމަ، އަދި ސްކޫލަށް ގޮސް އިސްޓާކީނުގެ
މަތީގައި ފެން ފުހެން ބޭނުންނަމަ، އިސްޓާކީނަށް އެރުމުގެ ކުރިން ކުރަންޖެހޭނެ
ކަމެއް ބުނެދޭށެވެ؟
|
-
ފައިދޮވެގެން ވުޟޫކުރުން
|
1
މާކްސް
|
14
|
އުފެއްދުން
|
ބިލަބޯންގް
ސްކޫލުން އެއްކޮށް ފެން ކެނޑިގެން ދިޔައެވެ. ކުދިންގެ އަތުގައި ހުރީ ހަމައެކަނި
ބުއިމަށް ބޭނުންވާ ފެން އެކަންޏެވެ. ދެން މެންދުރު ނަމާދު ވަގުތު ޖެހުމުން
ހުރިހާ ކުދިން،
ކުޅޭ ވެލިގަނޑަށް ގޮސް ތަޔައްމުމް ކޮށްގެން އައިސް މެންދުރު ނަމާދު ކުރިއެވެ.
އެކުދިންގެ އަތުގައިވާ ފެނުން ވުޟޫނުކޮށް، ތަޔައްމުމު ކުރުމުން އެތަޔައްމުމު
ރަނގަޅުވާނެހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟
(ޖަވާބުދޭއިރު
ވިސްނަންޖެހޭ ކަމެއް: އިތުރަށް ފެންލިބޭނެ އެއްވެސް ގޮތެއް ނެތްކަން)
|
ރަނގަޅުވާނެ
އެއީ:
- ފެން ނުލިބުން
-
ބޯނެފެން ބަހައްޓާފައި އިތުރަށް ފެން ނެތުން
-
ތަޔައްމުމް ކުރުމުގެ ޝަރުތު ފުރިހަމަވީމަ
|
2
މާކްސް
|
15
|
އުފެއްދުން
|
ޢީދު
ނަމާދަކީ ގިނަކަންތައްތަކެއްގެ ސަބަބުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ.
އެކަންކަމުގެ ތެރެއިން 1 ކަންތައް ބުނެދޭށެވެ؟
|
-
ރަސޫލާ ދުވަހަކުވެސް ދޫނުކުރައްވާ
-
އަންހެނުންނާ ކުޑަކުދިންވެސް އައުމަށް އަމުރުކުރެއްވުން، ވިދާޅުވުން
|
1
މާކްސް
|
16
|
ވަޒަންކުރުން
|
ޢީދު
ނަމާދާއި ހުކުރު ނަމާދަކީ އެއްގޮތް ކަންތައްތަކަކާއި އަދި ތަފާތު ކަންތައްތަކެއް
ހުރި ނަމާދެކެވެ. އެދެނަމާދުގެ އެއްގޮތް 1 ކަންތަކާއި، ތަފާތުވާ 1 ކަންތައް
ބުނެދޭށެވެ؟
|
އެއްގޮތްކަމެއް:
-
ދެރަކަޢަތް ނަމާދެއް
-
ޚުތުބާ ކިޔުން
-
ޖަމާޢަތުގެ ނަމާދެއް
ތަފާތުކަމެއް:
-
ހުކުރުގަ ޚުތުބާ ނަމާދު ކުރިން އަދި ޢީދުގަ ޚުތުބާ ނަމާދުގެ ފަހުން
-
ހުކުރު ވާޖިބެއް، ޢީދު ގަދަވެގެންވާ ސުންނަތެއް
-
ހުކުރުކުރާނީ މެންދުރު، ޢީދު ކުރާނީ ހެދުނު
-
ހުކުރުގައި ބަންގި ޤަމަތް ދޭނެ، ޢީދުގައި ނުކިޔާނެ
-
ހުކުރުކުރަނީ ފިރިހެނުން، ޢީދު އަންހެންނާ ކުޑަކުދިންވެސް ކުރޭ
|
2
މާކްސް
|
17
|
އުފެއްދުން
|
ތިރީގައިވާ
ވާހަކަކޮޅު ކިއުމަށްފަހު ދެސުވާލަށްވެސް ޖަވާބުލިޔާށެވެ:
ވާހަކައެއްގައި
އައިސްފައިވެއެވެ: [މިމުހިންމު ނިންމެވުން އެކަމަނާ ނިންމެވީ
އަމިއްލަފުޅު އެތައް އެދުންތަކެއް ޤުރުބާން ކޮށްލެއްވުމަށް
ފަހުގައެވެ.ފިރިކަލުން އިބްރާހީމްގެފާނުގެ އުއްމީދުތަކަށްޓަކައެވެ.
ފިރިކަލުންނަށް ދަރިކަލަކު ލިބިދާނެކަމުގެ އުންމީދުގައެވެ.]
(ހ)
އެކަމަނާ އަކީ އެއީ ކާކުހެއްޔެވެ؟
(ށ)
މިތަނުގައި އައިސްފައި އެވާ ނިންމެވުމަކީ ކޮން ނިންމެވުމެއްގެ ވާހަކަ ހެއްޔެވެ؟
|
(ހ)
ސާރާގެފާނު
(ށ)
އެއީ ހާޖަރުގެފާނާއި އިބްރާހީމްގެފާނު ކައިވެނިކުރެއްވުން/
ހާޖަރުގެފާނު
ހަދިޔާކުރެއްވުން
|
2
މާކްސް
|
18
|
މަޢުލޫމާތު
|
މައްކާގެ
ހަނަފަސްބިމުގައި އިސްމާޢީލުގެފާނުގެ ފައިންޕުޅުދަށުން ﷲ ފެންއާރެއް
ފާޅުކުރެއްވިއެވެ. މިފެންއާރަށް ކިޔަނީ ކޮންނަމެއްހެއްޔެވެ؟
|
ޒަމްޒަމްފެން
|
1
މާކްސް
|
19
|
ދޭހަ
|
ތިރީގައި
އެވަނީ އާޔަތެއްގެ މާނައެވެ. އެއާޔަތުގެމާނަ ކިއުމަށްފަހު ދެސުވާލަށްވެސް
ޖަވާބުލިޔާށެވެ:
[އަދި
ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ މިޘާލެއް
ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވި ހިނދުގައެވެ. އަޅުގެވެރި ރަސްކަލާކޮ!
ތިމަން އަޅާއަށް އިބަރަސްކަލާނގެ ޙަޟްރަތުގައި ސުވަރުގޭގައި ގެއެއް
ބިނާކޮށްދެއްވާދޭވެ! އަދި ފިރްޢައުނާއި އޭނާގެ (ނުބައި) ޢަމަލުން މިއަޅާ
ސަލާމަތްކޮށްދެއްވާދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ
ސަލާމަތް ކޮށްދެއްވާނދޭވެ!]
(ހ)
މިއާޔަތުގައި އެވާ އަންހެން ބޭކަނބަލަކީ ކޮން ބޭކަނބަލެއްހެއްޔެވެ؟
(ށ)
މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
|
(ހ)
އާސިޔަތުގެފާނު
(ށ)
އާސިޔަތުގެފާނުގެ މާތްކަން، މަތިވެރިކަން، ކެތްތެރިކަން، އީމާންތެރިކަން،
-
ފިރުޢައުނުގެ ނުބައިކަން، އަނިޔާވެރި މީހެއްކަން
-
ސުވަރުގޭގައި ގެ ހުންނަކަން
|
2
މާކްސް
|
20
|
މަޢުލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެފާނު ކައިވެނި ބައްލަވައިގެންނެވީ ކޮން
ބޭކަލަކާ ހެއްޔެވެ؟
(ށ)
ފާތިމަތުގެފާނު ތަރުބިއްޔަތު ކުރެއްވީ އެކަމަނާގެ ބައްޕާފުޅެވެ. އެއީ
ކޮންބޭކަލެއްހެއްޔެވެ؟
|
(ހ)
ޢަލީގެފާނު
(ށ)
މުޙައްމަދުގެފާނު / ރަސޫލާ
|
1
މާކްސް
|
21
|
އުފެއްދުން
|
ވާހަކަކޮޅު
ކިއުމަށްފަހު (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް
1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
[ﷲ
ގެ ކުޅަދުންވަންތަކަމުން މަރިޔަމްގެފާނަށް ބައްޕަޔަކާ ނުލާ ޢީސާގެފާނު
ލިބިވަޑައިގެންނެވުމުން ޤައުމުގެ މީހުން އެކަމަނާއަށް ތަފާތު ތުހުމަތު
އަޅުވަމުން ގެންދިޔައެވެ. އަދި އެއަށްފަހު އައި ނަޟާރާއިން ޢީސާގެފާނަށް
އަޅުކަން ކުރަންފެށީ އެކަލޭގެފާނަށް ބައްޕައަކު ނުވާތީ އެއީ ކަލާނގެ ކަމަށް ބުނެއެވެ.]
(ހ)
މަރިޔަމްގެފާނަށް ތަފާތު ގޯސް ތުހުމަތުތައް އަޅުވާ ވާހަކަދެއްކީ ކޮން
ބައެއްހެއްޔެވެ؟
(ށ)
ﷲ ގެ ދަރިއެއް ކަމަށް ބުނެ ޢީސާގެފާނަށް އަޅުކަންކުރާ މީހާއަށް ދޭނެ ރަނގަޅު
ރައްދެއް ބުނެދޭށެވެ؟
|
(ހ)
ޔަހޫދީން (ޖިއުސް)
(ށ)
އާދަމުގެފާނު މަންމައެއްވެސް އަދި ބައްޕައެއްވެސް ނުވޭ ، ވީމާ ޢީސާގެފާނަށް ވުރެ
ތިގޮތަށް އާދަމް އަށް ބުނަން މާރަނގަޅު
|
1
މާކްސް
|
22
|
ދޭހަ
|
އުންމު
އައިމަން އަކީ ކީރިތި ރަސޫލާr ތުއްޕުޅު
އިރުއްސުރެ ބެލެހެއްޓެވި ޙަބަޝްކަރައިގެ ޖާރިޔާއެކެވެ. އަދި ފަހުން އެކަމަނާ
މިނިވަން ކުރެއްވުމުންވެސް ރަސޫލާr ގެ
އަރިހުގައި ހުންނެވުމަށް ޤަސްދުކުރެއްވިއެވެ. މިކަމުން ދޭހަވާކަމެއް ބުނެދޭށެވެ؟
|
-
އެކަމަނާގެ މާތްކަން
-
އެކަމަނާ ރަސޫލާ ދެކެ ލޯބިވާ ވަރު
-
އެކަމަނާގެ އީމާންތެރިކަން
|
1
މާކްސް
|
23
|
މައޫލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ތަޤްވާވެރި ކަމަކީ ކޮބައިހެއްޔެވެ؟ (ށ) ކުރުކޮށްބުނާނަމަ އަމާނާތްތެރިކަމަކީ
ކޮބާ ހެއްޔެވެ؟
|
(ހ)
ތަޤްވާވެރިކަމަކީ ބިރުވެތިވެ ރައްކާތެރިވުން
-
ﷲ އެންގެވިގޮތަށް އުޅުން
-
ﷲ ނަހީކުރެއްވި ކަންކަން ކޮށް އަމުރުކުރެއްވި ކަންކަން ކުރުން
(ށ) އަމާނާތްތެރިކަމަކީ މީހަކު ރައްކާކުރަން ދޭ
އެއްޗެއް ސަލާމަތުން އަނބުރާ ރައްދުކުރުމެވެ.
|
2
މާކްސް
|
24
|
ބޭނުންކުރުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ތިޔަދަރިވަރު ތަޤްވާވެރިވުމުގެ ގޮތުން ކުރާނެ ކަމެއް ބުނެދޭށެވެ؟
(ށ)
ތިޔަދަރިވަރު ތިމާވެއްޓަށް އަމާނާތްތެރި ވުމުގެ ގޮތުން ކުރަންޖެހޭނެ ކަމެއް
ބުނެދޭށެވެ؟
|
(ހ)
..ހެޔޮ ކޮންމެ ކަމެއް ރަނގަޅުވާނެ
(ށ)
ތިމާވެއްޓަށް ރަނގަޅުވާނެ ކޮންމެ ކަމެއް ރަނގަޅުވާނެ
|
2
މާކްސް
|
25
|
އުފެއްދުން
|
އިސްލާމްދީނަކީ
އެދީނާ އެއްގޮތަށް ޢަމަލު ކުރުމުން ޢަދުލުވެރިކަން ޤާއިމްކުރެވޭ ފަދަ ދީނަކަށްވީ
ކީއްވެހެއްޔެވެ؟
|
އެއީ
އެދީނުގައި ހަމަޖެހޭ އުޞޫލުތަކާ ޤަވާޢިދުތައް ހުރީމަ
|
1
މާކްސް
|
26
|
އުފެއްދުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
"ތެދުވެރިކަން" މިމައުޟޫޢަށް ރަނގަޅު ފައިދާހުރި 3 ޕޮއިންޓްގެ
މައްޗަށް ޕެރެގްރާފެއް ލިޔާށެވެ؟
(ށ)
"ޢަދުލުވެރިކަން" މިމައުޟޫޢަށް ރަނގަޅު ފައިދާހުރި 3 ޕޮއިންޓްގެ
މައްޗަށް ޕެރެގްރާފެއް ލިޔާށެވެ؟
|
(ހ)
ތެދުވެރިކަމަކީ ތެދުބުނުން
-
ދޮގުނެހެދުން
-
ތެދުބަހުން ވާހަކަދެއްކުން
-
ބުނާބަހާ ކުރާ ޢަމަލަކާ ދިމާވުން
-
އިދިކޮޅަކީ ދޮގުހެދުން
-
ދޮގުހެދުމުން ލިބޭނީ ވަގުތީ ފައިދާ
-
ތެދުބުނީމާ ފަހުން އޭގެފައިދާވާނެ
-
ތެދުބުނުމަކީ ހެޔޮމަގަށް ގެންގޮސްދޭ ކަމެއް
-
ތެދުބުމުން ސުވަރުގެއަށް ދެވޭ
(ށ)
ޢަދުލުވެރިކަމަކީ ހަމަހަމަކޮށް ކަންތައްކުރުން، އެއްގޮތަކަށް ކަންކުރުން
-
ޢަދުލުވެރިވެވޭނީ ބާރެއް އޮވެގެން
-
އެބާރަކީ ހަމަޖެހޭ އުސޫލުތަކާއި ޤަވާއިދުތައް
-
މީހުންނަށް އަދަބު ދޭނީ ކުށަށް ބަލައިގެން ، މީހުންނަށް ބަލައިގެނެއް ނޫން
-
އެއްކުށެއް ކުރާދެމީހަކަށް ދޭން ޖެހޭނީ އެއް އަދަބެއް
-
އިސްލާމްދީނަކީ އެންމެ ޢަދުލުވެރިދީން
-
އިސްލާމްދީން ޢަދުލުވެރިދީނަށް ވީ އެދީނުގައި ހަމަޖެހޭ އުސޫލުތައް ހުރީމަ
-
އާޔަތް: ތިމަންކަލޭގެފާނަށް އަމުރު ވެވިގެންވަނީ ތިޔަބައިމީހުންގެ މެދުގައި
ޢަދުލުވެރިވުމަށެވެ.
|
3
މާކްސް
|
ނޯޓު: * މަލްޓިޕްލް ޗޮއިސްގެ ދެވަނަ ސުވާލުގެ
އާޔަތާއި އޭގެ މާނަ ދިމާނުވާތީ އެއީ ސުވާލުގެ ކުށެކެވެ. ވީމާ އެތަނުގެ މާރކްސް
ހުރިހާ ކުދިންނަށްވެސް ލިބޭނެއެވެ.
* މި މާކިން ސްކީމްގައި ސީދާ ހުރިގޮތަށް ދަރިވަރުގެ
ޖަވާބު ނެތްނަމަވެސް މީގައިވާ ޖަވާބުތަކާ ކައިރިކުރާފަދަ ނުވަތަ ހުންނަންޖެހޭ
މުހިންމު ނުޤުތާތައް ހިމެނޭކަމުގައި ވާނަމަ ޖަވާބު ރަނގަޅުވާނެއެވެ.
No comments:
Post a Comment