އިސްލާމް މާއްދާ ގްރޭޑް 7 / ފުރަތަމަ ޓާރމް 2013 މާރކިންގް ސްކީމް
ފުރަތަމަ ސެކްޝަން: މަލްޓިޕްލް ޗޮއިސް 10 ސުވާލު ހިމެނެއެވެ.
މުޅި ޖުމްލަ މާރކްސް އަކީ 10 މާކްސް އެވެ.
ސުވާލުގެ
ވައްތަރު
|
ސުވާލު
|
ޖަވާބު
|
މާރކްސް
|
|
1
|
މަޢުލޫމާތު
|
((لَتَرَوُنَّ الْجَحِيم)) التكاثر: ٦މިއާޔަތުގެ އިޖްމާލީ މާނައަކީ
|
[ހަމަކަށަވަރުން،
ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެެވެ.]
|
1
މާކްސް
|
2
|
މަޢުލޫމާތު
|
އަސްލީ
މައްދަކީ
|
މައްދުގެ
އަކުރެއްގެ ފަހަތަށް މައްދުގެ ސަބަބެއް ނާންނަ މައްދެވެ.
|
1
މާކްސް
|
3
|
މަޢުލޫމާތު
|
ﻣ މި ޢަލާމާތަކީ ކޮންމެހެން ހުއްޓަންޖެހޭކަން
އަންގައިދޭ ޢަލާމާތެކެވެ. މިޢަލާމާތައް ކިޔާ ނަމަކީ
|
ވަޤުފު
ލާޒިމެވެ.
|
1
މާކްސް
|
4
|
ދޭހަ
|
((هُوَ الأَوَّلُ وَالآخِرُ وَالظَّاهِرُ وَالْبَاطِنُ)) الحديد: ٣ މާނައީ:
[އެކަލާނގެއީ އިސްވެވޮޑިގެންވާ އިލާހެވެ. އަދި ފަސްވެވޮޑިގެންވާ އިލާހެވެ. އަދި (ހެކިތަކުން)
ފާޅުވެވޮޑިގެންވާ އިލާހެވެ. އަދި (ޙިއްސުތަކަށް) ވަންހަނާވެވޮޑިގެންވާ
އިލާޙެވެ.] މިއާޔަތުން ދޭހަވަނީ
|
ﷲ
އީ ވޮޑިގެންވާ އިލާހު ކަމެވެ.
|
1
މާކްސް
|
5
|
ބޭނުންކުރުން
|
ތިޔަދަރިވަރު
މެންދުރު ނަމާދާއި ޢަޞްރު ނަމާދު ފަސްކޮށް ޖަމްޢުކޮށް ކުރާނަމަ ނަމާދު ކުރާނެގޮތަކީ
|
ޢަޞްރުގަޑީގައި
މެންދުރާއި ޢަޞްރު އެއްކޮށްލައިގެން ކުރުމެވެ.
|
1
މާކްސް
|
6
|
ދޭހަ
|
ޤުރުއާނުގެ
އާޔަތެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް
ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ
ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.]
ދަށުރޮގު ދަމާފައިވާ ބައިން ދޭހަވަނީ
|
ރިބާ
އަކީ ޙަރާމް އެއްޗެއް ކަމެވެ.
|
1
މާކްސް
|
7
|
މަޢުލޫމާތު
|
[ވަފުދުތަކުގެ
އަހަރު] ގެ ނަމުން ނަންދެވިފައިވަނީ ހިޖްރީން
|
10
ވަނަ އަހަރަށެވެ.
|
1
މާކްސް
|
8
|
މަޢުލޫމާތު
|
ރަސޫލާ
މިދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގެންނެވީ ހިޖްރީން
|
11
ވަނަ އަހަރު ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ.
|
1
މާކްސް
|
9
|
މަޢުލޫމާތު
|
ރަސޫލާގެ
ދަރިދަރިކަލުންގެ ތެރެއިން މާރިޔަތުލް ޤިބްޠިއްޔާ އަށް ލިބިވަޑައިގެންނެވި
ދަރިކަލުންގެ ނަމަކީ
|
އިބްރާހީމް
އެވެ.
|
1
މާކްސް
|
10
|
މަޢުލޫމާތު
|
އިބިލީސް
ނަރަކަވަންތަވެރިއަކަށް ވާންޖެހުނީ އަދި ފިރުޢައުނާއި އަބޫޖަހުލާއި ޤާރޫނުމެން
އީމާންނުވީ
|
ބޮޑާކަމުގެ
ސަބަބުންނެވެ.
|
1
މާކްސް
|
ދެވަނަ ސެކްޝަން: މިސެކްޝަން ގައި މުޅިއަކު 21
ސުވާލު ހިމެނެއެވެ. މުޅި ޖުމްލަ މާކްސް އަކީ 40 އެކެވެ.
ސުވާލުގެ
ވައްތަރު
|
ސުވާލު
|
ޖަވާބު
|
މާރކްސް
|
|||||||||||||||||||||||||
2
|
މަޢުލޫމާތު
|
ތިރީގައިވާ
ދެއާޔަތުން ކުރެ 1 އާޔަތުގެ އިޖްމާލީ މާނަ ލިޔާށެވެ؟
(ހ)
((أَلْهَاكُمُ التَّكَاثُرُ)) التكاثر: ١
(ށ) ((ثُمَّ لَتُسْئَلُنَّ يَوْمَئِذٍ
عَنِ النَّعِيمِ)) التكاثر: ٨
|
(ހ)
(މުދަލާއިދަރިން) ގިނަކަމަށް އެކަކު އަނެކަކަށް ފަޙުރުވެއުޅުން، ތިޔަބައިމީހުން
(ﷲގެ މަތިން ހަނދުމަ ނައްތާ) މަޝްޣޫލުކޮށްފިއެވެ.
(ށ)
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު)
ނިޢުމަތްތަކާމެދު، ތިޔަބައިމީހުންނާ ސުވާލުކުރައްވާނެ ކަން ކަށަވަރެވެ.
|
1
މާކްސް
|
||||||||||||||||||||||||
3
|
ވަޒަންކުރުން
|
ތިރީގައި
އެވަނީ ފަރުޢީ މައްދުގެ 2 ވައްތަރެވެ. (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1
ސުވާލަކަށް ޖަވާބު ދޭށެވެ: ((وَمَا تَشَآءُونَ إِلآ أَن يَشآءَ اللهُ رَبُّ الْعَالَمِينَ)) التكوير: ٢٩
(ހ)
މަތީގައިވާ އާޔަތުން ވާޖިބު މައްދު ހިމެނޭ ބައެއް ލިޔާށެވެ؟ (ލިޔާނީ 1
ކަލިމައެވެ. މައްދު ހިމެނޭ ކަލިމަ އެކަންޏެވެ)
(ށ)
މަތީގައިވާ އާޔަތްތަކުން ޖާއިޒު މައްދު ހިމެނޭ ބައެއް ލިޔާށެވެ؟ (ލިޔާނީ 1
ކަލިމައެވެ. މައްދު ހިމެނޭ ކަލިމަ އެކަންޏެވެ)
|
(ހ)
ﯯ / ﯲ
(ށ)
ﯰ
|
1
މާކްސް
|
||||||||||||||||||||||||
4
|
ބޭނުންކުރުން
|
ތިރީގައިވާ
އާޔަތުގައި އެވާ ވަޤުފުގެ ޢަލާމާތް އޮތް ތަނުގައި ތިޔަދަރިވަރު ކިޔަވާއިރު
ކަންތައް ކުރާނެގޮތް ލިޔާށެވެ؟
|
އެއް
ޢަލާމާތަށް ހުއްޓާފަ އަނެއް ޢަލާމާތަށް ނުހުއްޓާނީއެވެ.
|
1
މާކްސް
|
||||||||||||||||||||||||
5
|
އުފެއްދުން
|
ސޫރަތުލް
ޢަޞްރުގައި ވާ ފަދައިން ގެއްލުމުގައިވާ މީހުންގެ ތެރެއިން ނުވުމަށްޓަކައި
އީމާންވާންޖެހެއެވެ. އަދި ހެޔޮޢަމަލުވެސް ކުރަންޖެހެއެވެ. އަދި އޭގެ
އިތުރުންވެސް 2 ކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ ކޮން 2 ކަމެއްހެއްޔެެވެ؟
|
އެއީ:
ޙައްޤަށް ވަޞިއްޔަތް ކުރުމާއި ކެތްތެރިވުމަށް ވަޞިއްޔަތް ކުރުން
|
2
މާކްސް
|
||||||||||||||||||||||||
6
|
މަޢުލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ﷲ ގެ ޒާތުފުޅުގައި ހުންނަން ޖެހޭ 2 ސިފަފުޅު ބުނެދޭށެވެ؟
(ށ)
ﷲ ގެ ޒާތުފުޅުގައި ހުރެގެން ނުވާނެ 2 ސިފަފުޅު ބުނެދޭށެވެ؟
|
(ހ)
ވޮޑިގެންވުން، ބައްލަވާވޮޑިގެންވުން، އެއްކައުވަަންތަކަން،
އައްސަވާވޮޑިގެންވުން، ކުޅަދުންވަންތަކަން، ދިރިދެމިވޮޑިގެންވުން ...
(ށ)
މަރުވުން، ނިދުން، ވަރިބަލިވުން، އަޑުނީވުން، ނުފެނުން، ބައިވެރިންތިބުން...
|
2
މާކްސް
|
||||||||||||||||||||||||
7
|
ވަޒަންކުރުން
|
ﷲ
އަށް އީމާންވެވޭނީ "ދީނީހެކިތަކުގެ" އަދި
"ބުއްދީގެހެކިތަކުގެ" ގެ އެހީގައެވެ. މިދެވައްތަރުގެ ހެކީގެ ތަފާތު
ބުނެދޭށެވެ؟
|
(ހ)
ދީނީ ހެކި: ބާވާލެއްވި ފޮތްތަކުން
(ށ)
ބުއްދީގެހެކި: ކާއިނާތުގައިވާ ތަކެތި
|
2
މާކްސް
|
||||||||||||||||||||||||
8
|
ބޭނުންކުރުން
|
ތިޔަދަރިވަރު
އެންމެ ލޯބިވާ ފަރާތަކީ ﷲ ކަމުގައިވާނަމަ، ތިޔަދަރިވަރުގެ ޢަމަލުތައް
ބަހައްޓަންޖެހޭނެގޮތް ބުނެދޭށެވެ؟
|
ﷲ
ލޯބިވާގޮތަށެވެ. / ﷲ އެންގެވި ކަންކަން ކޮށްގެންނެވެ. / ﷲ މަނާކުރެއްވި
ކަންކަމުން ދުުރުހެލިވެގެންނެވެ.
|
1
މާކްސް
|
||||||||||||||||||||||||
9
|
އުފެއްދުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ) ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ)) الشورى: ١١މިއާޔަތުގެ އަލީގައި ﷲ
އައްސަވާވޮޑިގަންނަވާ ކަމުގެ ސިފަ އަހަރުމެން ޤަބޫލުކުރަންޖެހޭނީ ވަކި
ޤަވާޢިދެއްގެ ތެރެއިންނެވެ. އެއީ ކޮންގޮތަކަށްކަން ބުނެދޭށެވެ؟
(ށ)
ﷲ ގެ ޒާތުފުޅަށް ލިބިގެންވަނީ ހަމައެކަނި 99 ނަންފުޅެއް ނޫނެވެ. ވަރަށްގިނަގުނަ
ނަންފުޅުތަކާއި ސިފަފުޅުތައް ލިބިވޮޑިގެންވެއެވެ. ނަމަވެސް އެއްވެސް
އިންސާނަކަށް މިހުރިހާ ނަންފުޅުތަކަކާއި ސިފަފުޅުތަކެއް ނޭނގެއެވެ. އެއީ
ކީއްވެގެންކަން ބުނެދޭށެވެ؟
|
(ހ)
އެއީ އެކަލާނގެއާ އެއްފަދައިން އައްސަވާވޮޑިގަންނަވާ އިލާހަކު ނުވާނެކަމެވެ/
އެކަލާނގެ އައްސަވާވޮޑިގަތުމަކީ ފުރިހަމަ އެއްވެސް އައިބެއް ނެތް
އައްސަވާވޮޑިގަތުމެވެ
(ށ)
އެއީ ޤުރުއާނުގައި އަދި ޙަދީޘްގައި އަންގަވާފައި ނެތީމައެވެ.
|
1
މާކްސް
|
||||||||||||||||||||||||
10
|
ބޭނުންކުރުން
|
އަހަރުމެންނަށް
ﷲ ނުފެންނަކަމަށް ބުނެ ﷲ ވޮޑިގެންވާކަން ދޮގުކުރާމީހާއަށް މިޒަމާނުގެ ޢިލްމީ
ހޯދުންތަކުގެ އަލީގައި ދޭނެ ރަނގަޅު ރައްދެއް ބުނެދޭށެވެ؟
|
ނުފެންނަ
ކޮންމެ އެއްޗަކީ ނެތް އެއްޗެއް ނޫނެވެ. ގްރެވިޓީ، ވޭވްސް ފަދަ ތަކެތިވެސް
ނުފެނެއެވެ.
|
1
މާކްސް
|
||||||||||||||||||||||||
11
|
ވަޒަންކުރުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ޢަޤީދާ އާއި އިސްލާމީ ޢަޤީދާ ގައި ހުރި ތަފާތު ބުނެދޭށެވެ؟
(ށ)
ﷲ އީ ދިރިދެމިވޮޑިގެންވާ ފަރާތެއްކަމުގެ ހެކި ކީރިތިޤުރުއާނުގައި
އައިސްފައިވެއެވެ. އެކަމުގެ ބުއްދީގެ ހެކި ބަޔާންކޮށްދޭށެވެ؟
|
(ހ)
ޢަޤީދާއަކީ ހިތުގެ އަޑިން ޤަބޫލުކުރާ ގޮތެވެ.
އިސްލާމީ
ޢަޤީދާ އަކީ އިސްލާމްދީނުގައި އަންގަވާފައި ވާ ކަންކަން / އީމާންކަމުގެ
ރުކުންތައް ، ހިތުގެ އަޑިން ޤަބޫލުކުރުމެވެ.
(މުސްލިމުން
ޤަބޫލުކުރާގޮތް ނުވަތަ ކާފަރުން ޤަބޫލު ކުރާގޮތް، މިހެން އޮވެއްޖެ ނަމަ
ނުބައިވާނެއެވެ)
(ށ)
ހުރިހާތަކެއްޗެއް ފަނާވުމަށް މެދުވެރިވާ ސަބަބު ލެއްވި ފަރާތް
ދިރިދެމިވޮޑިގެންވާ ފަރާތަކަށް ވާންޖެހެއެވެ / ހުރިހާ ތަކެއްޗެއް މިދުނިޔޭގައި
މަރުވުމާއި އުފެދުމާއި އެންމެހާ ކަންކަން ހިނގަހިނގާ ހުންނަކަމީ އެއީ އެކަލާނގެ
ދިރިދެމިވޮޑިގެންވެގެން ނޫނީ ނުވާނެކަންކަން
|
1
މާކްސް
|
||||||||||||||||||||||||
12
|
މަޢުލޫމާތު
|
ނަމާދު
ޤަޞްރުކުރުމަކީ ކޮބައިކަން ، މިސާލަކާއި އެކު ބަޔާންކޮށްދޭށެވެ؟
|
އެއީ
4 ރަކްޢަތްނަމާދު 2 ރަކްޢަތަށް ކުރު ކުރުމެވެ. މިސާލަކަށް: މެންދުރުނަމާދު 2
ރަކްޢަތަށް ކުރުކޮށްލައިގެން ކުރުމެވެ/ ޢަޞްރު ނަމާދު / ޢިޝާނަމާދު
(އެކަމުގެ
މިސާލެއްގެ ގޮތުގައި ދަތުރުވެރިޔާ ނުވަތަ މިފަދައިން ނަމާދު ކުރުން ހުއްދަވާ
ޝަރުތެއް ލިޔެފައިވާ ނަމަ ނުބައިވާނެއެވެ)
|
2
މާކްސް
|
||||||||||||||||||||||||
13
|
މަޢުލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ކުންފުނީގެ ފުރިހަމަ ތަޢުރީފެއް (ޑެފިނީޝަނެއް) ލިޔާށެވެ؟
(ށ)
އަންނަނިވި ދެބަހުގެ މާނަ ބުނެދޭށެވެ: ރައުސުމާލު / ޙިއްސާދާރުން؟
|
(ހ)
ކުންފުންޏަކީ ރައުސްމާލާ ފައިދާ ބައިވެރިވާކަން ސާބިތުކޮށްދިނުމަށް
ޙިއްސާދާރުންގެ މެދުގައިވާ އެއްބަސްވުމެވެ/ ދެމީހުން ނުވަތަ އެއަށްވުރެ
ގިނަމީހުން ވިޔަފާރި ކުރުމަށް ހަދާ ޖަމާޢަތެކެވެ.
(ށ)
ރައުސުމާލު: ކެޕިޓަލް، ވިޔަފާރި ކުރުމަށް ހުރިހާ ޙިއްސާދާރުން ޖަމާކުރާ
ފައިސާއެވެ.
ޙިއްސާދާރުން:
ކުންފުންޏެއް އުފެއްދުމުގައި ބައިވާ މީހުން، ކުންފުނީގެ އެއްބަސްވުމުގައި
ބައިވެރިވާ މީހުން
|
2
މާކްސް
|
||||||||||||||||||||||||
14
|
ދޭހަ
|
[އަހަރުމެން
ދަތުރުގޮސް އުޅޭއިރު ފަރުޟުނަމާދުތައް ޤަޞްރު ޖަމްޢުކޮށް ކުރެވެއެވެ] މިކަމުން
ދޭހަވާ ކަމެއް ބުނެދޭށެވެ؟
|
-
އިސްލާމްދީނުގެ ލުއިފަސޭހަކަމެވެ.
-
ކޮންމެހެންވެސް ފަރުޟު ނަމާދުތައް ކުރަންޖެހޭ ކަމެވެ./ ދޫކޮށްނުލެވޭކަމެވެ.
|
1
މާކްސް
|
||||||||||||||||||||||||
15
|
ދޭހަ
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)ﷲ
ވަޙީކުރެއްވިއެވެ: ((وَأَحَلَّ
اللهُ الْبَيْعَ وَحَرَّمَ الرِّبَا)) البقرة: ٢٧٥
މާނައީ:
[ވިޔަފާރިކުރުންވަނީ ﷲ ހުއްދަކުރައްވާފައެވެ. އަދި ރިބާވަނީ
ޙަރާމްކުރައްވާފައެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
(ށ)
ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ: ((أَنَا ثَالِثُ الشَّرِيْكَيْنِ مَا
لَـمْ يَـخُنْ أَحَدُهُمَا صَاحِبَهُ ..)) މާނައީ:
[އެކަކު އަނެކަަކަށް ޚިޔާނާތްތެރިނުވާހާ ހިނދެއްގައި ތިމަން އިލާހުއީ ބައިވެރިވާ
ދެމީހުންގެ ތިންވަނަ ފަރާތެވެ] މިޙަދީޘުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
|
(ހ)
ވިޔަފާރިއަކީ މީސްތަކުންނަށް ފައިދާހުރި ކަމެއްކަން/ ރިބާއަކީ ގެއްލުންހުރި
ކަމެއްކަން/ މީހުންނަށް ފައިދާހުރި ކަންކަން ﷲ ހުއްދަކުރައްވާކަން/
ގެއްލުންހުރިކަންކަން މަނާ ކުރައްވާކަން
(ށ)
ކުންފުނި ހެދުމަކީ ދީނުގައި ހުއްދަކަމެއް ކަން/ ކުންފުނީގައި ﷲ
ބަރަކާތްލައްވާކަން/ ޚިޔާނާތްތެރިވުމަކީ ﷲ ގެ ބަރަކާތް، އެހީތެރިކަން
ކެނޑިގެންދާ ކަމެއްކަން
|
1
މާކްސް
|
||||||||||||||||||||||||
16
|
ބޭނުންކުރުން
|
ތިރީގައިވާ
ވާހަކަކޮޅު ކިއުމަށްފަހު ތިންސުވާލަށްވެސް ޖަވާބު ލިޔާށެވެ:
ތިޔަދަރިވަރު
މަނިބޭރުވެއްޖެ ނަމަ ނުވަތަ ޙައިޟު ވެއްޖެ ނަމަ އެކަމުން ސާފު ނުވެ ބައެއް
އަޅުކަންތައް ނުކުރެވޭނެއެވެ. އެއަޅުކަންތައް ކުރުމަށްޓަކައި ހިނައިގަންނަން
ޖެހެއެވެ. އަދި ހިނައިގަތުމުގައި ކޮންމެހެންވެސް 3 ކަމެއް
ފުރިހަމަކުރަންޖެހެއެވެ. އެއީ ފަރުޟު 3 ކަމެވެ.
(ހ)
ހިނައިގަތުމުގައި ތިޔަދަރިވަރު ފުރިހަމަކުރަންޖެހޭނެ 3 ކަންތައް ބުނެދޭށެވެ؟
(ށ)
އެ 3 ކަންތަކުގެ އިތުރުން، އިތުރަށް ޘަވާބު ލިބޭނެ ކަންކަންވެސް ވެއެވެ.
އޭގެތެރެއިން 1 ކަންތައް ލިޔާށެވެ؟
(ނ)
ނުކުރެވޭނެ ކަމަށް އެބުނާ އަޅުކަންތަކުގެ ތެރެއިން 1 ކަންތައް ބުނެދޭށެވެ؟
|
(ހ)
ނިޔަތް، ނަޖިސްފިލުވުން، މުޅިގައިގައި ފެންޖެއްސުން
(ށ)
ވުޟޫކުރުން/ އަތްދޮވުން/ މުޅިގައިގައި އަތްއުނގުޅުން/ ކަނާތްފަރާތް އިސްކުރުން/
ތިންފަހަރުދޮވުން/ ނިމިގެންފައިދޮވުން/ބިސްމި ކިޔުން/މުވާލާތުކުރުން
(ނ)
އަންހެންކުދިން: ނަމާދު/ގުރުއާން/ޠަވާފު/ މިސްކިތަށްއެރުން/ރޯދަ/ ފޫޅާކަކުލާ
ދެމެދު އަރާމެއް ލިބިގަތުން
ފިރިހެންކުދިން:
ނަމާދު/ޤުުރުއާން/ޠަވާފު/ މިސްކިތަށް އެރުން
|
5
މާކްސް
|
||||||||||||||||||||||||
17
|
ވަޒަންކުރުން
|
ތިރީގައިވާ
ޙާދިޘާ ކިޔުމަށްފަހު ހުރިހާ ސުވާލަކަށް ޖަވާބުލިޔާށެވެ:
ޙައްޖުމަހުގެ 8 ވަނަދުވަހު ޔޫނުސް
ޙައްޖަށް ނިޔަތްގަނެ އިޙްރާމް ބަނދެގެން ދިޔައީ މިނާއަށެވެ. އަދި 9 ވަނަ ދުވަހު
ޢަރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން ދިޔައީ މިނާއަށެވެ. އަދި
10ވަނަދުވަހު އިރުއެރުމުން ތިންޖަމްރާއަށް ހިލައުކުމަށްފަހު ހަދުޔު ކަތިލާ،
ބޯބޭލުމުން ފުރަތަމަ ތަޙައްލުލު ވިއެވެ. އަދި މައްކާއަށް ގޮސް ޠަވާފުލްއިފާޟާ
ކޮށް ސަޢުޔު ކުރުމުން ދެވަނަ ތަޙައްލުލުވީއެވެ. އަދި 11، 12 އަދި 13 ތިން ދުވަހު
ކޮންމެދުވަހަކު 3 ޖަމްރާއަށް ހިލައުކާ އަދި އެރޭތަކުގައި މިނާގައި ރޭކުރިއެވެ.
އަދި އޭނާއަށް ވާޖިބެއް އަދާނުކޮށް ދޫކޮށްލެވުމުގެ ސަބަބުން ފިދުޔަ ކަތިލިއެވެ.
އަދި އެއަށްފަހު މައްކާއަށް ގޮސް ޠަވާފުލްވަދާޢުކޮށްގެން ރަށަށް ފުރައިގެން
ހިނގައްޖެއެވެ.
(ހ)
ޔޫނުސް ނުކޮށް ދޫކޮށްލި ވާޖިބަކީ ކޮބައިހެއްޔެވެ؟ (މީގާތު ހުރަސްކުރުމުގެ ކުރިން
އިޙްރާމްބަނުމުގެ ވާހަކަ ނުލިޔެވޭނެއެވެ. އެއީ މައްކާއަށް މާކުރިން އައިސްހުރި
މީހެއްނަމަ ނިޔަތްގަނެ އިޙްރާމް ބަންނާނީ މައްކާގައި ހުރެގެންނެވެ)
(ށ)
ޔޫނުސް އަދާކުރި ފަރުޟުތަކުގެ ތެރެއިން 2 ފަރުޟު ބުނެދޭށެވެ؟
(ނ)
ޔޫނުސް އަދާކުރި ވާޖިބުތަކުގެ ތެރެއިން 1 ވާޖިބު ބުނެދޭށެވެ؟
(ނ)
ޔޫނުސް 10 ވަނަދުވަހު ކުރިކަންތަކުގެ ތެރޭގައި ގޯސްކޮށް ކަމެއްކުރިއެވެ. އެއީ
ކޮންކަމެއްހެއްޔެވެ؟
(ރ)
ފުރަތަމަ ތަޙައްލުލްވުމުން އިޙްރާމްބަނުމުގެ ސަބަބުން ޔޫނުސްއަށް ކުރުން
ޙަރާމްވި ކަންކަމުގެ ތެރެއިން އެންމެ ކަމެއްފިޔަވާ އެހެން ހުރިހާ ކަމެއް
ޙަލާލުވީއެވެ. އެގޮތުން ޔޫނުސް އަށް ކުރިން ނުކުރެވޭ މިހާރުކުރެވިދާނެ 1
ކަންތައް ބުނެދޭށެވެ؟
|
(ހ)
މުޒްދަލިފާ ގައި ރޭކުރުން
(ށ)
ނިޔަތް / ޢަރަފާތުގައި މަޑުކުރުން /
ބޯބޭލުން / ތަވާފުލްއިފާޟާ ކުރުން / ސަޢުޔު ކުރުން
(ނ)
ޖަމްރާ އަށް ހިލައުކުން/ހަދުޔު ކަތިލުން/ 11 12 13 މިނާގައި ރޭކުރުން/ ތަވާފުލް
ވަދާޢު
(ރ)
ނިޔަފަތިކެނޑުން/ އިސްތައްޓެއް ވަކި ކުރުން (ފުނާއެޅުން) / ހުވަނދުލުން/
ޝިކާރަކުރުން/ ފަހާފައިވާ ހެދުން ލުން
|
6
މާކްސް
|
||||||||||||||||||||||||
18
|
ވަޒަންކުރުން
|
[މުސްޠަފާ
ކެންޓީނަށް ދާންވެގެން ޖީބު ޗެކުކުރިއިރު އޭނާ ސްކޫލަށް ގެނައި 50 ރުފިޔާ ޖީބަކު
ނެތެވެ. އޭނާގެ އަތުގައި އޮތް އަތުކުރީ ގަޑިއެއް ކުއްޖެއްގެ އަތަށް ދަރަނި
އަދާކުރުމުގެ އިތުބާރެއްގެ ގޮތުން ދީފައި، އަނެއްދުވަހު ދައްކާގޮތަށް
އެކުއްޖާއަތުން 50 ރުފިޔާގެ ދަރަންޏެއް ނެގިއެވެ.] މުސްޠަފާ އެކުއްޖާއަށް ދިން
އެއްޗަށް ޝަރުޢީ ގޮތުން (ދީނީގޮތުން) ކިޔާނީ ކޮންނަމެއްހެއްޔެވެ؟
|
ރަހުނު
|
1
މާކްސް
|
||||||||||||||||||||||||
19
|
މަޢުލޫމާތު
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ޠާއިފުގެ ވަފުދު ރަސޫލާr ގެ އަރިހަށް
އިސްލާމްވުމަށް އައިސް ވަރަށް އާދަޔާ ޚިލާފު ކަމަކަށް އެދުނެވެ. އެއީ ކޮންކަމެއް
ހެއްޔެވެ؟
(ށ)
ބަނޫޙަނީފާގެ ވަފްދުގައި އައި މުސައިލަމަތުލް ކައްޒާބު އިސްލާމްވުމަށް އައިސް
ވަރަށް އާދަޔާޚިލާފު ކަމަކަށް ރަސޫލާrގެ
އަރިހުން އެދުނެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟
|
(ހ)
އެމީހުން އަޅުކަންކުރާ ލާތަ ނަމަކަށް ކިޔާ ބުދު ބަހައްޓައިދިނުމަށް /
ނަމާދުކުރުން ވާޖިބު ނުކުރުމަށް
(ށ)
ނަބީކަމުން ބައެއް އޭނާއަށް ދިނުމަށް
|
1
މާކްސް
|
||||||||||||||||||||||||
20
|
އުފެއްދުން
|
ތިރީގައިއެވަނީ
ރަސޫލާr ގެ
އަނބިއަނބިކަނބަލުންގެ ނަންތަކެވެ. އަދި އޭގެ ތިރީގައި އެވަނީ އޭގެ ތެރެއިން
ބައެއް އަނބިއަނބި ކަނބަލުންގެ ޚާއްޞަ މަޢުލޫމާތު ކޮޅެކެވެ. ވީމާ
އެމަޢުލޫމާތުކޮޅަކާއި ދިމާލުގައި އެއަނބިކަނބަލެއްގެ ނަންލިޔާށެވެ؟
|
1-
ޒައިނަބު ބިންތު ޖަޙްޝް
2-
ޚަދީޖާ ބިންތު ޚުވައިލިދު
3-
އުންމު ސަލަމާ
|
3
މާކްސް
|
||||||||||||||||||||||||
21
|
ބޭނުންކުރުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
ތިޔަދަރިވަރުގެ ރަޙްމަތްތެރިއަކު އައިސް ތިޔަދަރިވަރުގެ ގާތުގައި އެހެން
ކުއްޖެއްގެ ނޭދެވޭ ސިފަތަކުގެ ވާހަކަ އެކުއްޖަކު ނެތީސް ދައްކައިފި ނަމަ
ތިޔަދަރިވަރު، ރަޙްމަތްތެރިޔާގެ ގާތުގައި ބުނާނީ ކީކޭހެއްޔެވެ؟ އަދި އެއީ
ކީއްވެހެއްޔެވެ؟
(ށ)
ޙަސަދަވެރިކަމުން ދުރުހެލިވުމަށް ރަސޫލާr ގެ
ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. އަދި އެކަން އެހާ ނުރައްކާތެރި ކަމަކަށް
ވަނީ ކީއްވެކަންވެސް ބަޔާންކޮށްދެއްވިއެވެ. އެކަން އެހާ ނުބައިކަމަކަށް ވަނީ
ކީއްވެހެއްޔެވެ؟
|
(ހ)
ޣީބަ ނުބުނާށެވެ. އެއީ ދީނުގައި ޙަރާމް ކަމެކެވެ/ ﷲ މަނާކުރައްވާފައިވާ
ކަމެކެވެ/ އެއީ އަމިއްލައަޚާގެ މުޅަމަސް ކެއުން ފަދަ ކަމެކެވެ.
(ށ)
އެއީ ހެޔޮކަންކަން ނެތިކޮށްލާ އެއްޗެއް
|
2
މާކްސް
|
||||||||||||||||||||||||
22
|
އުފެއްދުން
|
ތިރީގައިވާ
(ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:
(ހ)
މައިންބަފައިންގެ ޙައްޤުތަކާ ބެހޭގޮތުން މުހިންމު 3 ނުކުތާ ހިމެނޭގޮތަށް
ބަޔާނެއް ލިޔާށެވެ؟
(ށ)
"ބޮޑާކަން" މިމައުޟޫޢަށް ، މުހިންމު 3 ނުކުތާ ހިމެނޭގޮތަށް ބަޔާނެއް
ލިޔާށެވެ؟
|
(ހ)
މައިންބަފައިންގެ ޙައްޤަކީ މައިންބަަފައިން ނަށް ދަރިންގެ މައްޗަށް ލިބިފައިވާ
ބާރެވެ./ އެއީ ދަރީން މައިންބަފައިންނަށް އަދާކޮށްދޭން ޖެހޭ ވާޖިބެވެ/ﷲ ނަހީ
ކުރެއްވި ކަމެއްގައި މެނުވީ ކޮންމެ ކަމެއްގައި މައިންބަފައިންނަށް ކިޔަމަންވާން
ވާނެ/ﷲ އަށް ޝަރީކު ނުކުރަން އައުމާވިދިގެން މައިންބަފައިންނަށް ހެޔޮކޮށް
ހިތުމުގެ ވާހަކަ އައިސްފައިވޭ، އެކަމުން އެނގެނީ އެކަމުގެ މުހިންމުކަން/
މައިންބަފައިން މުސްކުޅިވާ ދުވަހު ޗުއްޕުވެސް ނުބުނެވޭނެ/ އެމީހުންނާ ރީތި
ބަހުން ވާހަކަ ދައްކަން ވާނެ/ އެމީހުންނަށް ހެޔޮ ދުޢާ ކޮށްދޭންވާނެ/ މަންމަ
ޙައްޤު ބައްޕަގެ ޙައްޤަށް ވުރެ 3 ގުނަ އިތުރު/ މިއީ ވާޖިބެއް / ޙަދީޘް:[ﷲ ގެ
ރުހުންވަނީ މަންމައާއި ބައްޕަ ގެ ރުހުމުގައެވެ. އަދި ﷲ ގެ ކޯފާ ވަނީ މަންމައާއި
ބައްޕަގެ ނުރުހުމަގައެވެ] / މައިންބަފައިންގެ މުދާ ދަރިންނަށް އެމީހުންގެ
ހުއްދައަކާ ނުލާ ބޭނުންނުކުރެވޭނެ/ ދަރިންގެ މުދާ މައިންބަފައިންނަށް
ބޭނުންކުރެވޭނެ
(ށ)
ބޮޑާކަމަކީ ތިމާއަށްވުރެ މޮޅުމީހަކު ނެތްކަމަށް ހީކުރުން/
ޙަދީޘް:[ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމާއި އެހެންމީހުންނަކީ
ނިކަމެތިބައެއްކަމުގައި ދުށުމެވެ] / ކިތަންމެ ކުޑަމިންވަރެއް ހުއްޓަސް ނަރަކަ
އަށް ވަންނަންޖެހޭނެ/ އިބިލީހަށް ލަޢުނަތް ލިބުނީ ކިބުރުވެރިކަމުގެ ސަބަބުން/
ފިރުޢައުނާ އަބޫޖަހުލާ ޤާރޫނުފަދަ މީހުންގެ ސިފައެއް/ ﷲ އަށް އަމުރުފުޅަށް
ތަބާނުވާ ކޮންމެ މީހެއްގެ ސިފައެއް/ ތިމާވަރުގެ މީހަކު ނެތުން މީއޭގެ ސިފައެއް/
ފަޚުރުވެރިވުންވެސް މީ އޭގެ ސިފައެއް/ އިދިކޮޅަކީ މަޑުމައިތިރިކަން، ތަވާޟުޢު،
ބޮޑާނުވުން / އަމިއްލައަށް ބޭނުންތައް ނުފުއްދޭނެ/ ހުރިހާ ނިޢުމަތް ތަކަކީ ﷲ
ދެއްވި ނިޢުމަތްތައް/
|
3
މާކްސް
|
ނޯޓު: މި މާކިން ސްކީމްގައި ސީދާ ހުރިގޮތަށް
ދަރިވަރުގެ ޖަވާބު ނެތްނަމަވެސް މީގައިވާ ޖަވާބުތަކާ ކައިރިކުރާފަދަ ނުވަތަ ހުންނަންޖެހޭ މުހިންމު
ނުޤުތާތައް ހިމެނޭކަމުގައި ވާނަމަ ޖަވާބު ރަނގަޅުވާނެއެވެ.
No comments:
Post a Comment