ގްރޭޑް6
/ ދެވަނަޓާރމް 2013 / ޔުނިޓު1 ގެ ރިވިޝަން:
1)
((لِإيلاَفِ قُرَيْشٍ)) މިއާޔަތުގެ
މާނަ ލިޔާށެވެ؟
ޖ:
[ޤުރައިޝުވަންހައިގެ މީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ]
2)
((إِيلاَفِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ)) މިއާޔަތުގެ
މާނަ ލިޔާށެވެ؟
ޖ:
[ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި އެބައިމީހުން އެކުވެރި ކުރެއްވި
ކަމަށްޓަކައެވެ]
3)
((فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ)) މިއާޔަތުގެ
މާނަ ލިޔާށެވެ؟
ޖ:
[ފަހެ، މިގެފުޅުގެ ވެރި އިލާހަށް އެބައިމީހުން އަޅުކަން ކުރާހުށިކަމެވެ.]
4)
((الَّذِي أَطْعَمَهُمْ مِّن جُوعٍ وَآمَنَهُمْ مِّنْ خَوْفٍ)) މިއާޔަތުގެ
މާނަ ލިޔާށެވެ؟
ޖ:
[އެކަލާނގެއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން އެބައިމީހުންނަށް ކާންދެއްވައި، އަދި
ބިރުވެރިކަމުގެ ސަބަބުން އެބައިމީހުންނަށް އަމާންކަން ދެއްވި އިލާހެވެ.]
5)
ﷲ ވަޙީކުރެއްވިއެވެ: ((لِإيلاَفِ قُرَيْشٍ)) މާނައީ:[ޤުރައިޝުވަންހައިގެ
މީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ] ﷲ އެމީހުން އެކުވެރި ކުރެއްވީ ކޮން
ބަޔަކާހެއްޔެވެ؟
ޖ:
އެމީހުން ދަތުރުކޮށްއުޅުނު އެހެން ރަށްތަކުގެ މީހުންނާއެވެ.
6)
ﷲ ވަޙީކުރެއްވިއެވެ: ((إِيلاَفِهِمْ رِحْلَةَ الشِّتَاءِ
وَالصَّيْفِ)) މާނައީ:[ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި
އެބައިމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ] މިއާޔަތުން ދޭހަވާ ކަމެއް
ބުނެދޭށެވެ؟
ޖ:
އެމީހުން އެކިދިމަދިމާގައިވާ ރަށްތަކަށް ވިޔަފާރި ދަތުރުކޮށް އުޅުނު އިރު އެހެން
ރަށްތަކުގެ މީހުން އެމީހުންނާ ރަޙްމަތްތެރިކަމެވެ.
7)
ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ:[ޤުރައިޝުވަންހައިގެ މީހުން އެކުވެރި
ކުރެއްވި ކަމަށްޓަކައެވެ. ފިނިމޫސުމާއި ހޫނުމުސުމުގެ ދަތުރުގައި
އެބައިމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ.] މިދެއާޔަތުގައިވެސް
'ކަމަށްޓަކައެވެ' މިހެން އޮތުމުން ﷲ އެމީހުންނަށް އެނިޢުމަތް ދެއްވި ކަމަށްޓަކައި
އެމީހުން ކޮންމެވެސް ކަމެއް ކުރަންޖެހޭކަން ހާމަވެގެންދެއެވެ. އެއީ ކޮންކަމެއް
ހެއްޔެވެ؟
ޖ:
އެއީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަން ނުކޮށް، ހަމައެކަނި ﷲ އަށް އަޅުކަން
ކުރުމެވެ.
8)
ﷲ ވަޙީކުރެއްވިއެވެ: ((فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ)) މާނައީ:
[ފަހެ، މިގެފުޅުގެ ވެރި އިލާހަށް އެބައިމީހުން އަޅުކަން ކުރާހުށިކަމެވެ.]
މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ:
އަޅުކަން ކުރަންޖެހޭނީ ހަމައެކަނި ﷲ އަށް ކަމެވެ.
9)
ﷲ ވަޙީކުރެއްވިއެވެ: ((الَّذِي أَطْعَمَهُمْ مِّن جُوعٍ
وَآمَنَهُمْ مِّنْ خَوْفٍ)) މާނައީ: [އެކަލާނގެއީ ބަނޑުހައި
ހޫނުކަމުގެ ސަބަބުން އެބައިމީހުންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގެ ސަބަބުން
އެބައިމީހުންނަށް އަމާންކަން ދެއްވި އިލާހެވެ.] މިއާޔަތުން ދޭހަވާ 2 ކަމެއް
ބުނެދޭށެވެ؟
ޖ:
އަމާންކަމުގެ މުހިންމުކަން / ﷲ ދެއްވި ރިޒްޤުގެ ނިޢުމަތަށް
ޝުކުރުވެރިވާންޖެހޭނެކަން / ﷲ ދެއްވި އަމާންކަމުގެ ނިޢުމަތަށް ޝުކުރުވެރި
ވާންޖެހޭނެކަން
10)
އަހަރުމެންނަށް ރިިޒްޤުގެ ނިޢުމަތާއި އަމާންކަމުގެ ނިޢުމަތް ދެއްވުމުން
އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންކަމެއްކަން، ސޫރަތުލް ޤުރައިޝްގެ
އަލީގައި ބުނެދޭށެވެ؟
ޖ:
އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ.
11)
މަޙްޝަރު ކުރެއްވުމަކީ ކޮބައިހެއްޔެވެ؟
ޖ:
ހުރިހާ މަޚްލޫޤުން ދެވަނަފަހަރަށް ދިރުއްވާ ސާފު ބިމަކަށް އެއްކުރެއްވުމެވެ.
12)
ﷲ ވަޙީކުރެއްވިއެވެ: ((ثُمَّ إِلَى رَبِّهِمْ يُحْشَرُونَ)) މާނައީ:[ދެން
އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރި އިލާހުގެ
ޙަޟްރަތަށެވެ.] މިއާޔަތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ:
ހުރިހާ އެންމެން މަޙްޝަރު ކުރެއްވޭނެ ކަމެވެ.
13)
މަޙްޝަރު ކުރެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖ:
ހިސާބު ބައްލަވާ ޖަޒާ ދެއްވުމެވެ.
14)
މަޙްޝަރުބިމުގައި އެއްބަޔަކަށް އުފާވެރިކަން ހުރިއިރު އަނެއް ބަޔަކު
އެތަނުގައިވަނީ ނިކަމެތިވެގެންވާ ބައެއްގެ ގޮތުގައެވެ. މިހެން ވާންޖެހެނީ ކޮންކަމަކާ
ގުޅިގެންހެއްޔެވެ؟
ޖ:
މިހެންވާންޖެހެނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއްގެ މައްޗަށް ބަލާފައެވެ.
15)
މަޙްޝަރު ބިމަށް ފޮނުއްވޭނެކަމަށް އީމާންވުމަށްފަހު ތިޔަދަރިވަރުގެ ޙަޔާތުގައި
އުޅުމަށް އަންނަންޖެހޭ ބަދަލެއް ބުނެދޭށެވެ؟
ޖ:
މަޙްޝަރުބިމުގެ ބިރުވެރިކަމާއި ހިތާމައިން ސަލާމަތްވުމަށްޓަކައި ހެޔޮޢަމަލުތައް
ގިނަކޮށް ގޯސް އެންމެހާ ޢަމަލުތަކުން ދުރުވެގެންނެވެ.
16)
ކޭތަނަމާދަކީ ކޮބައިހެއްޔެވެ؟
ޖ:
އެއީ އިރުކޭތަ އަދި ހަނދުކޭތަ ހިފުމުން ކުރާ ދެރަކްޢަތުގެ ނަމާދެކެވެ.
17)
ކޭތަނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ:
ގަދަވެގެންވާ ސުންނަތެކެވެ.
18)
ކޭތަނަމާދު ކުރުމަށް އަންގަވާފައިވާ ޙަދީޘްފުޅެއްގެ މާނަލިޔާށެވެ؟
ޖ:
[ހަމަކަށަވަރުން އިރާއި ހަނދަކީ ﷲ ގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އޭގައި ކޭތަ
ހިފަނީ މީހަކު މަރުވުމުން ނުވަތަ ދިރުމަކުންވެސް ނޫނެވެ. ފަހެ އޭގެކަމެއް ތިޔަބައިމީހުންނަށް
ފެނިއްޖެނަމަ ކޭތަ ވީއްލަންދެން ނަމާދުކުރާށެވެ.]
19)
ކޭތަނަމާދު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޖ:
އިންސާނުންގެ ނިކަމެތިކަމާއި ﷲ ގެ މަތިވެރިކަން ހާމަކުރުމަށްޓަކައެވެ.
20)
ކޭތަނަމާދު ކުރުމުގެ ވަގުތަކީ ކޮބައިހެއްޔެވެ؟
ޖ:
އިރުކޭތަ އަދި ހަނދުކޭތަ ހިފީއްސުރެ ކޭތަ ވީއްލަންދެކަށެވެ. ނުވަތަ އިރުކޭތަ
ހިފީއްސުރެ އިރުއޮއްސެންދެކަށެވެ.
21)
ކޭތަނަމާދާ އެހެނިހެން ނަމާދުތަކާ ހުރި އެންމެ ބޮޑު ތަފާތު ބުނެދޭށެވެ؟
ޖ:
ކޮންމެ ރަކްޢަތެއްގައި 2 ޤިޔާމާއި 2 ރުކޫޢު އޮތުމެވެ.
22)
ކޭތަނަމާދާއި ޢީދު ނަމާދާ ހުރި އެއްގޮތް 2 ކަމެއް ބުނެދޭށެވެ؟
ޖ:
ދެ ރަކްޢަތުގެ ދެނަމާދެވެ. /ދެނަމާދަށްފަހުގައި ވެސް ޚުތުބާއެއް ކިޔައެވެ. /ދެނަމާދުގައިވެސް
ފަށާއިރު ބަންގިއެއް އަދި ޤަމަތެއް ނުކިޔައެވެ.
23)
ރަވާތިބު ސުންނަތަކީ ކޮބައިހެއްޔެވެ؟
ޖ:
ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުގައި ކުރާ ސުންނަތް ނަމާދުތަކެކެވެ.
24)
ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: [ރެއަކާއި ދުވާލު ބާރަ ރަކްޢަތް ކޮށްފި
މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާނެއެވެ. އެއީ މެންދުރުނަމާދުގެ
ކުރީގައި ހަތަރު ރަކްޢަތާއި ފަހުގައި ދެރަކްޢަތާއި، މަޣްރިބުނަމާދުގެ ފަހުގައި
ދެރަކުޢަތާއި ޢިޝާނަމާދުގެ ފަހުގައި ދެރަކްޢަތާއި ފަތިސްނަމާދުގެ ކުރީގައި
ދެރަކުޢަތެވެ.] މިޙަދީޘުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ:
ރަވާތިބު ސުންނަތްތަކުގެ މާތްކަމާއި މަތިވެރިކަމެވެ. / ރަވާތިބު ސުންނަތް ތަކަކީ
ސުންނަތްކަން ގަދަ ނަމާދެއްކަމެވެ. / ރަވާތިބު ސުންނަތް ތަކަކީ ފަރުޟު ނަމާދާ
ގުޅިގެން ކުރާ ސުންނަތް ނަމާދުތަކެއްކަން
25)
ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ނަމާދުތަކުގެ ހުރިހާ
ރަކްޢަތްތަކުގެ ޢަދަދަކީ ކިހާވަރެއް ހެއްޔެވެ؟
ޖ:
12 ރަކްޢަތެކެވެ.
26)
ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ނަމާދުތައް
ތަފްޞީލްކޮށް ބުނެދޭށެވެ؟
ޖ:
ފަތިސް ނަމާދުގެ ކުރިން 2 ރަކްޢަތް، މެންދުރުކުރިން 4 ރަކްޢަތް، މެންދުރުފަހުން 2
ރަކްޢަތް، މަޣްރިބު ފަހުން 2 ރަކްޢަތް، ޢިޝާ ފަހުން 2 ރަކްޢަތް.
27)
ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަނޫން ނަމާދުތައް
ތަފްޞީލްކޮށް ބުނެދޭށެވެ؟
ޖ:
މެންދުރު ނަމާދުގެ ފަހުން 2 ރަކްޢަތް، ޢަޞްރުނަމާދުގެ ކުރިން 4 ރަކްޢަތް،
މަޣްރިބުނަމާދުގެ ކުރިން 2 ރަކްޢަތް، ޢިޝާނަމާދުގެ ކުރިން 2 ރަކްޢަތް
28)
އެއްވެސް ސުންނަތް ނަމާދެއް ނުކުރެވޭ 2 ގަޑިއެއްވެއެވެ. އެ 2 ގަޑިއަކީ
ކޮބާހެއްޔެވެ؟
ޖ:
ފަތިސްނަމާދުގެ ފަހުންނާއި، ޢަޞްރުނަމާދުގެ ފަހުންނެވެ.
29)
ބަނޫޤުރައިޘާ އަކީ ކޮން ބައެއްހެއްޔެވެ؟
ޖ:
މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ޤަބީލާއެކެވެ.
30)
ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވިއިރު މަދީނާގައި އުޅުނު ޔަހޫދީ ޤަބީލާތަކުގެ
ނަންތައް ބުނެދޭށެވެ؟
ޖ:
ބަނޫ ޤައިނުޤާޢު ، ބަނުއްނަޟީރު، ބަނޫ ޤުރައިޘާ .
31)
ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ވެވިފައިވާ މުޢާހަދާއަކީ ކޮބައިހެއްޔެވެ؟ އަދި
ބަނޫޤުރައިޘާގެ މީހުން އެއްބަސްވުމާ ޚިލާފުވީ ގޮތަކީ ކޮބައިހެއްޔެވެ؟
ޖ:
އެއްވެސް ބަޔަކު އަނެއްބަޔަކަށް އުނދަގޫ ނުކުރުމަށާއި، އެއްބަޔަކު އަނެއް ބަޔަކު
ދުޝްމަނުންގެ ކިބައިން ދިފާޢު ކުރުމަށެވެ. ބަނޫޤުރައިޘާ މީހުން އެއްބަސްވުމާ
ޚިލާފުވީ: ޚަނދަޤު ހަނގުރާމައިގައި ދުޝްމަނުންގެ ލަޝްކަރަށް މުސްލިމުންނާ
ދެކޮަޅަށް އެހީތެރިވެދީގެންނެވެ.
32)
ބަނޫޤުރައިޘާ މަދީނާއިން ބޭރުކުރެވުނީ ކޮން ދުވަސްވަރެއްގައި ހެއްޔެވެ؟
ޖ:
އަޙްޒާބު ހަނގުރާމައަށް ފަހުގައެވެ.
33)
ބަނޫޤުރައިޘާ ގެ މީހުންނާ ހަނގުރާމަކުރުމަށް ދިޔަ މުސްލިމުންގެ ޢަދަދަކީ ކިހާވަރެއްހެއްޔެވެ؟
ޖ:
3000 (ތިންހާސް) މީހުންނެވެ.
34)
ބަނޫޤުރައިޘާ ގެ އަވަށް ޙިޞާރު ކޮށްގެންތިބީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟
ޖ:
25 (ފަންސަވީސް) ދުވަހެވެ.
35)
ބަނޫޤުރައިޘާ މީހުން އަމާންދިނުމުން އެމީހުންނަށް ހަދާނެގޮތެއް ކަނޑައެޅުމަށް
ޙުކުމް އިއްވުމަށް ރަސޫލާ ޙަވާލުކުރެއްވީ ކޮން ބޭފުޅަކާހެއްޔެވެ؟ އަދި އެބޭފުޅާއާ
ޙަވާލު ކުރެއްވީ ކީއްވެހެއްޔެވެ؟
ޖ:
ސަޢުދު ބިން މުޢާޛު އާއެވެ. އެއީ ބަނޫޤުރައިޡާގެ ޔަހޫދީން އެގޮތަށް އެދުމުންނެވެ.
36)
ޔަހޫދީންނާ މެދު ޙުކުމެއް އިއްވުމަށް އެމީހުން ސަޢުދު ބިން މުޢާޛު އާ ޙަވާލުކުރީ
ކީއްވެގެން ހެއްޔެވެ؟
ޖ:
އެއީ އެމީހުންނާ އެބޭފުޅާއާ އޮންނަ ގާތްގުޅުމެއްގެ ސަބަބުންނެވެ. / އެމީހުންނާ
އައުސްވަންހަ އާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ.
37)
ސަޢުދު ބިން މުޢާޛު އެމީހުންނާމެދު ޙުކުމް ކުރެއްވީ ކޮން ގޮތަކަށް ހެއްޔެވެ؟
ޖ:
ހުރިހާ ހަނގުރާމަވެރިން މެރުމަށާއި އެނޫން އެންމެން އަޅުންނަށް ހެދުމެވެ.
38)
ސަޢުދު ޙުކުމް ކުރެއްވި ގޮތާއި މެދު ތިޔަދަރިވަރު ދެކޭގޮތެއް ބުނެދޭށެވެ؟ އަދި
ތިގޮތަށް ދެކެނީ ކީއްވެހެއްޔެވެ؟
ޖ:
އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ. އެއީ އެކަމަށް ރަސޫލާ ތަޢުރީފު
ކުރެއްވީމައެވެ. އަދި އެއީ ﷲ ގެވެސް ޙުކުމްފުޅު ކަމަށް ވީމައެވެ.
39)
ބަނޫ ޤުރައިޘާ ގެ ޙާދިޘާއިން ނާއި އަދި ވެސް ޔަހޫދީންގެ އެހެނިހެން ޙާދިޘާތަކުން
އެނގޭ ގޮތުގައި ޔަހޫދީންނަކީ ކޮންކަހަލަ ބައެއް ހެއްޔެވެ؟
ޖ:
އެއްބަސްވުމާ ޚިލާފުވާ ޚިޔާނާތްތެރި ބަޔެކެވެ.
40)
ޔަހޫދީންނަކީ މުޢާހަދާ އާ ޚިލާފުވާ ޚިޔާނާތްތެރި ބައެއްކަން އަންގައިދޭ ޙާދިޘާއެއް
ބުނެދޭށެވެ؟
ޖ:
ބަނޫޤުރައިޘާ މީހުން މުސްލިމުންނާ ދެކޮޅަށް ޚަނދަގު ހަނގުރާމައިގައި
ދެޝްމަނުންނަށް އެހީވުން / ބަނުއްނަޟީރު މީހުން ރަސޫލާ އަވަހާރަކޮށްލަން ރޭވުން /
ބަނޫޤައިނުޤާޢު މީހުން މުސްލިމުން ގޯނާކޮށް ޖެއްސުންކޮށް އުނދަގޫ ކުރުން
41)
ޔަހޫދީންނަކީ މުސްލިމުންނަށް ޙަސަދަވެރިވާ ބައެއްކަން އަންގައިދޭ ޙާދިޘާއެއް
ބުނެދޭށެވެ؟
ޖ:
އެއީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ލިބުމުން އެކަމާ ހަސަދަވެ
މުސްލިމުންނަށް ޖެއްސުން ކުރަންފެށުމުންނެވެ.
42)
ޔަހޫދީންނަކީ މަކަރުވެރި ރޭވުންތައް މުސްލިމުންނާ ދެކޮޅަށް ރާވާ ބައެއްކަން
އަންގައިދޭ ޙާދިޘާއެއް ބުނެދޭށެވެ؟
ޖ:
އެއީ ބަނުއްނަޟީރުގެ މީހުން ރަސޫލާއަށް އޮޅުވާލައިގެން އެމީހުންގެ އަވަށަށް
ގެންގޮސް އެކަލޭގެފާނު އަވަހާރަކޮށްލަން ރޭވުން.