ބިލަބޯންގް
ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް، މާލެ، ދިވެހިރާއްޖެ
އިސްލާމް މާއްދާގެ އެސައިންމަންޓް/ފުރަތަމަ
ޓާރމް 2013 / ގްރޭޑް 7
މަސައްކަތް: - ދެވޭ 2 ޓޮޕިކަކަށް ގްރޭޑް7 ގެ ފޮތާއި ގްރޭޑް 8 ގެ ފޮތް
އަޅާކިޔުމަށްފަހު ލިޔުމެއް ލިޔުން
އެސައިމަންޓްގައި
ހިމެނޭ ޓޮޕިކްތައް:
|
ޓޮޕިކް
|
ގްރޭޑް 7 ގެ
ފޮތުގެ ސަފްޙާތައް
|
ގްރޭޑް 8 ގެ
ފޮތުގެ ސަފްޙާތައް
|
1
|
ވިޔަފާރި
|
69، 70
|
104، 105، 106،
107
|
2
|
މައިންބަފައިންގެ
ޙައްޤުތައް
|
112، 113
|
217، 218، 219،
220
|
މަސައްކަތް ކުރިއަށް
ގެންދާނެ ގޮތުގެ ތަފްޞީލް:
* ކޮންމެ ޓޮޕިކެއްގެ
ދަށުން ދެވިފައިވާ ސަފްޙާތައް، ގްރޭޑް 7 ގެ ފޮތުންނާއި ގްރޭޑް 8 ގެ ފޮތުން
ރަނގަޅަށް ކިޔާނީއެވެ. (ދެވިފައިވާ ސަފްޙާތަކުގެ އިތުރަކަށް ކިޔާކަށް
ނުޖެހޭނެއެވެ.) އެއަށްފަހު ކޮންމެ ޓޮޕިކެއްގެ ދަށުން ދެފޮތުގައިވާ ތަފާތުތައް
ނޯޓުކުރާނީއެވެ. {ތަފާތުތައް ބަލާނެ މިންގަނޑަކީ: އެއްފޮތުގައިވާ މަޢުލޫމާތެއް
އަނެއް ފޮތުގައި ނެތްނަމަ އެއީ ކޮން މަޢުލޫމާތެއް ކަން ބަޔާންކުރުން / ދެފޮތުގައި
ވާ އެއް މަޢުލޫމާތެއް ތަފާތުވެއްޖެނަމަ އެކަން ބަޔާންކުރުން (އެތަފާތަކީ
އެކައްޗެއް ދޭހަވާ ތަފާތު ދެޖުމްލައެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ސީދާ
މަޢުލޫމާތު ތަފާތުވުމެވެ.) / ހެޑިންތަކާއި ސަބްހެޑިންތައް ތަފާތުނަމަ އެކަން
ބަޔާންކުރުން. / ދަލީލުތަކުގައި ހުރި ތަފާތުތައް ބަޔާންކުރުން } މިބަޔަށް ކޮންމެ
ޓޮޕިކަކަށް 8 މާރކްސް ލިބޭނެއެވެ. (8 2 = 16 މާރކްސް)
* ކޮންމެ ޓޮޕިކަކަށް
ލިޔާނީ އޭ 4 ސައިޒްގެ އެއް ސަފްޙާއެވެ. ސަފްޙާގެ ބޯޑަރު ބައި ( ) އިންޗިއަށް ވުރެ
ބޮޑުވެގެން ނުވާނެއެވެ. ކޮންމެ ޓޮޕިކަކަށް އެންމެ މަދުވެގެން 13 ފޮޅުވަތް ލިޔަންވާނެއެވެ.
(މާބޮޑެތިކޮށް ހުސްދޭތެރެ މާދުރުކޮށްފައި ވާނަމަ މާރކްސް ކެނޑޭނެއެވެ) މިބޯޑަރަށް ކޮންމެ
ޓޮޕިކަކަށް 1 މާރކްސް ލިބޭނެއެވެ. (1 2 = 2 މާރކްސް)
* އެއްވެސް ފޮޓޯއެއް
ބޭނުމެއް ނުކުރާނެއެވެ. ނަމަވެސް ބޯޑަރުގެ ރީތިކަމާއި ނަލަކަމާއި، ލިޔުމުގެ
އަދި ގަނޑުގެ ސާފުތާހިރުކަމަށް ބެލޭނެއެވެ. މިބަޔަށް ކޮންމެ ޓޮޕިކަކަށް 1 މާރކްސް
ލިބޭނެއެވެ.(1 2 = 2 މާރކްސް)
* މުޅި ޖުމްލަ
މާރކްސްއަކީ 20 މާރކްސް އެވެ.
ނޯޓު: ގްރޭޑް 8 ގެ ފޮތް
ލިބޭނެގޮތެއް ނެތް ކުދިންނަށް އިސްލާމް ބްލޮގުން ގްރޭޑް8 ފޮތުގެ ދެވިފައިވާ
ސަފްޙާތައް ފެންނަން ހުންނާނެއެވެ.
* ޙަވާލުކުރަންޖެހޭ
އެންމެފަހު ތާރީޚް: 25 – އޭޕްރީލް – 2013 ވާ ބުރާސްފަތިދުވަސް.
No comments:
Post a Comment