އިސްލާމް / ގްރޭޑް 6 / ފުރަތަމަ
ޓާރމް 2013 / ގްރޫޕް ޕްރޮޖެކްޓް:
ޓޮޕިކް
ތައް
|
އަމާނާތްތެރިކަން
|
އަލުންދިރުއްވުން
|
ތަރާވީޙްނަމާދު
|
އިސްތިސްޤާނަމާދު
|
ފާޠިމަތު
|
ފޮތުގެ
ސަފްޙާ ނަންބަރު
|
126، 127
|
35، 36
|
57
|
58
|
85، 86
|
- 5 ޓޮޕިކުގެ ތެރެއިން ކޮންމެ ޓޮޕިކަކަށް
އަންނަނިވި ޑިޒައިންތަކުގެ ތެރެއިން ޑިޒައިނަކަށް ނޫނީ އެފަދަ އަމިއްލަ
ޑިޒައިނަކަށް ޚުލާޞާ ޗާޓެއް ކުރަހާށެވެ:
ވަކިން ކޮންމެ ކުއްޖެއްގެ މަސައްކަތުގެ ތަފްޞީލް:
- ވަކިން ކޮންމެ ކުއްޖެއްގެ މަސައްކަތަކީ އެކުއްޖަކާ ޙަވާލުކުރެވޭ ޓޮޕިކެއްގެ
ޚުލާޞާ ޗާޓެއް ހަފްތާއެއްގެ ތެރޭގައި ތައްޔާރު ކުރުމެވެ. މަޢުލޫމާތު ހަމައެކަނި
ނަގާނީ ސްކޫލުގެ ޓެކްސްޓް ފޮތުންނެވެ. ޗާޓު އޭ4 ސައިޒުގެ އެއްސަފްޙާއަށް
ފިޓުވާންޖެހޭނެއެވެ.
- ކޮންމެ ޗާޓެއްގައި މައި ސުރުޚީއާއި ސަބްސުރުޚީތަކެއް
ހުންނަން ޖެހޭނެއެވެ. ކޮންމެ ސަބްސުރުޚީއަކުން މަޢުލޫމާތުގެ ޚުލާޞާއެއް
ލިޔަންވާނެއެވެ.
- ގޭގައި ޙަވާލުކުރެވޭ މަސައްކަތް ނިންމުމަށްފަހު
2013/5/7 ވާ އަންގާރަދުވަހު ކުލާހަށް ގެންނަން ޖެހޭނެއެވެ.
ގްރޫޕު ހުރިހާކުދިން އެކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް:
- ޓޮޕިކްތައް ބަހާނީ މިއެސައިންމަންޓް ޙަވާލުކުރެވޭ ދުވަހު
ގްރޫޕުބެހުމަށްފަހު ގްރޫޕުކުދިންގެ މެދުގައި ޑިސްކަސް ކުރުމަށްފަހު ޓީޗަރުގެ
ބެލުމުގެ ދަށުން ކުދިން އަމިއްލައަށެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ
ކުއްޖަކަށް އެއް ޓޮޕިކު ގޭގައި ނިންމުމަށް ޙަވާލުވާނެއެވެ. (އަދި ބައެއްކުދިންނަށް
2ޓޮޕިކެވެ). ގްރޫޕްކުދިން ބޭނުންކުރާނެ ގަނޑުގެ ކުލަޔަކާއި، ޑިޒައިނާ، ލިޔާނެ
ގޮތްތަކާ، އެފަދަ އެހެނިހެން ކަންކަން ކަނޑައަޅާނީ ގްރޫޕުކުދިން ނިންމާގޮތަކަށެވެ.
- 2013/5/7 ވާ އަންގާރަދުވަހު ކޮންމެގްރޫޕެއްގެ ތަކެތި ހަމަކޮށް އިސްލާމް
ގަޑީގައި އެތަކެތި ގްރޫޕުކުދިންގެ ތެރޭގައި ޑިސްކަސް ކޮށް، އެއްކުއްޖެއްގެ
އެއްޗެއް އަނެއްކުއްޖަކު ޗެކްކޮށް، ހުރި ކުއްތައް ފިލުވާ، މަސައްކަތް ފުރިހަމަ ކުރާނީއެވެ.
އަދި އެގަޑީގައި ނުވަަތަ އެދުވަހު ގްރޫޕްގެ މުޅި މަސައްކަތް ޓީޗަރާ
ޙަވާލުކުރަންވާނެއެވެ. އެދުވަހުގެ ފަހުން ޙަވާލު ކޮށްފިނަމަ ކޮންމެ ދުވަހަކަށް 2
މާކްސް ކެނޑޭނެއެވެ. އަދި 2013/5/13 ވާ ހޯމަ ދުވަހުގެ ފަހުން މަސައްކަތް ބަލައެއް ނުގަނެވޭނެއެވެ.
- މަސައްކަތުގެ ޖުމްލަ މާކްސް އަކީ 30
މާރކްސްއެވެ. އެއީ ކޮންމެ ޓޮޕިކަކަށް 6 މާކްސް އެވެ. ވީމާ ކޮންމެ ކުއްޖަކަށް ލިބޭ
ޖުމްލަ މާރކްސް އަކީ މުޅި ގްރޫޕަށް ލިބޭ ޖުމްލަ މާރކްސް އެވެ. {ގްރޫޕުގެ
ކުއްޖެއްގެ ސަބަބުން މަސައްކަތް ކުރި ކުދިންނަށް މާރކްސް މަދުވާކަމުގައި ވާނަމަ،
އެެމާރކްސް މަދުވަނީ ކުދިންގެ މޮޅުކަމަކުން ނުވަތަ ދެރަކަމަކުން ނޫނެވެ. ނަމަވެސް
އެގޮތަށް މާރކްސް އެގެއްލެނީ އެކުގައި ގުޅިގެން މަސައްކަތް ނިންމަން ނޭނގުމުގެ
ސަބަބުންކަން ދަންނަންޖެހޭނެއެވެ}
މަސައްކަތުގެ މާކިން ކްރައިޓީރިއާ :
ކޮންމެ
ޓޮޕިކެއްގެ ޑިޒައިނަށާއި ސާފުތާހިރުކަމަށް : 1 މާރކްސް
|
1
Í 5 = 5 މާކްސް
|
ކޮންމެ
ޓޮޕިކެއްގެ ސުރުޚީއާއި ސަބް ސުރުޚީތަކަށްެ : 2 މާރކްސް
|
2
Í 5 = 10 މާކްސް
|
ކޮންމެ
ޓޮޕިކެއްގެ ޗާޓު ބައިކުރުމުގައި ހުންނަ ރަނގަޅު ގުޅުމަށް : 1 މާރކްސް
|
1
Í 5 = 5 މާކްސް
|
ކޮންމެ
ޓޮޕިކެއްގެ ސަބްހެޑިންތަކުގެ ދަށުން އަންނަ ޚުލާޞާ މަޢުލޫމާތަށް : 2 މާރކްސް
|
2
Í 5 = 10 މާކްސް
|
example
No comments:
Post a Comment