ސާރާގެފާނާއި
ހާޖަރުގެފާނު / މިއީ ކުލާޙުގައި ނެގޭ ކުއިޒެއްގައި އަންނާނެ ސުވާލުތަކެވެ
1) ސާރާގެފާނުގެ
ބައްޕާފުޅަކީ ކާކު؟ ހާރާން
2) ސާރާގެފާނުގެ
ފިރިކަލުންނަކީ ކޮންބޭކަލެއް؟ އިބްރާހީމްގެފާނު
3)
އިބްރާހީމްގެފާނާއި ހާރާން އާއި އޮތް ތިމާގެ ކަމުގެ ގުޅުމަކީ ކޮބައިހެއްޔެވެ؟
ހާރާނަކީ އިބްރާހީމްގެފާނުގެ ބޮޑުބޭބެ
4) ސާރާ
އިބްރާހީމްއާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ކޮން ދީނެއްގެ
ބޭކަނބަލެއްހެއްޔެވެ؟ މުސްލިމެކެވެ.
5) ސާރާގެފާނު
އިބްރާހީމްގެފާނާއި ފުރަތަމަ ހިޖުރަކުރެއްވީ ކޮންރަށަކަށް ހެއްޔެވެ؟ ހައްރާން އަށް
6) ސާރާގެފާނުގެ
ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެއް ބުނެދޭށެވެ؟ ރީތި، އަދި އަޚްލާޤު ރަނގަޅު
ބޭކަނބަލެއް.
7) އެކަމަނާ
ޙައްރާން ގައި އުޅުއްވުމަށްފަހު އެތަން ދޫކުރައްވާ ދެން ހިޖުރަކުރެއްވީ
ކޮންތަނަކަށް ހެއްޔެވެ؟ މިޞްރަށް
8) އެކަމަނާ
އިބްރާހީމްގެފާނާއި އެކު ޙައްރާން ދޫކުރައްވާ މިޞްރަށް ހިޖުރަކުރެއްވީ
ކީއްވެގެންހެއްޔެވެ؟ އެރަށަށް ކުރިމަތިވި ހަނަފަސްކަމާއި ތަދުމަޑުކަމުން
ސަލާމަތްވުމަށެވެ.
9) ސާރާ މިޞްރަށް
ހިޖުރަކުރެއްވި އިރު އެތަނުގެ ވެރިޔަކީ ކާކު؟ ފިރުޢައުނު
10) ފިރުޢައުނު ސާރާ
އާ އެކަހެރިކޮށް ބައްދަލުކޮށް ސާރާ ހައްލާލުމަށް މަސައްކަތް ކުރީ ކޮންގޮތަކަށް؟
ފިރުޢައުނު މުއްސަދިކަމާއި ޖާހު ބޭނުންކޮށްގެން
11) ފިރުޢައުނު
މިގޮތަށް ސާރާއާ އެކަހެރިކޮށް ބައްދަލުކުރުމުން އެކަމުން ދޭހަވަނީ ކޮންކަމެއް؟
ފިރުޢައުނު ގެ ނުބައިކަމެވެ.
12) ފިރުޢައުނުގެ
ދަޢުވަތަށް ސާރާ ދިނީ ކޮން ޖަވާބެއް؟ ސާރާ އެދަޢުވަތު ރައްދުކުރެއްވީ
13) ފިރުޢައުނުގެ
ނުބައި ދަޢުވަތު ސާރާ ރައްދުކުރެއްވުމުން އެކަމުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
ސާރާގެ ޢިތްފަތްތެރިކަމުގެ އަގު ފައިސާއިން އަދާ ނުކުރެވޭނެ ކަން
ހާމަކޮށްދެއްވިކަން / އެކަމަނާގެ ހިތްވަރުގަދަކަން / އެކަމަނާގެ މާތްކަމާއި ޚުލުޤު
ރަނގަޅުކަން
14)
އިބްރާހީމްގެފާނާ ސާރާއަށް ދަރިކަލަކު ލިބިވަޑައިނުގެން އެކަލޭގެފާނު އެކަމުގެ
އުންމީދުގައި ﷲ އަށް މުނާޖާ ދެއްނަވާތަން ފެނިވަޑައިގެންނެވުމުން ސާރާގެ
އިޙްސާސްތަކަކީ ކޮބާ؟ އެކަމަނާ އެކަމާ ހިތްދަތިވެ ހިތާމަކުރެއްވިއެވެ.
15)
އިބްރާހީމްގެފާނަށް ދަރިކަލަކު ހޯއްދަވައިދެއްވުމަށް ސާރާ ޙައްލެއް
ހޯއްދަވައިދެއްވިއެވެ. އެއީ ކޮންޙައްލެއް؟ ސާރާގެ އަޅު ހާޖަރު ހަދިޔާކުރެއްވިއެވެ.
16)
އިބްރާހީމްގެފާނު ކައިވެނި ބައްލަވައިގަތުމަށް ސާރާ އެކަލޭގެފާނަށް ހަދިޔާ
ކުރެއްވީ ކޮން ބޭކަނބަލެއް؟ ހާޖަރުގެފާނު
17)
އިބްރާހީމްގެފާނު ކައިވެނި ބައްލަވައިގަތުމަށް ސާރާ އެކަލޭގެފާނަށް އެކަމަނާގެ
އަޅު ހާޖަރު ހަދިޔާ ކުރެއްވުމުން އެކަމުން ދޭހަވަނީ ކޮންކަމެއް؟ އެކަމަނާގެ
އަމިއްލަ އެދުންތައް އެކަލޭގެފާނަށްޓަކައި ޤުރުބާން ކުރެއްވިކަމެވެ./ އެކަމަނާ
އެކަލޭގެފާނުގެ އުފާފުޅުތަކަށް ހުރަސްނާޅުއްވާކަމެވެ.
18)
އިބްރާހީމްގެފާނު ހާޖަރާ ކައިވެނި ބައްލަވައި ގެންނެވުމަށް ފަހު ހާޖަރަށް
ދަރިކަލަކު ލިބިވަޑައިގެންނެވި ފަހުން ސާރާއަށްވެސް ދަރިކަލަކު
ލިބިވަޑައިގެންނެވިއެވެ. އެއީ ބޭފުޅެއްހެއްޔެވެ؟
އިސްޙާޤުގެފާނު
19) ސާރާއަށް
ދަރިކަލަކު ލިބިވަޑައިގެންނެވީ އެކަމަނާގެ އުމުފުޅުން ކިހާވަރެއްގަހެއްޔެވެ؟ 70
އަހަރު
20) ސާރާއަށް
އިސްޙާޤު ލިބިވަޑައިގެންނެވިއިރު އިބްރާހީމްގެފާނު އުމުރުފުޅުން ކިހާވަރެއް
ހެއްޔެވެ؟ ގާތްގަނޑަކަށް 100 އަހަރު
21) ސާރާގެފާނު
އަވަހާރވީ ކޮންތަނަކު ހެއްޔެވެ؟ ޝާމް ކަރައިގައެވެ.
22) ސާރަގެފާނު
އަވަހާރަ ވީއިރު އެކަމަނާގެ އުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟ 127 އަހަރު
23) ހާޖަރުގެފާނު
އަޅެއްގެ ގޮތުގައި ސާރާއަށް ހަދިޔާކުރީ ކާކުހެއްޔެވެ؟ މިޞްރުގެ ރަސްގެފާނު
ފިރުޢައުނެވެ.
24) ސާރާގެފާނު
އިބްރާހީމްގެފާނަށް ހާޖަރު ހަދިޔާ ކުރެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ
އިބްރާހީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތުމުގެ އެދުމުގައެވެ.
25)
އިބްރާހީމްގެފާނުގެ ދެވަނަ އަނބިކަނބަލުންނަކީ ކޮން ބޭކަނބަލެއްހެއްޔެވެ؟
ހާޖަރުގެފާނެވެ.
26) ހާޖަރުގެފާނު
އަޅެއްގެ ގޮތުގައި ހުންނެވުމަށްފަހު އިބްރާހީމްގެފާނުގެ އަނބިކަނބަލަކަށް
ވެވަޑައިގެންނެވުމުގެ ޝަރަފު އެކަމަނާއަށް ލިބިވަޑައިގެންނެވުމުން އެކަމުން ދޭހަވަނީ
ކޮންކަމެއްހެއްޔެވެ؟ ޝަރަފާއި ޢިއްޒަތް ލިބެނީ ހަސަބާނަސަބުން ނޫންކަމެވެ. އަދި
އެއީ އީމާންކަމުގެ ސަބަބުން ލިބޭކަމެއްކަމެވެ.
27) ހާޖަރުގެފާނަށް
ލިބިވަޑައިގެންނެވީ ކޮންދަރިކަލެއްހެއްޔެވެ؟ އިސްމާޢީލްގެފާނު
28) ހާޖަރާއި އިސްމާޢީލް
ހިޖުރަކުރެއްވުމަށް މާތްﷲ އަމުރުކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ މައްކާއަށެވެ.
29) ހާޖަރުގެފާނު
މައްކާއަށް ހިޖުރަކުރެއްވިއިރު އެތަނަކީ ކޮންކަހަލަތަނެއް ހެއްޔެވެ؟ އެއީ
ދިރުމެއްނެތް ފެނެއް ނެތް ހަނަފަސްތަނެކެވެ.
30) އިބްރާހީމްގެފާނު
ހާޖަރާ އިސްމާޢީލް މައްކާގެ ހަނަފަސް ސަހަރާއަށް ދޫކުރައްވާ
ވަޑައިގެންނެވުމުންވެސް ހާޖަރު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވީ
ކީއްވެހެއްޔެވެ؟ އެއީ ﷲ ގެ އަމުރުފުޅަކަށް ވުމުންނެވެ. / ﷲ އެކަމަނާގެ
އެކަނިވެރިކަން ފިއްލަވާދެއްވާނެކަން ޔަޤީންވާތީއެވެ.
31) ހާޖަރު
މައްކާގައި އެކަނިވެރިކަމާއެކު ހުންނެވި އިރުވެސް ﷲ އެކަމަނާ ދޫނުކުރައްވާނެކަމުގެ
ޔަޤީންކަމާއެކު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވުމުން އެކަމުން ދޭހަވަނީ
ކޮންކަމެއް ހެއްޔެވެ؟ އެކަމާގެ އީމާންތެރިކަމުގެ ވަރުގަދަކަން / އެކަމަނާގެ
ހިތްޕުޅުގައި ﷲ އާ މެދު އޮންނަ ޔަޤީންކަން
32) ހާޖަރުގެފާނަށް
ޖެހިވަޑައިގެންނެވި މުޞީބާތުން ﷲ އެކަމަނާ ސަލާމަތްކޮށްދެއްވީ ކިހިނެތް؟
އިސްމާޢީލުގެފާނުގެ ފައިންޕުޅު ދަށުން ފެންއާރެއް ފާޅުކުރައްވައިގެން
33)
އިސްމާޢީލުގެފާނުގެ ފައިންޕުޅު ދަށުން ނިކުތް ފެންއާރަށް ކިޔަނީ ކޮންނަމެއް؟ ޒަމްޒަމް
ފެން
34) ޒަމްޒަމް ފެންއާރު
ފާޅުވުމުން އެރަށަށް ވެގެންދިޔައީ ކިހިނެތް؟ އެރަށް އާބާދުވެ އެތައް
ޤަބީލާތަކެއްގެ ބަޔަކު އެތަނުގައި ވަޒަންވެރިވިއެވެ.
35) ހާޖަރުގެފާނު
އަވަހާރަވީ ކޮންތަނެއްގައިހެއްޔެވެ؟ މައްކާގައެވެ.
No comments:
Post a Comment