އިސްލާމް/ރިވިޝަން
ޕޭޕަރު/ ޔުނިޓު1/ ފުރަތަމަ ޓާރމް 2013
ނޯޓު: ޔުނިޓު ޓެސްޓު
1 ގައި ހަމައެކަނި މިސުވާލުތަކުގެ ތެރެއިން ނާންނާނެއެވެ. މީގެ އިތުރުން ފޮތްވެސް
ކިޔާންވާނެއެވެ. އަދި މިތަނުގައި ވާ އެއްވެސް ސުވާލެއް މިތަނުގައި ވާ ގޮތަކަށް
ޓެސްޓަކު ނާންނާނެއެވެ.
1) ކައުޘަރު
ސޫރަތުގައި ބަޔާންކުރައްވާފައިވާ ގޮތުން ރަސޫލާއަށް ދެއްވާނެ ނިޢުމަތަކީ
ކޮބައިހެއްޔެވެ؟
ޖ: "ކައުޘަރު"
އޭ ކިޔުނު ފެން އާރެކެވެ.
2) ރަސޫލާއަށް
ބޮޑުވެގެންވާ ނިޢުމަތެއް ދެއްވުމަށްފަހު އޭގެ ބަދަލުގައި އެކަލޭގެފާނަށް ﷲ
އަމުރުކުރެއްވީ ކޮންކަމަކަށް ހެއްޔެވެ؟
ޖ: އެކަލާނގެ އަށް
ނަމާދު ކުރެއްވުމަށާއި ޤުރުބާން ކުރެއްވުމަށެވެ.
3) ކައުޘަރު
ސޫރަތުގައިވާ ގޮތުން ރަސޫލާއާ ޢަދާވާތްތެރިވާ މީހާއަށް ހުރީ ކޮން ގޮތެއް ހެއްޔެވެ؟
ޖ: އޭނާ ވަނީ ހުރިހާ
ހެޔޮކަމަކުން ކެނޑިގެންނެވެ.
4) ((إِنَّا أَعْطَينَاكَ الْكَوْثَر)) މާނައަކީ:
[ހަމަކަށަވަރުން ތިމަން ﷲ ކަލޭގެފާނަށް ސުވަރުގޭގައި ކައުޘަރޭ ކިޔުނު އާރެއް
ދެއްވީމެވެ] މިއާޔަތުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟
ޖ: ކީރިތި ރަސޫލާ ގެ
މާތްކަމާއި މަތިވެރިކަމެވެ.
5) ((فَصَلِّ
لِرَبِّكَ وَانْحَرْ)) މާނައީ: [ފަހެ ކަލޭގެފާނުގެ ވެރިއިލާހަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ޤުރުބާން
ކުރައްވާށެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އަޅުކަން
ކުރަންވާނީ ހަމައެކަނި ﷲ އަށް ކަމެވެ. / ޢީދު ދުވަހުގައި ޢީދުނަމާދު ކޮށް ޤުރުބާން
ކުރަންޖެހޭ ކަމެވެ.
6) ((إِنَّ
شَانِئَكَ هُوَ الْأَبْتَرُ)) މާނައީ: [ހަމަކަށަވަރުން ކަލޭގެފާނު ކޯފާއިސްކުރައްވާމީހާ،
އެއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ] މިއާޔަތުން ދޭހަވަނީ ކޮންކަމެއް
ހެއްޔެވެ؟
ޖ: ރަސޫލާ ކޯފާވާ
ފަދަ ކަންކަން ކޮށްގެން ނުވާނެކަމެވެ.
7) އިދްޣާމް
ބެހިގެންވާ ބައިތަކަކީ ކޮބައިހެއްޔެވެ؟ އަދި އިދްޣާމްގެ އަކުރުތަކަކީ
ކޮބައިހެއްޔެވެ؟
ޖ: ކާމިލް އިދްޣާމް
އަދި ނާޤިޞް އިދްޣާމެވެ. އިދްޣާމްގެ އަކުރުތަކަކީ: ر ل ي ن م و
8) ކާމިލް އިދްޣާމް
ގެ އަކުރުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ އަދާކުރާނީ ކިހިނެއް ހެއްޔެވެ؟
ޖ: ކާމިލް
އިދްޣާމްގެ އަކުރުތަކަކީ: ر ل މިއެވެ. ކާމިލް އިދްޣާމް
އަދާކުރާނީ ޣުންނަ ނުކޮށް ފުރިހަމައަށް ދެއަކުރު އެއްކޮށްލައިގެންނެވެ.
9) ނާޤިޞް އިދްޣާމް
ގެ އަކުރުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ އަދާކުރާނީ ކިހިނެއް ހެއްޔެވެ؟
ޖ: ނާޤިޞް
އިދްޣާމްގެ އަކުރުތަކަކީ: ي ن م و މިއެވެ. ނާޤިޞް އިދްޣާމް
އަދާކުރާނީ ޣުންނަ ކޮށްގެންނެވެ.
10) އިދްޣާމް ކުރަނީ
އިދްޣާމްގެ އަކުރެއްގެ ކުރިއަށް ކޮންއެއްޗެއް އައުމުން ހެއްޔެވެ؟
ޖ: ނޫނު ސުކުނެއް
ނުވަތަ ތަންވީނެއް އައުމުންނެވެ.
11) صِنْوَان މިތަނުގައި ނޫނު
ސުކުނުގެ ފަހަތަށް އިދްޣާމްގެ އަކުރެއް އައުމާއެކުވެސް އިދްޣާމް ނުކުރަނީ
ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ ނޫނު
ސުކުނާއި އިދްޣާމްގެ އަކުރު އައިސްފައިވަނީ އެއް ކަލިމައެއްގައެވެ.
12) ޣައިބަށް އީމާންވުމަކީ
ކޮބައިހެއްޔެވެ؟
ޖ: ޣައިބުގައި
ހިމެނޭ ކަންކަމުގެ ގޮތުގައި އިސްލާމްދީން އަންގަވާފައިވާ ކަންތައްތަކެވެ.
13) މަޚްލޫޤުންގެ
ނިސްބަތުގައި ޢާލަމް ބެހިގެންވަނީ ކޮން ދެ ބަޔަކަށް ހެއްޔެވެ؟
ޖ: ޙިއްސުތަކަށް
އެނގޭ މާއްދީ ދުނިޔެ އާއި ޙިއްސުތަކަށް ނޭނގޭ ރޫޙާނީ ދުނިޔެއެވެ.
14) ﷲ
ވަޙީކުރައްވާފައިވެއެވެ: ((عَالِمُ
الْغَيْبِ وَالشَّهَادَةِ)) މާނައީ: [އެކަލާނގެ
އީ ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ] މިއާޔަތުން
ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: މިއާޔަތުން
ދޭހަވަނީ؛ އަހަރުމެންނަށް ފެންނަ ޙިއްސުތަކަށް އެނގޭ ދުނިޔެއަކާއި ނުފެންނަ
ޙިއްސުތަކަށް ނޭނގޭ ދުނިޔެއެއް ވާކަމެވެ.
15) [ޣައިބުގައިވާ
ބައެއް ކަންކަން ﷲ ގެ މިންވަރުފުޅާއެކު އަހަރުމެންނަށް އެނގިދާނެއެވެ.]
އަހަރުމެންނަށް އެކަންކަން އެނގޭ ހަމައެކަނި ގޮތަކީ ކޮބައިހެއްޔެވެ؟ އެގޮތުން
އެނގިފައިވާ ބައެއް ކަންކަން ނޯޓުކުރާށެވެ؟
ޖ: ޣައިބުގައިވާ
ކަންކަން އަހަރުމެންނަށް އެނގޭ ހަމައެކަނި ގޮތަކީ ﷲ ގެ ވަޙީބަސްފުޅެވެ. އެގޮތުން
މަލާއިކަތުން ވާކަމާއި ސުވަރުގެ އާއި ނަރަކަ ވާކަން އަހަރުމެންނަށް އެނގެއެވެ.
16) [ބައެއް ކަހަލަ
ތަކެއްޗަކީ އަހަރުމެންގެ ލޮލަށް ނުފެންނަ ތަކެއްޗެވެ. އޭގެ ތެރޭގައި ކަރަންޓު،
ގްރެވިޓީފޯސް، ރޭޑިޔޯ ވޭވްސް އަދި ދަގަތްފާނު ބާރުފަދަ ތަކެތި ހިމެނެއެވެ.
މިތަކެއްޗަކީ ވާތަކެތި ކަމަށް ހެކި ލިބޭތީ އެންމެންވެސް މިކަންކަން ނުފެނުނު
ކަމުގައި ވިޔަސް ޤަބޫލުކުރެއެވެ.] މި ޢިބާރާތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: މިޢިބާރާތުން
ދޭހަވަނީ ނުފެންނަ އެތައްކަމެއް ޤަބޫލުކުރާކަމެވެ. ވީމާ ޣައިބަށް އީމާންވުމަކީ
ބުއްދީގެ ގޮތުން ބެލިއަސް ގަބޫލުކުރެވޭ ކަމެއް ކަމެވެ.
17) ގްރެވިޓީފޯސް
ސައުންޑް ވޭވްސް ކަހަލަ ތަކެއްޗަކީ އެތަކެތި ވާކަމަށް ހެކިލިބުމާއި އެކު
ޤަބޫލުކުރާ ތަކެއްޗެވެ. އެގޮތުން ﷲ ވޮޑިގެންވާ ކަމަށް އަހަރުމެންނަށް ޤަބޫލުކޮށްދޭ
ހެއްކަކީ ކޮބައިހެއްޔެވެ؟
ޖ: މިދުނިޔެއާއި
މިދުނިޔޭގައިވާ އަޖައިބެއްފަދަ މޮޅަށް އުފައްދަވާފައިވާ މަޚްލޫޤުންތަކާއި
އުޑުތަކާއި އިރާއި ހަނދު ފަދަ ތަކެއްޗެވެ.
18) މަދު ލޭކޮޅާއި
މަދު ދޮސްކޮޅަކީ ނަޖިހަކަށް ވާނެ ހެއްޔެވެ؟ ނަމާދުކުރުމުގެ ކުރިން ގައިގައި ހުންނަ
މަދު ދޮސްކޮޅަށް ހަދަންޖެހޭނީ ކިހިނެއްހެއްޔެވެ؟
ޖ: މަދު ލޭކޮޅަކީ
އަދި މަދު ދޮސްކޮޅަކީވެސް ނަޖިހެވެ. ގައިގާ ހުންނަ މަދު ދޮސްކޮޅު ނަމާދުކުރުމުގެ
ކުރިން ދޮންނާކަށް ނުޖެހޭނެއެވެ. އެއީ ޢަފޫވަނިވި ނަޖިހެކެވެ. ވީމާ އެހުރިގޮތަށް
ބެހެއްޓިޔަސް ރަނގަޅުވާނެއެވެ.
19) ކުރަފި ހޯނުފަދަ
އެއްޗެތީގެ ލޭ ޢަފޫވަނިވި ނަޖިހަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ
އެތަކެއްޗަކީ ލޯ އޮހޮރިގެން ދާ އެއްޗެއްސަށް ނުވާތީއެވެ.
20) ހިރަފުހާ
އެކުވެފައިވާ ނަޖިހަކީ ޢަފޫވަނިވި ނަޖިހަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ އެތަކެއްޗަކީ
އެއިން ރައްކާތެރިވުން އުނދަގޫ ތަކެއްޗަށް ވާތީއެވެ.
21) ޖަނަވާރުގެ
ނަޖިސް ކެހެރީގެ އެތިއެތިކޮޅަކީ ޢަފޫވަނިވި ނަޖިހެކެވެ. އޭގެ ތެރެއިން ދެ
ޖަނަވާރެއްގެ ނަޖިސްކެހެރި ޢަފޫވަނިވި ނަޖިހަކަށް ނުވެއެވެ. އެއީ ކޮން ދެ
ޖަނަވާރެއް ހެއްޔެވެ؟
ޖ: އެއީ ބަޅު
(ކުއްތާ) އަދި އޫރެވެ.
22) ޚުއްފަކީ
ކޮބައިހެއްޔެވެ؟ އަހަރުމެން ޚުއްފެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެއް ބުނެދޭށެވެ؟
ޖ: ޚުއްފަކީ
ތަނބިކަށި ފޮރުވޭވަރުގެ ފަޔަށް ލައްވާ އުރައެކެވެ. އެގޮތުން އިސްޓާކީނަކީ
އަހަރުމެން ޚުއްފެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.
23) ޚުއްފުގައި ފެން
ފުހުމަކީ ކޮބައިހެއްޔެވެ؟
ޖ: ޚުއްފުގައި
ފެންފުހުމަކީ ތެތް އަތުން ޚުއްފުގެ މަތީފަރާތުގައި އަތް ކާއްތާލުމެވެ.
24) ޚުއްފުގައި ފެން
ފުހުމަކީ ކޮން ކަމެއްގެ ބަދަލުގައި ކުރާ ކަމެއް ހެއްޔެވެ؟
ޖ: އެއީ
ވުޟޫކުރާއިރު ތަނބިކަށްޓާއި ހަމައަށް ދޮވުމުގެ ބަދަލުގައި ކުރާ ކަމެކެވެ.
25) ޚުއްފުގައި ފެން
ފުހެވޭނީ ކޮން ޝަރުތެއް ހަމަވެގެން ހެއްޔެވެ؟
ޖ: އެ ޝަރުތަކީ:
ޚުއްފަށް އަރާފައި ހުންނަން ޖެހޭނީ ފުރިހަމަ ޠަހާރަތެއްގެ މަތީގައި ހުރެގެންނެވެ.
(ފައިދޮވެގެން ވުޟޫކޮށް ވުޟޫ ނުގެއްލެނީހެވެ)
26)
އިސްލާމްދީނުގައި ޚުއްފުގައި ފެން ފުހެވޭ ގޮތަށް އޮތުމުން، އެކަމުން ދޭހަވަނީ
ކޮންކަމެއް ހެއްޔެވެ؟
ޖ: އިސްލާމްދީނުގައި
ލުއިފަސޭހަ ކަންކަން އައިސްފައިވާ ކަމެވެ. (އިސްލާމްދީނަކީ ލުއިފަސޭހަ
ދީނެއްކަމެވެ)
27) ޚުއްފުގައި ފެން
ފުހުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ
އަހަރުމެންނަށް ހުއްދަ ކުރައްވާފައިވާ ކަމެކެވެ.
28) ޚުއްފުގައި ފެން
ފުހުން ބާތިލް ވާނީ ކިހިނެއްވީމާ ހެއްޔެވެ؟
ޖ: އިސްޓާކީނު
ބޭލީމައެވެ.
29) ރަށުގައި
ހުންނަމީހާއަށް ޚުއްފުގައި ފެން ފުހެވޭނީ ކިހާ މުއްދަތަކަށް ހެއްޔެވެ؟
ޖ: އެއްރެއާއި
އެއްދުވާލެވެ.
30)
ދަތުރުވެރިޔާއަށް ޚުއްފުގައި ފެން ފުހެވޭނީ ކިހާ މުއްދަތަކަށް ހެއްޔެވެ؟
ޖ: ތިން ރެއާއި ތިން
ދުވާލެވެ.
31) ތަޤްވާ ގެ
މާނައަކީ ކޮބައިހެއްޔެވެ؟
ޖ: ބިރުވެރިވެ
ރައްކާތެރިވުމެވެ.
32) ދީނީގޮތުން
ތަޤްވާވެރިވުމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ﷲ އެންގެވި
ކަންކަން ކޮށް ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.
33) ތަޤްވާވެރިމީހާ
ގެ އުޅުން ހުންނާނެ ގޮތް ބުނެދީ، އަދި އެފަދަ މީހަކު ކުރާނެ 4 ކަމަކާއި
ދުރުހެލިވާނެ 4 ކަމެއް ލިޔެ ކުޑަ ޕެރެގްރާފެއް ލިޔާށެވެ؟
ޖ: ތަޤްވާވެރި މީހާ
އަބަދުވެސް އުޅޭނީ ﷲ ލޯބިވާގޮތަށެވެ. އެފަދަ މީހަކު ކުރާނެ ކަންކަމުގެ ތެރޭގައި:
ފަސްވަގުތު ނަމާދުކުރުން، ޞަދަޤާތް ދިނުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުން،
ތެދުބަހުން ވާހަކަދެއްކުން، ހިމެނެއެވެ. އަދި އެފަދަ މީހަކު ނުކުރާނެ ކަންކަމުގެ
ތެރޭގައި: ވައްކަން ކުރުން، ދޮގުހެދުން، ރާ ބުއިން، ތަޅާފޮޅުން، ހިމެނެއެވެ.
34) ތަޤްވާވެރިމީހާ
އަށް ލިބޭ ފައިދާތަކުގެ ތެރެއިން 3 ފައިދާއެއް ބުނެދޭށެވެ؟
ޖ:
ތަޤްވާވެރިމީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި: ޤިޔާމަތްދުވަހުގެ ޢަޛާބުން
މިންޖުވުން، އަމިއްލައަށް ހިތްހަމަޖެހުން ލިބުން، އަދި މީސްތަކުންގެ ލޯބި ލިބުން
ހިމެނެއެވެ.
35)
ތަޤްވާވެރިވުމާއިމެދު ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ލިޔާށެވެ؟
ޖ: ﷲ
ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ: [އޭ އީމާންވީ މީހުންނޭވެ! ތަޤްވާވެރިވުން
ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި
މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުނުވާށެވެ.]
No comments:
Post a Comment