ގްރޭޑް 8 އަށް ދެވުނު ޔުނިޓު 1 ގެ ރިވިޝަން
ގެ ސުވާލުތައް ޖަވާބުތަކާއި އެއްކޮށް:
1) އަންނަނިވި އާޔަތާއި އޭގެ މާނަ
ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ﷲ ވަޙީކުރައްވާފައިވެއެވެ: ((وَقَالَ
الَّذِينَ كَفَرُوا لَوْلاَ نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً
كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً)) މާނައި: [ކާފިރުވީ މީހުން ބުންޏެވެ. އެކަލޭގެފާނު
މައްޗަށް އެއްފަހަރާ ޤުރުއާން ބާވާނުލެއްވުނީ ކީއްވެގެން ހެއްޔެވެ؟ އެފަދައިން
(އެބަހީ ތިމަން ރަސްކަލާނގެ ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ) އެއީ
ތިމަން ރަސްކަލާނގެ އެއިން، ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން
ދެއްވުމަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ އެޤުރުއާން ލަސްލަހުން ކިޔަވައި
ދެއްވުމަކުން ކިޔަވައި ދެއްވީމެވެ]
(ހ) ތިރީގައި ރޮގު ދަމާފައިވާ ބައިން
ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟
ޖ: އެއިން ދޭހަވަނީ އެކަލޭގެފާނުގެ
މައްޗަށް ޤުރުއާން ބާވާލެއްވުނީ ބައިބަޔަށް ކަމެވެ.
(ށ) [އެއީ ތިމަން ރަސްކަލާނގެ އެއިން
ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ] އެކަލޭގެފާނަށް
އެސާބިތުކަން ލިބިވަޑައިގެންނެވި 2 ގޮތެއް ބުނެދޭށެވެ؟
ޖ: 1)
މުޝްރިކުންގެ އުނދަގޫތަކުގެ ކުރިމަތީގައި އެކަލޭގެފާނަށް ކެތްތެރިކަމާއި
ޘާބިތުކަން ލިބިވަޑައިގެންނެވުން.
2)
ވަޙީ ލިބިވަޑައިގަތުމުގައި ފަސޭހަފުޅުވުން
/
3) ޤުރުއާން ހިތުދަސް ކުރައްވަން ފަސޭހަފުޅުވުން
(ނ) ކީރިތި ޤުރުއާން ކިޔެވުމާއި
ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ބޭނުން ހިފިދާނެ ކޮންމެވެސް ތިން ގޮތެއް
މިއާޔަތުގެ އަލީގައި ލިޔާށެވެ!
ޖ: 1)
ޤުރުއާނުގެ ބައިބައި ވަކިވަކީން ކިޔެވުން
2)
ހިތުދަސްކުރުން
3)
ލަސްލަހުން ކިޔެވުން / ތަރުތީލުކޮށް ކިޔެވުން
/
4) ތަޖްވީދުމަގުން ކިޔެވުން
/
5) ޤުރުއާނުގައިވާ ޙުކުމްތަކަށް ޢަމަލުކުރުން
/
6) ޤުރުއާނުގެ ޢިލްމު އުގަންނައި ދިނުން
2) ﷲ ވަޙީކުރައްވާފައިވެއެވެ:((إِنَّا
أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ))
(ހ) މިއާޔަތުގެ މާނަ ލިޔާށެވެ؟
ޖ: [ހަމަކަށަވަރުން ތިމަންއިލާހު
އެޤުރުއާން ބާވާލައްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ.]
(ށ) މިއީ ކޮން ބާވާލެއްވުމެއްގެ
ވާހަކަ ހެއްޔެވެ؟ ތަފްޞީލްކޮށް ބުނެދޭށެވެ؟
ޖ: މިއީ ފުރަތަމަ ބާވާލެއްވުމުގެ
ވާހަކައެވެ. އެބާވާލެއްވުމަކީ ލައުޙުލްމަޙްފޫޒުން ބައިތުލްޢިއްޒާއަށް ޤުރުއާން
އެކީއެކައްޗަކަށް ބާވާލެއްވުމެވެ.
(ނ) މިބާވާލެއްވުމާއި ދެވަނަ
ބާވާލެއްވުމާއި ހުރި 2 ތަފާތެއް ލިޔާށެވެ؟
ޖ: 1) މިބާވާލެއްވުނީ އެއްފަހަރާއެވެ.
ދެވަނަ ބާވާލެއްވުން ބާވާލެއްވުނީ ވަކިވަކީން ބައިބަޔަށެވެ. (23 އަހަރުންނެވެ).
2) ފުރަތަމަ ބާވާލެއްވުން
ބާވާލެއްވުނީ މަލާއިކަތް ބޭކަލުންނަށެވެ. ދެވަނަ ބާވާލެއްވުން ބާވާލެއްވުނީ
މުޙައްމަދުގެފާނަށެވެ.
/ މިބާވާލެއްވުން ބާވާލެއްވުނީ ލައުޙުލްމަޙްފޫޒުން
ބައިތުލްޢިއްޒާ އަށެވެ. ދެވަނަ ބާވާލެއްވުން ބާވާލެއްވުނީ ބައިތުލްޢިއްޒާއިން
ބިމަށެވެ.
(ރ) "ލައުޙުލްމަޙްފޫޒް] އަދި
[ބައިތުލްޢިއްޒާ] މިދެބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟
ޖ: ލައުޙުލްމަޙްފޫޒް:
ހުރިހާ ކަމަކާއި ހުރިހާ އެއްޗެއް ﷲ މިންވަރުކުރައްވާ ލިޔުއްވާފައިވާ ފިލާ
ބައިތުލްޢިއްޒާ:
އެއީ ދުނިޔޭގެ އުޑުގައި (1 ވަނަ އުޑުގައި) ހުންނަ ގެފުޅެވެ.
3) "ސޫރަތުލް ބައްޔިނާ އަކީ މަދަނިއްޔަ
ސޫރަތެކެވެ." އަންނަނިވި ސުވާލުތަކަށް ޖަވާބުލިޔާށެވެ:
(ހ) "ބައްޔިނާ" ގެ
މާނައަކީ ފާޅުވެގެންވާ ހެކިތަކެވެ. އެފާޅުވެގެންވާ ހެތްކަކީ ކޮބައިހެއްޔެވެ؟
ޖ: އެފާޅުވެގެންވާ ހެއްކަކީ ރަސޫލާ
އާއި ޤުރުއާނެވެ.
(ށ) ބައްޔިނާ ސޫރަތުގައި ވެއެވެ: ((وَمَا
تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلاَّ مِن بَعْدِ مَا جَآءَتْهُمُ
الْبَيِّنَةُ)) މާނައީ: [ފާޅުވެގެންވާ ދަލީލު
އެބައިމީހުންގެ ގާތަށް އައުމަށްފަހުގައި މެނުވީ ފޮތް ލިބިގެންވާމީހުން
ބައިބައިވެގެން ނުދެއެވެ.] ތިރީގައި ރޮގުދަމާފައިވާ ބައިތަކުގެ މާނަލިޔާށެވެ؟
ޖ: ފާޅުވެގެންވާ
ދަލީލު: ރަސޫލުބޭކަލުންނާއި ނަބީބޭކަލުން
ފޮތް
ލިބިގެންވާމީހުން: ޔަހޫދީންނާއި ނަޞާރާއިން ނެވެ.
(ނ) ބައްޔިނާ ސޫރަތުގެ 5ވަނަ އާޔަތް
ނިމޭއިރު އޮވެއެވެ: [އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.] މިއާޔަތުގައި ސީދާވެގެންވާ
ދީނަކީ ކޮބައިކަން ސިފަކޮށްދެއްވާފައިވަނީ ކިހިނެއް ހެއްޔެވެ؟
ޖ: ﷲ އެކަނި އަޅުކަން ކުރުމާއި،
ނަމާދުކުރުމާއި އަދި ޒަކާތް ދިނުމެވެ.
(ރ) މިސޫރަތުގައި، ޙައްޤުގޮތް
އައުމަށްފަހުވެސް އެއަށް ކާފަރުވިމީހުންނަށް ހުރި ޢަޛާބު ބަޔާންކުރައްވާފައިވަނީ
ކިހިނެތްހެއްޔެވެ؟
ޖ: ނަރަކައަށް ވެއްދެވޭނެ ވާހަކައާއި
އެތަނުގައި ދެމިތިބޭނެ ކަމެވެ.
(ބ) މިސޫރަތުގައި އީމާންވި
މީހުންނަށް ޤިޔާމަތްދުވަހުން ލިބިގެންވާ ނިޢުމަތްތަކުގެ ތެރެއިން ދެއެއްޗެއް
ބުނެދޭށެވެ؟
ޖ: ސުވަރުގެއާއި ، އެތަނުގައި
އަބަދަށް ދެމި ތިބޭނެކަމެވެ. / ﷲ ގެ ރުއްސެވުން ލިބޭނެކަމެވެ.
(ޅ) މަދަނީ ސޫރަތު ގެ މާނަ
ބަޔާންކުރާށެވެ؟ ބައްޔިނާ ސޫރަތަކީ މަދަނިއްޔަ ސޫރަތެކޭ ބުނުމުން އެކަމުން ދޭހަވާ 2
ކަމެއް ލިޔާށެވެ؟
ޖ: އެއީ
ހިޖުރައިގެ ފަހުން ބާވާލެއްވުނު ކޮންމެ ސޫރަތެކެވެ.
ބައްޔިނާ
ސޫރަތަކީ މަދަނިއްޔަ ސޫރަތެކޭ ބުނުމުން އެކަމުން ދޭހަވަނީ؛ 1) އެސޫރަތް
ބާވާލެއްވުނީ ހިޖުރައިގެ ކުރިން ކަމެވެ.
2)
އެސޫރަތް ބާވާލެއްވުނީ މަދީނާގައި ކަމެވެ.
(ކ) މައްކީ ސޫރަތަކީ ކޮބަައި
ހެއްޔެވެ؟ އަދި އޭގެ ސޫރަތް ދެނެގަންނާނެ 3 ގޮތެއް ލިޔާށެވެ؟
ޖ: މައްކީ
ސޫރަތަކީ ހިޖުރައިގެ ކުރިން ބާވާލެއްވުނު ކޮންމެ ސޫރަތެކެވެ.
މައްކީ
ސޫރަތް ދެނެގަންނާނެ ގޮތްތަކަކީ: 1) ހިޖުރައިގެ ކުރިން ބާވާލެއްވުނު ކޮންމެ
ސޫރަތެއް
2)
މައްކާ އާއި މައްކާ ކައިރި ރަށެއްގައި ބާވާލެއްވުނު ކޮންމެ ސޫރަތެއް
3)
ސަޖިދަވަޅެއް އެއިސްފައިވާ ކޮންމެ ސޫރަތެއް
/
4) ނަބީބޭކަލުންނާއި އިސްވެދިޔަ އުންމަތްތަކުގެ ވާހަކަ އައިސްފައިވާ ކޮންމެ
ސޫރަތެއް (ބަޤަރާސޫރަތް ފިޔަވާ)
/
5) މިލަފްޒު އައިސްފައިވާ ކޮންމެ ސޫރަތެއް
/
6) މިހެން އޮވެފައި މިފަދައިން ނޯންނަ ކޮންމެ ސޫރަތެއް (ޙައްޖު
ސޫރަތް ފިޔަވާ)
/
7) އާދަމްގެފާނާއި އިބިލީހުގެ ވާހަކަ އައިސްފައިވާ ކޮންމެ ސޫރަތެއް (ބަޤަރާސޫރަތް
ފިޔަވާ)
(އ) މައްކީ ސޫރަތާއި މަދަނީ
ސޫރަތްތައް ދެނެގަތުމުގެ 2 ފައިދާއެއް ބުނެދޭށެވެ؟
ޖ: 1)
ދީނަށް ގޮވާލުމުގައި ކީރިތި ޤުރުއާނުގެ އުސްލޫބު (ގޮތް) ބޭނުންކުރުން
2)
ޤުރުއާން ތަރުޖަމާ ކުރުމަށާއި ތަފްސީރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު
ލިބުން
No comments:
Post a Comment