ސ(1) ތިރީގައިވާ އާޔަތްތަކާ އޭގެ މާނަތަކާ
ގުޅުވާށެވެ:
އާޔަތް
|
|
މާނަ
|
وَالْعَصْرِ
|
|
ޒަމާން ގަންދެއްވަމެވެ.
|
إِنَّ الإِنسَانَ لَفِي خُسْرٍ
|
|
ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައެވެ.
|
إِلاَّ الَّذِينَ آمَنُوا
وَعَمِلُوا الصَّالِحَاتِ
|
|
އީމާންވެ ހެޔޮޢަމަލުކުރި މީހުން ފިޔަވައެވެ.
|
وَتَوَاصَوا بِالْحَقِّ وَتَوَاصَوا
بِالصَّبْرِ
|
|
އަދި އެކަކުއަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންނެވެ.
|
ސ(2) "މައްދު ބެހިގެންވަނީ ދެބަޔަކަށެވެ.
އެއީ އަޞްލީ މައްދު އަދި ފަރުޢީ މައްދު އެވެ."
(ހ) އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ:
1- މައްދުގެ ފަހަތަށް ސަބަބެއް މެދުވެރިވަނީ ކޮންވައްތަރެއްގެ
މައްދެއްގަހެއްޔެވެ؟
ޖ: ފަރުޢީ މައްދު
2- މައްދުގެ ފަހަތަށް ސަބަބެއް މެދުވެރި ނުވަނީ
ކޮންވައްތަރެއްގެ މައްދެއްގަހެއްޔެވެ؟
ޖ: އަޞްލީ މައްދު
3- ވާޖިބުމައްދާ ޖާއިޒުމައްދަކީ
ކޮންވައްތަރެއްގެ ދެމައްދުހެއްޔެވެ؟ އަދި މިދެވައްތަރުގެ މައްދު ކިޔުމުގައި
ހުރިތަފާތު ބުނެދޭށެވެ؟
ޖ: އެއީ ފަރުޢީ ދެމައްދު. ވާޖިބު މައްދު ދިގުކޮށް
ދެމުން ވާޖިބުވާނެ. އަދި ޖާއިޒު މައްދު ކުރުކޮށްވެސް އަދި ދިގުކޮށްވެސް ދެމޭނެ
ސ(3)އަންނަނިވި
ސުވާލުތަކަށް ޖަވާބު ލިޔާށެވެ!
ހ- ޢަޤީދާ އާއި އިސްލާމީ ޢަޤީދާގެ ތަފާތަކީ
ކޮބައިހެއްޔެވެ؟
ޖ: ޢަޤީދާ އަކީ ހިތުގައި ޝައްކެއްނެތި
ޤަބޫލުކުރާގޮތެވެ. އިސްލާމީ ޢަޤީދާއަކީ ދީނީގޮތުން ކޮންމެހެން ހިތުންތެދުކޮށް
ޤަބޫލުކުރަންޖެހޭ ކަންކަން (އީމާންކަމުގެ ރުކުންތައް) ޝައްކެއްނެތި
ޤަބޫލުކުރުމެވެ.
ށ- އީމާންކަމަކީ ކޮބައިހެއްޔެވ؟
ޖ: އީމާންކަމަކީ ހިތުންތެދުކޮށް ޢަމަލުން އެކަން
ދެއްކުމެވެ.
ނ- އަންނަނިވި ޙާދިޘާ ކިޔުމަށްފަހު
ސުވާލުތަކަށް ޖަވާބު ދޭށެވެ!
ﷲ އަށް އީމާންވެވޭނެ ދެގޮތެއް ވެއެވެ.
އެއްގޮަތަކީ ބުއްދީގެ ގޮތުންނެވެ. އެކަމަކު ރިޗަޑް(Richard) އަކީ ފަޟާގެ ޢިލްމާމެދު
ވިސްނާފިކުރު ކުރާ ވިސްނުންތޫނު ސައިންޓިސްޓެކެވެ. އެކަމަކު އޭނާ ﷲ އަށް
އީމާންވުމަށް ދެކޮޅު ހަދައެވެ.
1) ރިޗަޑް އަށް ބުއްދީގެ ގޮތުން އީމާން ނުވެވުނު
ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: އަމިއްލަ އެދުމާއި ކިބުރުވެރިކަމުގެ
ސަބަބުންނެވެ.
2) ﷲ އަށް އީމާންވެވޭނެ ދެވަނަ ގޮތަކީ
ކޮބައިހެއްޔެވެ؟
ޖ: ދީނީ ހެކިތަކުންނެވެ. (މިސާލަކަށް
ޤުރުއާނުންނެވެ)
ސ(4) ހ- އަންނަނިވި ސުވާލުތަކަށް ޖަވާބު
ލިޔާށެވެ!
1) ހިނެއުމަކީ ކޮބައިހެއްޔެވެ؟ އަދި އެކަމުގެ 2
ފައިދާއެއް ލިޔާށެވެ؟
ޖ:ހިނެއުމަކީ ޚާއްޞަ ނިޔަތަކާއިއެކު މުޅި
ހަށިގަނޑުގައި ފެން ޖައްސާ ފެންވެރުމެވެ. 2ފައިދާ: ބަލިތަކުން ރައްކާތެރިކޮށްދޭ،
ހަށިގަނޑަށް ހީވާގިކަން ގެނެސްދޭ.
2) ހިނެއުން ވާޖިބުވާ 4 ކަންތައް ބަޔާންކޮށްދޭށެވެ!
ޖ: މަނިބޭރުވުން، ޙައިޟުނިފާސްކަމުން ތާހިރުވުން،
ޖިމާޢުވުން، މަރުވުން
ށ- އަންނަނިވި ކަންކަމުގެ ތެރެއިން ހިނެއުމުގެ
ފަރުޟެއްނަމަ (ފ)، އަދި ޝަރުތެއްނަމަ (ށ) ، އަދި ސުންނަތެއްނަމަ (ސ)،
ކުރިމަތީގައިވާ ގޮޅީގައި ލިޔާށެވެ!
1)ފެށުމުގެކުރިން ބިސްމިކިޔުން:ސ 2)މުސްލިމަކުކަމުގައިވުން:ށ 3)ނިޔަތްގަތުން:ފ 4)ނަޖިސްފިލުވުން:ފ
5)ފެންނުޖެހޭ އެއްޗެއް ވާނަމަ ހަށިގަނޑުން އެ
ފިލުވާލުން:ށ 6)މުޅިގައިގައި އަތް
ހިންގުން:ސ
7)ހިނައިގަތުމުގެ ކުރީގައި ވުޟޫކުރުން:ސ 8)ތިންފަހަރުދޮވުން:ސ 9)މުޅިހަށިގަނޑުގައި ފެންޖެއްސުން:ފ
10)މުވާލާތުކުރުން:ސ 11)ހިނެއުމަކީ ފަރުޟެއްކަންދެތުން:ށ 12)ޠޯހިރުފެނުން ހިނައިގަތުން:ށ
ނ- ޖުނުބުވެރިޔާއާއި ޙައިޟުވެރިޔާއާއި
ނިފާސްވެރިޔާއަށް ޙަރާމް ތިން(3) ކަމެއް ބުނެދޭށެވެ!
ޖ: ނަމާދުކުރުން، ޠަވާފުކުރުން، މިސްކިތުގައި
މަޑުކުރުން
ސ(5) ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ!
ހ- ނަމާދު ޤަޞްރު ކުރުމަކީ ކޮަބައިހެއްޔެވެ؟
ޖ: ނަމާދު ޤަޞްރުކުރުމަކީ 4 ރަކްޢަތުގެ
ފަރުޟުނަމާދު 2 ރަކްޢަތައް ކުރުކޮށްލުމެވެ.
ށ- ނަމާދު ޖަމްޢުކުރުމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ މެންދުރާއި ޢަޞްރު ނުވަތަ މަޣްރިބާއި
ޢިޝާ އެއްކޮށްލައިގެން ކުރުމެވެ.
ނ- ނަމާދު ޤަޞްރުކުރެވޭނީ ކޮން ބަޔަކަށްހެއްޔެވެ؟
ޖ: ދަތުރުވެރީންނަށެވެ.
ރ- ނަމާދު އިސްކޮށް ޖަމްޢުކުރާނެގޮތުގެ މިސާލެއް
ބުނެދޭށެވެ؟
ޖ: މިސާލަކަށް: މަޣްރިބު ގަޑީގައި މަޣްރިބާއި
ޢިޝާ ނަމާދު އެއްކޮށްލައިގެން ކުރުމެވެ.
ބ- ނަމާދު ފަސްކޮށް ޖަމްޢުކުރާނެގޮތުގެ މިސާލެއް
ބުނެދޭށެވެ؟
ޖ: މިސާލަކަށް: ޢިޝާވަގުތުގައި މަޣްރިބާއި ޢިޝާ
ނަމާދު އެއްކޮށްލައިގެން ކުރުމެވެ.