Wednesday, March 13, 2013

Details of all works given before mid break - gr7

ގްރޭޑް 7 އަށް ލިޔާފޮތުގައި މިޑް ބްރޭކްގެ ކުރިން ދެވިފައިވާ ހުރިހާ މަސައްކަތެއްގެ ތަފްޞީލް:
މަސައްކަތް (1) : މައްދު {ސަފްޙާ: 15} {ދެވުނުމަސައްކަތަކީ: ފޮތުގައި ތަތްކުރެވިފައިވާ ގަނޑެއްގައި މައްދުގެ ބައިތައް ވަކިކުރުމެވެ}
މަސައްކަތް (2) : ޢަޤީދާ {ސަފްޙާ: 25} {ދެވުނުމަސައްކަތަކީ: ފޮތުގައިވާ ފަރިތަކުރުން1 ގެ 8 ވަނަ ސުވާލު ނޫން އެހެން ހުރިހާ ސުވާލެކެވެ.}
މަސައްކަތް (3) : ސޫރަތުލް ޢަޞްރުގެ އިޖްމާލީ މާނަ {ސަފްޙާ: 13} {ދެވުނުމަސައްކަތަކީ: ބޯޑުގައި ދެވުނު 2 ސުވާލު – މިހާރު މި 2 ސުވާލު ބްލޮގްގެ ޖެނުއަރީގެ ބައިގައި ފެންނަން އޮންނާނެއެވެ.}
މަސައްކަތް (4) : ހިނައިގަތުން {ސަފްޙާ: 42، 43، 44} {ދެވުނުމަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ 6 ވަނަ ސުވާލު ފިޔަވާ އެހެން ހުރިހާ ސުވާލެކެވެ.}
މަސައްކަތް (5) : ނަމާދު {ސަފްޙާ: 46، 47، 48} {ދެވުނުމަސައްކަތަކީ: ބޯޑުގައިސުވާލެއްދެވުނީ: އަމިއްލައަށް ކުރި ދަތުރެއްގެ ވާހަކަ ލިޔަން- އޭގައި ނަމާދު ޤަޞްރު ޖަމްޢުކޮށް ކުރި ގޮތް ބަޔާންކުރަން}
މަސައްކަތް (6) : ރަސޫލާއަރިހަށް ވަފުދުތައް އައުން {ސަފްޙާ: 82، 83} {ދެވުނުމަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ ހުރިހާ ސުވާލުތަކެއް}
މަސައްކަތް (7) : ޣީބަބުނުން {ސަފްޙާ: 106} {ދެވުނުމަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ ހުރިހާ ސުވާލުތަކެއް}
މަސައްކަތް (8) : ބޮޑާކަން {ސަފްޙާ: 108} {ދެވުނުމަސައްކަތަކީ: ފޮތުގައިވާ ފަރިތަކުރުން1 ގެ ހުރިހާ ސުވާލުތަކެއް}
މަސައްކަތް (9) : ތަކާޘުރު ސޫރަތުގެ އިޖްމާލީ މާނަ {ސަފްޙާ: 11} {ދެވުނުމަސައްކަތަކީ: ބޯޑުގައި ދެވުނު 3 ސުވާލު – މިހާރު މި 3 ސުވާލު ބްލޮގްގެ ފެބްރުއަރީ ބައިގައި ފެންނަން އޮންނާނެއެވެ.}
މަސައްކަތް (10) : ޙައްޖާއި ޢުމްރާގެ ރުކުންތަކާއި ވާޖިބުތައް {ސަފްޙާ: 61، 62} {ދެވުނުމަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ 1 ، 2 އަދި 3 ވަނަ ސުވާލު}
މަސައްކަތް (11) : ޙައްޖާއިޢުމްރާ އަދާކުރާހުރިހާ ގޮތެއް {ސަފްޙާ: 63، 64، 65، 66، 67} {ދެވުނުމަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ 4ވަނަސުވާލުން ފެށިގެން 11 ވަނަ ސުވާލާހަމައަށް ހުރިހާ ސުވާލެއް}
މަސައްކަތް (12) : ރަސޫލާ ސުވަރުގެ ވަޑައިގަތުން {ސަފްޙާ: 85} {ދެވުނުމަސައްކަތަކީ: ބޯޑުގައި ދެވުނު 4 ސުވާލު – މިހާރު ބްލޮގް ގެ މާޗް ގެ ބައިގައި އެބައި ފެންނަން އޮންނާނެ}


މަސައްކަތް (13) : ﷲ ގެ ސިފަފުޅުތައް {ސަފްޙާ: 27} {ދެވުނު މަސައްކަތަކީ: ފޮތުގެ ފަރިތަކުރުން1 ގެ ހުރިހާ ސުވާލެއް}


work 12- rasoola suvaruge vadaigathun - gr7

ގްރޭޑް7 / މަސައްކަތް (12)
1) އެކަލޭގެފާނު އަވަހާރަވީ ކޮން ތާރީޚެއްގައި ހެއްޔެވެ؟
2) އެކަލޭގެފާނު އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އިމާމު ނަމާދު ކުރެއްވީ ކޮންބޭކަލެއް؟ އަދި އެކަމުން ދޭހަވާ 2 ކަމެއް ލިޔާށެވެ؟
3) ރަސޫލާ ފަސްދާނު ލެވިފައިވަނީ ކޮންތަނަކު ހެއްޔެވެ؟
4) މުޙައްމަދުގެފާނު މިދުނިޔެ ދޫކުރެއްވުމުން ދޭހަވާ 2 ކަމެއް ލިޔާށެވެ؟


Friday, March 8, 2013

sara&hajar-quiz questions- Grade 6

ސާރާގެފާނާއި ހާޖަރުގެފާނު / މިއީ ކުލާޙުގައި ނެގޭ ކުއިޒެއްގައި އަންނާނެ ސުވާލުތަކެވެ
1) ސާރާގެފާނުގެ ބައްޕާފުޅަކީ ކާކު؟ ހާރާން
2) ސާރާގެފާނުގެ ފިރިކަލުންނަކީ ކޮންބޭކަލެއް؟ އިބްރާހީމްގެފާނު
3) އިބްރާހީމްގެފާނާއި ހާރާން އާއި އޮތް ތިމާގެ ކަމުގެ ގުޅުމަކީ ކޮބައިހެއްޔެވެ؟ ހާރާނަކީ އިބްރާހީމްގެފާނުގެ ބޮޑުބޭބެ
4) ސާރާ އިބްރާހީމްއާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ކޮން ދީނެއްގެ ބޭކަނބަލެއްހެއްޔެވެ؟ މުސްލިމެކެވެ.
5) ސާރާގެފާނު އިބްރާހީމްގެފާނާއި ފުރަތަމަ ހިޖުރަކުރެއްވީ ކޮންރަށަކަށް ހެއްޔެވެ؟ ހައްރާން އަށް
6) ސާރާގެފާނުގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެއް ބުނެދޭށެވެ؟ ރީތި، އަދި އަޚްލާޤު ރަނގަޅު ބޭކަނބަލެއް.
7) އެކަމަނާ ޙައްރާން ގައި އުޅުއްވުމަށްފަހު އެތަން ދޫކުރައްވާ ދެން ހިޖުރަކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ މިޞްރަށް
8) އެކަމަނާ އިބްރާހީމްގެފާނާއި އެކު ޙައްރާން ދޫކުރައްވާ މިޞްރަށް ހިޖުރަކުރެއްވީ ކީއްވެގެންހެއްޔެވެ؟ އެރަށަށް ކުރިމަތިވި ހަނަފަސްކަމާއި ތަދުމަޑުކަމުން ސަލާމަތްވުމަށެވެ.
9) ސާރާ މިޞްރަށް ހިޖުރަކުރެއްވި އިރު އެތަނުގެ ވެރިޔަކީ ކާކު؟ ފިރުޢައުނު
10) ފިރުޢައުނު ސާރާ އާ އެކަހެރިކޮށް ބައްދަލުކޮށް ސާރާ ހައްލާލުމަށް މަސައްކަތް ކުރީ ކޮންގޮތަކަށް؟ ފިރުޢައުނު މުއްސަދިކަމާއި ޖާހު ބޭނުންކޮށްގެން
11) ފިރުޢައުނު މިގޮތަށް ސާރާއާ އެކަހެރިކޮށް ބައްދަލުކުރުމުން އެކަމުން ދޭހަވަނީ ކޮންކަމެއް؟ ފިރުޢައުނު ގެ ނުބައިކަމެވެ.
12) ފިރުޢައުނުގެ ދަޢުވަތަށް ސާރާ ދިނީ ކޮން ޖަވާބެއް؟ ސާރާ އެދަޢުވަތު ރައްދުކުރެއްވީ
13) ފިރުޢައުނުގެ ނުބައި ދަޢުވަތު ސާރާ ރައްދުކުރެއްވުމުން އެކަމުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟ ސާރާގެ ޢިތްފަތްތެރިކަމުގެ އަގު ފައިސާއިން އަދާ ނުކުރެވޭނެ ކަން ހާމަކޮށްދެއްވިކަން / އެކަމަނާގެ ހިތްވަރުގަދަކަން / އެކަމަނާގެ މާތްކަމާއި ޚުލުޤު ރަނގަޅުކަން
14) އިބްރާހީމްގެފާނާ ސާރާއަށް ދަރިކަލަކު ލިބިވަޑައިނުގެން އެކަލޭގެފާނު އެކަމުގެ އުންމީދުގައި ﷲ އަށް މުނާޖާ ދެއްނަވާތަން ފެނިވަޑައިގެންނެވުމުން ސާރާގެ އިޙްސާސްތަކަކީ ކޮބާ؟ އެކަމަނާ އެކަމާ ހިތްދަތިވެ ހިތާމަކުރެއްވިއެވެ.
15) އިބްރާހީމްގެފާނަށް ދަރިކަލަކު ހޯއްދަވައިދެއްވުމަށް ސާރާ ޙައްލެއް ހޯއްދަވައިދެއްވިއެވެ. އެއީ ކޮންޙައްލެއް؟ ސާރާގެ އަޅު ހާޖަރު ހަދިޔާކުރެއްވިއެވެ.
16) އިބްރާހީމްގެފާނު ކައިވެނި ބައްލަވައިގަތުމަށް ސާރާ އެކަލޭގެފާނަށް ހަދިޔާ ކުރެއްވީ ކޮން ބޭކަނބަލެއް؟ ހާޖަރުގެފާނު
17) އިބްރާހީމްގެފާނު ކައިވެނި ބައްލަވައިގަތުމަށް ސާރާ އެކަލޭގެފާނަށް އެކަމަނާގެ އަޅު ހާޖަރު ހަދިޔާ ކުރެއްވުމުން އެކަމުން ދޭހަވަނީ ކޮންކަމެއް؟ އެކަމަނާގެ އަމިއްލަ އެދުންތައް އެކަލޭގެފާނަށްޓަކައި ޤުރުބާން ކުރެއްވިކަމެވެ./ އެކަމަނާ އެކަލޭގެފާނުގެ އުފާފުޅުތަކަށް ހުރަސްނާޅުއްވާކަމެވެ.
18) އިބްރާހީމްގެފާނު ހާޖަރާ ކައިވެނި ބައްލަވައި ގެންނެވުމަށް ފަހު ހާޖަރަށް ދަރިކަލަކު ލިބިވަޑައިގެންނެވި ފަހުން ސާރާއަށްވެސް ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ ބޭފުޅެއްހެއްޔެވެ؟  އިސްޙާޤުގެފާނު
19) ސާރާއަށް ދަރިކަލަކު ލިބިވަޑައިގެންނެވީ އެކަމަނާގެ އުމުފުޅުން ކިހާވަރެއްގަހެއްޔެވެ؟ 70 އަހަރު
20) ސާރާއަށް އިސްޙާޤު ލިބިވަޑައިގެންނެވިއިރު އިބްރާހީމްގެފާނު އުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟ ގާތްގަނޑަކަށް 100 އަހަރު
21) ސާރާގެފާނު އަވަހާރވީ ކޮންތަނަކު ހެއްޔެވެ؟ ޝާމް ކަރައިގައެވެ.
22) ސާރަގެފާނު އަވަހާރަ ވީއިރު އެކަމަނާގެ އުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟ 127 އަހަރު
23) ހާޖަރުގެފާނު އަޅެއްގެ ގޮތުގައި ސާރާއަށް ހަދިޔާކުރީ ކާކުހެއްޔެވެ؟ މިޞްރުގެ ރަސްގެފާނު ފިރުޢައުނެވެ.
24) ސާރާގެފާނު އިބްރާހީމްގެފާނަށް ހާޖަރު ހަދިޔާ ކުރެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ އިބްރާހީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތުމުގެ އެދުމުގައެވެ.
25) އިބްރާހީމްގެފާނުގެ ދެވަނަ އަނބިކަނބަލުންނަކީ ކޮން ބޭކަނބަލެއްހެއްޔެވެ؟ ހާޖަރުގެފާނެވެ.
26) ހާޖަރުގެފާނު އަޅެއްގެ ގޮތުގައި ހުންނެވުމަށްފަހު އިބްރާހީމްގެފާނުގެ އަނބިކަނބަލަކަށް ވެވަޑައިގެންނެވުމުގެ ޝަރަފު އެކަމަނާއަށް ލިބިވަޑައިގެންނެވުމުން އެކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟ ޝަރަފާއި ޢިއްޒަތް ލިބެނީ ހަސަބާނަސަބުން ނޫންކަމެވެ. އަދި އެއީ އީމާންކަމުގެ ސަބަބުން ލިބޭކަމެއްކަމެވެ.
27) ހާޖަރުގެފާނަށް ލިބިވަޑައިގެންނެވީ ކޮންދަރިކަލެއްހެއްޔެވެ؟ އިސްމާޢީލްގެފާނު
28) ހާޖަރާއި އިސްމާޢީލް ހިޖުރަކުރެއްވުމަށް މާތްﷲ އަމުރުކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ މައްކާއަށެވެ.
29) ހާޖަރުގެފާނު މައްކާއަށް ހިޖުރަކުރެއްވިއިރު އެތަނަކީ ކޮންކަހަލަތަނެއް ހެއްޔެވެ؟ އެއީ ދިރުމެއްނެތް ފެނެއް ނެތް ހަނަފަސްތަނެކެވެ.
30) އިބްރާހީމްގެފާނު ހާޖަރާ އިސްމާޢީލް މައްކާގެ ހަނަފަސް ސަހަރާއަށް ދޫކުރައްވާ ވަޑައިގެންނެވުމުންވެސް ހާޖަރު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވީ ކީއްވެހެއްޔެވެ؟ އެއީ ﷲ ގެ އަމުރުފުޅަކަށް ވުމުންނެވެ. / ﷲ އެކަމަނާގެ އެކަނިވެރިކަން ފިއްލަވާދެއްވާނެކަން ޔަޤީންވާތީއެވެ.
31) ހާޖަރު މައްކާގައި އެކަނިވެރިކަމާއެކު ހުންނެވި އިރުވެސް ﷲ އެކަމަނާ ދޫނުކުރައްވާނެކަމުގެ ޔަޤީންކަމާއެކު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވުމުން އެކަމުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ އެކަމާގެ އީމާންތެރިކަމުގެ ވަރުގަދަކަން / އެކަމަނާގެ ހިތްޕުޅުގައި ﷲ އާ މެދު އޮންނަ ޔަޤީންކަން
32) ހާޖަރުގެފާނަށް ޖެހިވަޑައިގެންނެވި މުޞީބާތުން ﷲ އެކަމަނާ ސަލާމަތްކޮށްދެއްވީ ކިހިނެތް؟ އިސްމާޢީލުގެފާނުގެ ފައިންޕުޅު ދަށުން ފެންއާރެއް ފާޅުކުރައްވައިގެން
33) އިސްމާޢީލުގެފާނުގެ ފައިންޕުޅު ދަށުން ނިކުތް ފެންއާރަށް ކިޔަނީ ކޮންނަމެއް؟ ޒަމްޒަމް ފެން
34) ޒަމްޒަމް ފެންއާރު ފާޅުވުމުން އެރަށަށް ވެގެންދިޔައީ ކިހިނެތް؟ އެރަށް އާބާދުވެ އެތައް ޤަބީލާތަކެއްގެ ބަޔަކު އެތަނުގައި ވަޒަންވެރިވިއެވެ.
35) ހާޖަރުގެފާނު އަވަހާރަވީ ކޮންތަނެއްގައިހެއްޔެވެ؟ މައްކާގައެވެ.

Tuesday, February 19, 2013

surat thakaathur-masakkai(9)-gr7

ތަކާޘުރު ސޫރަތް / މަސައްކަތް (9)
1- ފުރަތަމަ އާޔަތުގައިވާ”ތިޔަބައިމީހުން މަޝްޣޫލު ކޮށްފިއެވެ“ މަޝްޣޫލު ގެ މާނައަކީ ކޮބާހެއްޔެވެ؟ އަދި މަޝްޣޫލު ކުރުވީ ކޮންކަމަކުންހެއްޔެވެ؟
2-”ތިޔަބައިމީހުން ކަށްވަޅަށް ޒިޔާރަތް ކޮށްފުމަށް ދާނދެނެވެ“ މިއާޔަތުގެ މުރާދަކީ ކޮބާހެއްޔެވެ؟ އަދި [ޒިޔާރަތް] މިކަލިމަ އޮތުމުން ދޭހަވާކަމެއް ބުނެދޭށެވެ؟
3-”ހަމަހިލާއެހެނެއް ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.“، ’އެނގޭނަމަ‘ ގެ ޖަވާބަކީ ކޮބާހެއްޔެވެ؟

Monday, February 18, 2013

revisionquestions- gr7

ނޯޓު: ހަމައެކަނި މިސުވާލުތަކަށް ބަލައިގެން ނުފުދޭނެއެވެ. ފޮތް ރަނގަޅަށް ކިޔަންޖެހޭނެއެވެ. މިތަނުގައި ވާގޮތަށް އެއްވެސް ސުވާލެއް ޔުނިޓު ޓެސްޓު1 ގައި ނާންނާނެއެވެ.

 ސ(1) ތިރީގައިވާ އާޔަތްތަކާ އޭގެ މާނަތަކާ ގުޅުވާށެވެ:

އާޔަތް
 
މާނަ
وَالْعَصْرِ
ޒަމާން ގަންދެއްވަމެވެ.
إِنَّ الإِنسَانَ لَفِي خُسْرٍ
ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައެވެ.
إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ
އީމާންވެ ހެޔޮޢަމަލުކުރި މީހުން ފިޔަވައެވެ.
وَتَوَاصَوا بِالْحَقِّ وَتَوَاصَوا بِالصَّبْرِ
އަދި އެކަކުއަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންނެވެ.

 
ސ(2) "މައްދު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އަޞްލީ މައްދު އަދި ފަރުޢީ މައްދު އެވެ."

(ހ) އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ:

1- މައްދުގެ ފަހަތަށް ސަބަބެއް މެދުވެރިވަނީ ކޮންވައްތަރެއްގެ މައްދެއްގަހެއްޔެވެ؟

ޖ: ފަރުޢީ މައްދު

2- މައްދުގެ ފަހަތަށް ސަބަބެއް މެދުވެރި ނުވަނީ ކޮންވައްތަރެއްގެ މައްދެއްގަހެއްޔެވެ؟

ޖ: އަޞްލީ މައްދު

3- ވާޖިބުމައްދާ ޖާއިޒުމައްދަކީ ކޮންވައްތަރެއްގެ ދެމައްދުހެއްޔެވެ؟ އަދި މިދެވައްތަރުގެ މައްދު ކިޔުމުގައި ހުރިތަފާތު ބުނެދޭށެވެ؟

ޖ: އެއީ ފަރުޢީ ދެމައްދު. ވާޖިބު މައްދު ދިގުކޮށް ދެމުން ވާޖިބުވާނެ. އަދި ޖާއިޒު މައްދު ކުރުކޮށްވެސް އަދި ދިގުކޮށްވެސް ދެމޭނެ

ސ(3)އަންނަނިވި ސުވާލުތަކަށް ޖަވާބު ލިޔާށެވެ!

ހ- ޢަޤީދާ އާއި އިސްލާމީ ޢަޤީދާގެ ތަފާތަކީ ކޮބައިހެއްޔެވެ؟

ޖ: ޢަޤީދާ އަކީ ހިތުގައި ޝައްކެއްނެތި ޤަބޫލުކުރާގޮތެވެ. އިސްލާމީ ޢަޤީދާއަކީ ދީނީގޮތުން ކޮންމެހެން ހިތުންތެދުކޮށް ޤަބޫލުކުރަންޖެހޭ ކަންކަން (އީމާންކަމުގެ ރުކުންތައް) ޝައްކެއްނެތި ޤަބޫލުކުރުމެވެ.

ށ- އީމާންކަމަކީ ކޮބައިހެއްޔެވ؟

ޖ: އީމާންކަމަކީ ހިތުންތެދުކޮށް ޢަމަލުން އެކަން ދެއްކުމެވެ.

ނ- އަންނަނިވި ޙާދިޘާ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

ﷲ އަށް އީމާންވެވޭނެ ދެގޮތެއް ވެއެވެ. އެއްގޮަތަކީ ބުއްދީގެ ގޮތުންނެވެ. އެކަމަކު ރިޗަޑް(Richard) އަކީ ފަޟާގެ ޢިލްމާމެދު ވިސްނާފިކުރު ކުރާ ވިސްނުންތޫނު ސައިންޓިސްޓެކެވެ. އެކަމަކު އޭނާ ﷲ އަށް އީމާންވުމަށް ދެކޮޅު ހަދައެވެ.

1) ރިޗަޑް އަށް ބުއްދީގެ ގޮތުން އީމާން ނުވެވުނު ސަބަބަކީ ކޮބައިހެއްޔެވެ؟

ޖ: އަމިއްލަ އެދުމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ.

2) ﷲ އަށް އީމާންވެވޭނެ ދެވަނަ ގޮތަކީ ކޮބައިހެއްޔެވެ؟

ޖ: ދީނީ ހެކިތަކުންނެވެ. (މިސާލަކަށް ޤުރުއާނުންނެވެ)

ސ(4) ހ- އަންނަނިވި ސުވާލުތަކަށް ޖަވާބު ލިޔާށެވެ!

1) ހިނެއުމަކީ ކޮބައިހެއްޔެވެ؟ އަދި އެކަމުގެ 2 ފައިދާއެއް ލިޔާށެވެ؟

ޖ:ހިނެއުމަކީ ޚާއްޞަ ނިޔަތަކާއިއެކު މުޅި ހަށިގަނޑުގައި ފެން ޖައްސާ ފެންވެރުމެވެ. 2ފައިދާ: ބަލިތަކުން ރައްކާތެރިކޮށްދޭ، ހަށިގަނޑަށް ހީވާގިކަން ގެނެސްދޭ.

2) ހިނެއުން ވާޖިބުވާ 4 ކަންތައް ބަޔާންކޮށްދޭށެވެ!

ޖ: މަނިބޭރުވުން، ޙައިޟުނިފާސްކަމުން ތާހިރުވުން، ޖިމާޢުވުން، މަރުވުން

ށ- އަންނަނިވި ކަންކަމުގެ ތެރެއިން ހިނެއުމުގެ ފަރުޟެއްނަމަ (ފ)، އަދި ޝަރުތެއްނަމަ (ށ) ، އަދި ސުންނަތެއްނަމަ (ސ)، ކުރިމަތީގައިވާ ގޮޅީގައި ލިޔާށެވެ!

1)ފެށުމުގެކުރިން ބިސްމިކިޔުން:ސ 2)މުސްލިމަކުކަމުގައިވުން:ށ  3)ނިޔަތްގަތުން:ފ     4)ނަޖިސްފިލުވުން:ފ

5)ފެންނުޖެހޭ އެއްޗެއް ވާނަމަ ހަށިގަނޑުން އެ ފިލުވާލުން:ށ         6)މުޅިގައިގައި އަތް ހިންގުން:ސ

7)ހިނައިގަތުމުގެ ކުރީގައި ވުޟޫކުރުން:ސ          8)ތިންފަހަރުދޮވުން:ސ 9)މުޅިހަށިގަނޑުގައި ފެންޖެއްސުން:ފ

10)މުވާލާތުކުރުން:ސ       11)ހިނެއުމަކީ ފަރުޟެއްކަންދެތުން:ށ        12)ޠޯހިރުފެނުން ހިނައިގަތުން:ށ

ނ- ޖުނުބުވެރިޔާއާއި ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޙަރާމް ތިން(3) ކަމެއް ބުނެދޭށެވެ!

ޖ: ނަމާދުކުރުން، ޠަވާފުކުރުން، މިސްކިތުގައި މަޑުކުރުން

ސ(5) ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ!

ހ- ނަމާދު ޤަޞްރު ކުރުމަކީ ކޮަބައިހެއްޔެވެ؟

ޖ: ނަމާދު ޤަޞްރުކުރުމަކީ 4 ރަކްޢަތުގެ ފަރުޟުނަމާދު 2 ރަކްޢަތައް ކުރުކޮށްލުމެވެ.

ށ- ނަމާދު ޖަމްޢުކުރުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ މެންދުރާއި ޢަޞްރު ނުވަތަ މަޣްރިބާއި ޢިޝާ އެއްކޮށްލައިގެން ކުރުމެވެ.

ނ- ނަމާދު ޤަޞްރުކުރެވޭނީ ކޮން ބަޔަކަށްހެއްޔެވެ؟

ޖ: ދަތުރުވެރީންނަށެވެ.

ރ- ނަމާދު އިސްކޮށް ޖަމްޢުކުރާނެގޮތުގެ މިސާލެއް ބުނެދޭށެވެ؟

ޖ: މިސާލަކަށް: މަޣްރިބު ގަޑީގައި މަޣްރިބާއި ޢިޝާ ނަމާދު އެއްކޮށްލައިގެން ކުރުމެވެ.

ބ- ނަމާދު ފަސްކޮށް ޖަމްޢުކުރާނެގޮތުގެ މިސާލެއް ބުނެދޭށެވެ؟

ޖ: މިސާލަކަށް: ޢިޝާވަގުތުގައި މަޣްރިބާއި ޢިޝާ ނަމާދު އެއްކޮށްލައިގެން ކުރުމެވެ.