Wednesday, October 23, 2013

Aqeedhagebai-summarise-doc-grade7


އިސްލާމް ރިިވޝަން/ ގްރޭޑް 7 / ޢަޤީދާގެ ބައިއެއްކޮށް

އެއްކައުވަންތަކަން
ކުޅަދުންވަންތަކަން
ދެނެވޮޑިގަތުން
އައްސަވާ އަދި ބައްލަވާވޮޑިގަތުން
މާނަ
ﷲ އެއްވެސް އެހީތެރިއަކު އދި ބައިވެރިއަކު ނުވުން
ﷲ އިރާދަކުރެއްވި ކަމެއްއިރާދަކުރެއްވި ގޮތަކަށް ކުރެއްވުމުގެ ބާރު ލިބިގެންވުން
ހުރިހާކަމެއް އެންމެ މޮޅަށް އެނގި އެއްވެސް ކަމެއް ވަންހަނާނުވުން
ހުރިހާކަމެއް އަޑުއެއްސެވުން / ހުރިހާކަމެއް ބެއްލެވުން
ޤުރުއާނުގެ ދަލީލާއި ދޭހަ
= [ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ އެންމެހާތަކެތި އެކަލާނގެ އަށް ބޭނުންތެރިވެވެގެންވާ އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ އިލާހެވެ.]
ދޭހަ: *ﷲ އީ އެއްކައުވަންތަ އިލާހެއްކަން
* ﷲ އެއްކައުވަންތައީ އެކަލާނގެ އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާތީކަން
*ހުރިހާ މަޚްލޫޤުން ﷲ އަށް ބޭނުންވާކަން
= [އެދެތާނގައި (އެބަހީ: އުޑާއި ބިމުގައި) ﷲ މެނުވީ އިލާހުންތަކެއްވީނަމަ އެދެތަން ފަސާދަ ވެއްޖައީހެވެ.]
ދޭހަ: *ﷲ އީ އެއްކައުވަންތަ އިލާހުކަން
* ގިނައިލާހުންތަކެއްވީނަމަ އަރާރުންއުފެދި މިއުޑާއި ބިމުގެ ހިނގުން ފަސާދަވެ ހަލާކުވާނެކަން
[އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަށް ވާށޭ ވަޙީކުރެއްވުމުން ފަހެއެކަމެއް ވާނެއެވެ.]
ދޭހަ: *ﷲއީ ކުޅަދުންވަންތަ އިލާހުކަން
* ކަންކަމާ ތަކެތި ޚަލްޤުކުރެއްވުމަކީ އެކަލާނގެ ނުހަނު ފަސޭހަކަމެއްކަން
[އެބައިމީހުން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހައި ކަންތައް ﷲ ދެނެވޮޑިގެންވާކަން އެބައިމީހުން ނުދަންނަނީ ހެއްޔެވެ؟]
ދޭހަ: *ﷲ އީ ދެނެވޮޑިގަންނަވާ އިލާހުކަން
*އެއްވެސް ކަމެއް ﷲ އަށް ސިއްރެއް ނުވާނެކަން
[ތިޔަބައިމީހުންނަށް ޢިލްމުގެ ތެރެއިން ވަރަށް ކުޑަމިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.]
ދޭހަ: *ﷲއީ ހުރިހާ ޢިލްމެއް ލިބިގެންވާކަން
*އިންސާނުންނަށްް ލިބިފައިވާ ޢިލްމުގެ އުނިކަން
*ﷲ ދެއްވި ޢިލްމެއް މެނުވީ އިންސާނުންނަށް ނުލިބޭކަން
[އަދި ތިޔަދެފަރާތުގެ ވާހަކަތައް ﷲ އައްސަވާވޮޑިގަންނަވައެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ބައްލަވާ ވޮޑިގެންވާ ވޮޑިގެންވާ އިލާހެވެ.]
ދޭހަ: *ކިތަންމެ ސިއްރުން ދެމީހަކު ވާހަކައެއް ދެއްކިއަސް ﷲ އަޑުއައްސަވާކަން
*ﷲ އަށް އަޑުއެއްސެވުމުގެ ސިފަ ލިބގެންވާކަން
*ﷲ އަށް ބެއްލެވުމުގެ ސިފަލިބިގެން ވާކަން
ބުއްދީގެ ދަލީލު
ދުނިޔޭގެ ކަންކަން ފަސާދަނުވެ އެއްހަމައަކުން ހިނގަމުންދާޚަން
އުޑާއި ބިމާއި ފަރުބަދަތަކާއި އިންސާނުންނާއި އެހެނިހެން ތަކެތި އުފައްދަވާފައިވާލެއް ފުރިހަމަކަން
އިލާހަކަށް އިންސާނުންކުރާ ކަންކަން ނޭނގޭ ނަމަ އެމީހުންނަށް އިންސާފުން ޖަޒާނުދެވޭނެ
އިލާހަކަށް އިންސާނުންކުރާ ކަންކަން ނޭނގޭ ނަމަ އެމީހުންނަށް އިންސާފުން ޖަޒާނުދެވޭނެ
މިސިފަ ޤަބޫލު ކުރަންޖެހޭގޮތް
- އެންމެފުރިހައަށް އެއްވެސް އައިބެއް ނުވާގޮތަށް
- ﷲ އެއްފަދައިން އެހެންއިލާހަކު ނުވުން
- އެއްވެސް އައިބެއް ނުވާ އެންމެފުރިހަމަ ކުޅަދުންވަންތަ
- އެކަލާނގެ ކުޅަދާނަވާފަދައިން ކުޅަދާނަވާ އެހެން އެއްވެސް ފަރާތެއް ނުވުން
- އެއްވެސް އައިބެއް ނެތް އެންމެ ފުރިހަމަ ދެނެވޮޑިގަތުމެއް
- އެކަލާނގެ އެނގޭފަދައިން އެނގޭ އެހެން އެއްވެސް ފަރާތެއް ނުވުން
- އެއްވެސް އައިބެއް ނުވާ އެންމެ ފުރިހަމަ އަޑުއެއްސެވުން އަދި ބެއްލެވުން
- އެކަލާނގެ އަޑުއެއްސެވުމާ އަދި ބެއްލެވުމާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވުން
މިސިފަފުޅުގައި ﷲގެ ފުރިހަމަކަން އެނގޭގޮތް
އެހެން އެއްވެސް ފަރާތަކަށް ﷲ ބޭނުންވެ ވޮޑިގެން ނުވުން
ކަމެއް ވުމަށް އެކަލާނގެ ހަމައެކަނި "ވާށޭ" ވަޙީކުރެއްވުމުން އެކަމެއް ވުން
- އިންސާނުން އެފެއްދެވުމުގެ މާކުރިން އިންސާނުން ކުރާނެ ހުރިހާ ކަމެއް ލިޔެފައިވުން
- ޤުރުއާނުގައި މާޒީގެ ބައެއް ވާހަކަތަކާއި މުސްތަޤްބަލުގެ ބައެއް ވާހަކަ ހުރުން
- ﷲ ގެ ބެއްލެވުމުގައި އެއްވެސް އައިބެއް ނެތުން
- ﷲގެ އަޑުއެއްސެވުމުގައި އެއްވެސް އައިބެއް ނެތުން
މިސިފަ މަޚްލޫޤުންގެ އުނިކަން
- އަބަދުވެސް އެހެން ފަރާތަށް ބޭނުންޖެހިފައިވުން
ވަރަށް އާދައިގެ ކުދިކުދި ކަންކަން ވެސް ނުކުރެވުން
- ފުރާނައާބެހޭ އެއްވެސް ކަމެއް ނޭނގުން
- ޓެކްނޮލޮޖީ އަބަދު ބަދަލުވުން
- ޤާނުނުތައް ބަދަލުވުން
- ކަމެއް ހޯދައިފިނަމަ އަނެއްކާވެސް އިތުރަށް ހޯދުމުގެ އިޙްސާސްވުން
- ލޯމަތިން އެއްޗެއް ހުރަސްވިޔަސް އޭގެ ދުރު ނުފެނުން
- އަޑުއިވުމުގެ ވަކި ފްރީކުއެންސީ އެެއް އެކަނި އަޑުއިވުން
މިސިފަފުޅުގެ ސަބަބުން އަހަރުމެންގެ އުޅުމަށް އަންނަންޖެހޭ ބަދަލު
- ހަމައެކަނި ހަމައެކަނި ﷲ އަށް އެކަނި އަޅުކަންކުރުން
- ﷲ އަށް އެކަނި އަޅުކަން ކުރުން
- ﷲ އެންގެވި ޢިލްމަށް ޢަމަލުކުރުން
- އަމިއްލަ ވިސްނުމަށްވުރެ ﷲ ގެ ބަސްފުޅަށް އިސްކަންދިނުން
- ﷲ އަޑުއައްސަވާނެތީ ނުބައި އެއްޗެއް ދުލުން ސިއްރުންވެސް ކިޔަން ލަދުގަތުން
- ﷲ ބައްލަވާތީ ނުބައި ކަމެއް ސިއްރުންވެސް ނުކުރުން

No comments:

Post a Comment