Friday, October 25, 2013

aaria,kuli,hiba-summarise-doc-grade7


ޢާރިޔާ / އިސްތިޢާރާ
ކުލި
ހިބަ
ތަޢުރީފު
އަމިއްލަ މިލްކުގައިވާ ހުއްދަ އެއްޗެއް އެހެން މީހަކު ފައިދާ ލިބިގަތުމަށް ހުއްދަދިނުން
ޙަލާލު މަންފާއެއް ލިބުމަށްފަހު ދެވޭ ބަދަލެއް
ދިރިހުރިޙާލު، އަމިއްލަމިލްކުގައިވާ އެއްޗެއް، ބަދަލަކާ ނުލާ، އެހެންމީހަކަށް އެއްކޮށް ދިނުން
{ޞަދަޤާތް އަދި ހަދިޔާ: އަންނަނީ މިބައިގައި}
އެއްގޮތްކަން
- ކުލި އާ ދޭތީގައިވެސް ހަމައެކަނި ދެވެނީ ބޭނުންކޮށްލަން
- ކުލި އާ ދޭތީގައިވެސް އަސްލު ސަލާމަތުން އޮންނަންޖެހޭނެ
- ހިބައާ ދޭތީގައިވެސް ބަދަލެއް ނޯންނާނެ
-ޢާރިޔާ އާ ދޭތީގައިވެސް ހަމައެކަނި ދެވެނީ ބޭނުންކޮށްލަން
- ޢަރިޔާ އާ ދޭތީގައިވެސް އަސްލު ސަލާމަތުން އޮންނަންޖެހޭނެ
- ހިބައާ އެއްގޮތްކަމެއް ނެތް
- ޢާރިޔާ އާ ދޭތީގައިވެސް ބަދަލެއް ނޯންނާނެ
ތަފާތުތައް
- ކުލީގައި ބަދަލެއް އޮންނާނެ، ޢާރިޔާގައި ބަދަލެއް ނޯންނާނެ
- ހިބައިގައި އެއްކޮށް ދޭނެ، ޢާރިޔާގައި ދޭނީ ބޭނުންކޮށްލަން
- ހިބައިގައި އަސްލުސަލާމަތުން އޮންނާކަށް ނުޖެހޭނެ، ޢާރިޔާގައި އަސްލު ސަލާމަތުން އޮންނަންޖެހޭނެ
- ޢާރިޔާގައި ބަދަލެއް ނޯންނާނެ، ކުލީގައި ބަދަލެއް އޮންނާނެ
- ހިބައިގައި އެއްކޮށް ދޭނެ، ކުލީގައި ދޭނީ ބޭނުންކޮށްލަން
- ހިބައިގައި އަސްލުސަލާމަތުން އޮންނާކަށް ނުޖެހޭނެ، ކުލީގައި އަސްލު ސަލާމަތުން އޮންނަންޖެހޭނެ
- - ހިބައިގައި އެއްކޮށް ދޭނެ، ކުލީގައި ދޭނީ ބޭނުންކޮށްލަން
- ހިބައިގައި އަސްލުސަލާމަތުން އޮންނާކަށް ނުޖެހޭނެ، ކުލީގައި އަސްލު ސަލާމަތުން އޮންނަންޖެހޭނެ
- ހިބައިގައި އެއްކޮށް ދޭނެ، ޢާރިޔާގައި ދޭނީ ބޭނުންކޮށްލަން
- ހިބައިގައި އަސްލުސަލާމަތުން އޮންނާކަށް ނުޖެހޭނެ، ޢާރިޔާގައި އަސްލު ސަލާމަތުން އޮންނަންޖެހޭނެ

ޙުކުމް
މުސްތަޙައްބު (ގަދަ ސުންނަތެއް)
ހުއްދަ
ސުންނަތެއް

ދަލީލު
*ޤުރުއާނުގައި: [އަދި ހިފާ ގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހުންނެވެ.]
ދޭހަ: ޢާރިޔާގެ ގޮތުގައި ތަކެތި ދިނުމުގެ މުހިންމުކަން / ތަކެތިނުދިނުމުގެ ނުބައިކަން
* ޙަދީޘް:[ބިމެއް އޮތްމީހަކު އެބިން ހިބަކުރާ ށެވެ. ނޫނީ ޢާރިޔާގެ ގޮތުގައިދޭށެވެ.]
ދޭހަ: ޢާރިޔާ ދިނުމުގެ މުހިންމުކަން
*އަބޫޠަލްޙާ އަތުން ރަސޫލާ އަހެއް އިސްތިޢާރާ ކުރެއްވި
ޤުރުއާން: [ފަހެ ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރީންނަށް) އެކަނބަލުން ކިރުދީފިނަމަ ފަހެ އެކަނބަލުންނަށް އުޖޫރަ ދޭށެވެ.]
ދޭހަ: ކުއްޔަކީ ހުއްދަ މުޢާމަލާތެއްކަން /
ކުލީގެ ގޮތުގައި ކިރުދެވިދާނެކަން
ޤުރުއާން: [ނަމަވެސް ހެޔޮކަންކުރާމީހާއީ ﷲ އަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދާދެކެ ލޯބިވުމާއެކުވެސް ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ހާލުގައިޖެހިފައިވާ) ދަތުރުވެރީންނަށާއި އެހީއަށް އެދި ސުވާލުކުރާމީހުނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ.]
ދޭހަ: އީމާންކަމުގެ ރުކުންތަކާއި އެކު ހިބައިގެ ވާހަކައޮތުމުން ހިބައިގެ މުހިންމުކަން ދޭހަވޭ / އީމާންކަމުގެ ވާހަކައާ ގުޅުވައިގެން ހިބަ ދިނުމުގެ ވާހަކަ އޮތުމުން ދޭހަވަނީ: އީމާންކަމާ އެކު ހެޔޮ ޢަމަލުވެސް ކުރަންޖެހޭކަން
ދީނުގައި މިކަން އައުމުގެ ބޭނުން
-ޖާއިޒު ބޭނުންތައް ފުއްދުން
-ހެޔޮކަންކަމުގައި މީހުންނަށް އެހީތެރިވުން (އެއްބާރުލުން ދިނުމުގައި ބަލަންޖެހޭ މިންގަނޑަކީ: ހެޔޮކަމެއްތޯ ބެލުން)
- ދިރިއުޅުން ފަސޭހަވުން
- ޙަލާލުގޮތުގައި ބޭނުންތައް ފުއްދުން
- މަސައްކަތުގެ ފުރުޞަތު އިތުރުވުން {މީހުން ލައްވާ ކުއްޔަށް މަސައްކަތް ކުރުވާއިރު : އަނގު ކަނޑައެޅުން / މަސައްކަތް ކަނޑަ އެޅުން/ އިތުރަށް މަސައްކަތް ކުރުވާނަމަ އިތުރަށް އަގުދިނުން/ ހަލާލު ކަމަކަށްވުން/ އަވަހަށް އަގުދޭންޖެހޭނެ}
- މުޖްތަމަޢުގެ އެކުވެރިކަން ޤާއިމްވުން
- މީސްތަކުންގެ މެދުގައި ލޯބި އުފެދުން
- އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިވުން

aaria,kuli,hiba-summarise-image-grade7


hanguraamathah-summarise-image-grade6


Wednesday, October 23, 2013

Zakaath-summarise-image-grade7


Roadha-summarise-image-grade7


Raa-summarise-image-grade7


Aqeedhagebai-summarise-doc-grade7


އިސްލާމް ރިިވޝަން/ ގްރޭޑް 7 / ޢަޤީދާގެ ބައިއެއްކޮށް

އެއްކައުވަންތަކަން
ކުޅަދުންވަންތަކަން
ދެނެވޮޑިގަތުން
އައްސަވާ އަދި ބައްލަވާވޮޑިގަތުން
މާނަ
ﷲ އެއްވެސް އެހީތެރިއަކު އދި ބައިވެރިއަކު ނުވުން
ﷲ އިރާދަކުރެއްވި ކަމެއްއިރާދަކުރެއްވި ގޮތަކަށް ކުރެއްވުމުގެ ބާރު ލިބިގެންވުން
ހުރިހާކަމެއް އެންމެ މޮޅަށް އެނގި އެއްވެސް ކަމެއް ވަންހަނާނުވުން
ހުރިހާކަމެއް އަޑުއެއްސެވުން / ހުރިހާކަމެއް ބެއްލެވުން
ޤުރުއާނުގެ ދަލީލާއި ދޭހަ
= [ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ އެންމެހާތަކެތި އެކަލާނގެ އަށް ބޭނުންތެރިވެވެގެންވާ އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ އިލާހެވެ.]
ދޭހަ: *ﷲ އީ އެއްކައުވަންތަ އިލާހެއްކަން
* ﷲ އެއްކައުވަންތައީ އެކަލާނގެ އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާތީކަން
*ހުރިހާ މަޚްލޫޤުން ﷲ އަށް ބޭނުންވާކަން
= [އެދެތާނގައި (އެބަހީ: އުޑާއި ބިމުގައި) ﷲ މެނުވީ އިލާހުންތަކެއްވީނަމަ އެދެތަން ފަސާދަ ވެއްޖައީހެވެ.]
ދޭހަ: *ﷲ އީ އެއްކައުވަންތަ އިލާހުކަން
* ގިނައިލާހުންތަކެއްވީނަމަ އަރާރުންއުފެދި މިއުޑާއި ބިމުގެ ހިނގުން ފަސާދަވެ ހަލާކުވާނެކަން
[އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަށް ވާށޭ ވަޙީކުރެއްވުމުން ފަހެއެކަމެއް ވާނެއެވެ.]
ދޭހަ: *ﷲއީ ކުޅަދުންވަންތަ އިލާހުކަން
* ކަންކަމާ ތަކެތި ޚަލްޤުކުރެއްވުމަކީ އެކަލާނގެ ނުހަނު ފަސޭހަކަމެއްކަން
[އެބައިމީހުން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހައި ކަންތައް ﷲ ދެނެވޮޑިގެންވާކަން އެބައިމީހުން ނުދަންނަނީ ހެއްޔެވެ؟]
ދޭހަ: *ﷲ އީ ދެނެވޮޑިގަންނަވާ އިލާހުކަން
*އެއްވެސް ކަމެއް ﷲ އަށް ސިއްރެއް ނުވާނެކަން
[ތިޔަބައިމީހުންނަށް ޢިލްމުގެ ތެރެއިން ވަރަށް ކުޑަމިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.]
ދޭހަ: *ﷲއީ ހުރިހާ ޢިލްމެއް ލިބިގެންވާކަން
*އިންސާނުންނަށްް ލިބިފައިވާ ޢިލްމުގެ އުނިކަން
*ﷲ ދެއްވި ޢިލްމެއް މެނުވީ އިންސާނުންނަށް ނުލިބޭކަން
[އަދި ތިޔަދެފަރާތުގެ ވާހަކަތައް ﷲ އައްސަވާވޮޑިގަންނަވައެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ބައްލަވާ ވޮޑިގެންވާ ވޮޑިގެންވާ އިލާހެވެ.]
ދޭހަ: *ކިތަންމެ ސިއްރުން ދެމީހަކު ވާހަކައެއް ދެއްކިއަސް ﷲ އަޑުއައްސަވާކަން
*ﷲ އަށް އަޑުއެއްސެވުމުގެ ސިފަ ލިބގެންވާކަން
*ﷲ އަށް ބެއްލެވުމުގެ ސިފަލިބިގެން ވާކަން
ބުއްދީގެ ދަލީލު
ދުނިޔޭގެ ކަންކަން ފަސާދަނުވެ އެއްހަމައަކުން ހިނގަމުންދާޚަން
އުޑާއި ބިމާއި ފަރުބަދަތަކާއި އިންސާނުންނާއި އެހެނިހެން ތަކެތި އުފައްދަވާފައިވާލެއް ފުރިހަމަކަން
އިލާހަކަށް އިންސާނުންކުރާ ކަންކަން ނޭނގޭ ނަމަ އެމީހުންނަށް އިންސާފުން ޖަޒާނުދެވޭނެ
އިލާހަކަށް އިންސާނުންކުރާ ކަންކަން ނޭނގޭ ނަމަ އެމީހުންނަށް އިންސާފުން ޖަޒާނުދެވޭނެ
މިސިފަ ޤަބޫލު ކުރަންޖެހޭގޮތް
- އެންމެފުރިހައަށް އެއްވެސް އައިބެއް ނުވާގޮތަށް
- ﷲ އެއްފަދައިން އެހެންއިލާހަކު ނުވުން
- އެއްވެސް އައިބެއް ނުވާ އެންމެފުރިހަމަ ކުޅަދުންވަންތަ
- އެކަލާނގެ ކުޅަދާނަވާފަދައިން ކުޅަދާނަވާ އެހެން އެއްވެސް ފަރާތެއް ނުވުން
- އެއްވެސް އައިބެއް ނެތް އެންމެ ފުރިހަމަ ދެނެވޮޑިގަތުމެއް
- އެކަލާނގެ އެނގޭފަދައިން އެނގޭ އެހެން އެއްވެސް ފަރާތެއް ނުވުން
- އެއްވެސް އައިބެއް ނުވާ އެންމެ ފުރިހަމަ އަޑުއެއްސެވުން އަދި ބެއްލެވުން
- އެކަލާނގެ އަޑުއެއްސެވުމާ އަދި ބެއްލެވުމާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވުން
މިސިފަފުޅުގައި ﷲގެ ފުރިހަމަކަން އެނގޭގޮތް
އެހެން އެއްވެސް ފަރާތަކަށް ﷲ ބޭނުންވެ ވޮޑިގެން ނުވުން
ކަމެއް ވުމަށް އެކަލާނގެ ހަމައެކަނި "ވާށޭ" ވަޙީކުރެއްވުމުން އެކަމެއް ވުން
- އިންސާނުން އެފެއްދެވުމުގެ މާކުރިން އިންސާނުން ކުރާނެ ހުރިހާ ކަމެއް ލިޔެފައިވުން
- ޤުރުއާނުގައި މާޒީގެ ބައެއް ވާހަކަތަކާއި މުސްތަޤްބަލުގެ ބައެއް ވާހަކަ ހުރުން
- ﷲ ގެ ބެއްލެވުމުގައި އެއްވެސް އައިބެއް ނެތުން
- ﷲގެ އަޑުއެއްސެވުމުގައި އެއްވެސް އައިބެއް ނެތުން
މިސިފަ މަޚްލޫޤުންގެ އުނިކަން
- އަބަދުވެސް އެހެން ފަރާތަށް ބޭނުންޖެހިފައިވުން
ވަރަށް އާދައިގެ ކުދިކުދި ކަންކަން ވެސް ނުކުރެވުން
- ފުރާނައާބެހޭ އެއްވެސް ކަމެއް ނޭނގުން
- ޓެކްނޮލޮޖީ އަބަދު ބަދަލުވުން
- ޤާނުނުތައް ބަދަލުވުން
- ކަމެއް ހޯދައިފިނަމަ އަނެއްކާވެސް އިތުރަށް ހޯދުމުގެ އިޙްސާސްވުން
- ލޯމަތިން އެއްޗެއް ހުރަސްވިޔަސް އޭގެ ދުރު ނުފެނުން
- އަޑުއިވުމުގެ ވަކި ފްރީކުއެންސީ އެެއް އެކަނި އަޑުއިވުން
މިސިފަފުޅުގެ ސަބަބުން އަހަރުމެންގެ އުޅުމަށް އަންނަންޖެހޭ ބަދަލު
- ހަމައެކަނި ހަމައެކަނި ﷲ އަށް އެކަނި އަޅުކަންކުރުން
- ﷲ އަށް އެކަނި އަޅުކަން ކުރުން
- ﷲ އެންގެވި ޢިލްމަށް ޢަމަލުކުރުން
- އަމިއްލަ ވިސްނުމަށްވުރެ ﷲ ގެ ބަސްފުޅަށް އިސްކަންދިނުން
- ﷲ އަޑުއައްސަވާނެތީ ނުބައި އެއްޗެއް ދުލުން ސިއްރުންވެސް ކިޔަން ލަދުގަތުން
- ﷲ ބައްލަވާތީ ނުބައި ކަމެއް ސިއްރުންވެސް ނުކުރުން