Tuesday, May 14, 2013

3rd unit test marking scheme - grade 7


އިސްލާމް / ގްރޭޑް 7 / ޔުނިޓް ޓެސްޓު 3
 ނަމޫނާ ޖަވާބު ކަރުދާސް    
1) ތިރީގައިވާ (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:                   (1 މާކްސް)
(ހ)    ވަޤުފުގެ މިޢަލާމާތަށް ކިޔާނަަމަކީ ކޮބާ؟  ވަޤުފު މަމްނޫޢު
(ށ)    ވަޤުފުގެ މިޢަލާމާތަށް ކިޔާނަމަކީ ކޮބާ؟  ވަޤުފު ޖާއިޒު
2) ތިރީގައިވާ އާޔަތް ކިޔަވަމުން ދާއިރު ވަޤުފުގެ ޢަލާމާތެއް އޮންނާނެއެވެ. އެތަން ތިޔަދަރިވަރު ކިޔާނެ ގޮތް ބުނެދޭށެވެ؟(1 މާކްސް)

އަޅުގަނޑު އެތަން ކިޔާނީ ހުއްޓައިގެންނެވެ.
3) ވަޤުފުގެ ލުޣަވީ މާނަ އަދި އިސްތިލާޙީ މާނަ ލިޔާށެވެ؟                                      (2 މާކްސް)
ވަޤުފުގެ ލުޣަވީމާނަ: ހުއްޓުން
އިސްތިލާޙީމާނަ: ޤުރުއާން ކިޔަވާއިރު ކަލިމައިގެ ފަހުއަކުރަށް އަޑު ކަނޑައިލުމެވެ.
4)  
 
 މިއާޔަތުގައި އެވަނީ ﷲ ވޮޑިގެންވާކަމެވެ. ﷲ ވޮޑިގެންވުމަކީ ކޮބާ؟      (1 މާކްސް)
އެއީ ފެށުމެއްނުވާ އަދި ނިމުމެއް ނުވާ ދިރިދެމިވޮޑިގެންވާ އިލާހެވެ.
5) އިންސާނުން ކޮންމެ ދީނެއްގައި ތިބިކަމުގައިވިޔަސް ބޮޑެތި ހިތާމަތަކާއި ދެރަކަންކަން މެދުވެރިވުމުން އެހީއަށް އެދި ދެންނެވެނީ ﷲ އަށެވެ. އެއީ ކީއްވެގެންކަން ބުނެދޭށެވެ. ނުވަތަ މިކަން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟                           (1 މާކްސް)
އެއީ ހުރިހާ އިންސާނުންގެ ހިތުގައިވެސް ﷲ ވޮޑިގެންވާކަން އެކަލާނގެ ލައްވަވާފައިވާތީއެވެ.
6) ތިރީގައިވާ (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:                    (2 މާކްސް)
(ހ) އަހަރުމެންގެ ލޮލަށް ކޮންމެއެއްޗެއް ފެނުނަސް އެކަމުގައި ﷲ ވޮޑިގެންވާކަމުގެ ހެކި ބުއްދިއަށް ވިސްނެއެވެ. އެކަންވިސްނޭ ގޮތެއް ބުނެދޭށެވެ؟
(ށ) މިޒަމާނުގެ ޢިލްމީ ހޯދުންތަކުން ހޯދިފައިވާ ގިނަގުނަ ކަންކަމުން ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނަށް ރައްދެއްކަމުގައި ވެއެވެ. އެއީ ކިހިނެއްކަން ބުނެދޭށެވެ؟
(ހ) ކޮންމެއެއްޗެއް ފެނުނަސް އެއެއްޗަކީ އެކަނި އުފެދިފައިވާ އެއްޗެއްކަމަކަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. ވީމާ ކާއިނާތުގައި މިވާ ތަކެތިމިއީ އެކަނި އުފެދިފައިވާ ތަކެއްޗަކަށް ނުވާނެއެވެ. އެއީ ﷲ އުފެއްދެވި ތަކެއްޗެވެ. އެއީ ﷲ ވޮޑިގެންވާކަމުގެ ހެކިތަކެވެ.
(ށ) މިޒަމާނުގެ ޢިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި ގްރެވިޓީފޯސް، ވޭވްސް ފަދަ ތަކެތި ހުރެއެވެ. ނަމަވެސް އެތަކެތި އަހަރުމެންގެ ލޯތަކަކަށް ނުފެނެއެވެ. ވީމާ ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެއް ނޫނެވެ. ވީމާ ﷲ ނުފެނުނަސް ﷲ ވޮޑިގެންވާކަމުގެ ހެކިތައް ވެއެވެ.
7) ތިރީގައިވާ (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:                    (1 މާކްސް)
(ހ) ޔަހޫދީންނާ ކުރެވުނު ހަނގުރާމައެއްގައި އެކަމަނާގެ ފިރިކަލުން މަރުވެ އެކަމަނާ މުސްލިމުންގެ އަތުގައި ހައްޔަރުވުމުން، ރަސޫލާ އެކަނަމާ މިނިވަން ކުރައްވާ އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެބޭކަނބަލެއްގެ ނަން ބުނެދޭށެވެ؟
(ށ) އެކަމަނާއަކީ މައްކާގެ ސަރުދާރު އަބޫސުފްޔާންގެ ދަރިކަނބަލުންނެވެ. އެކަމަނާގެ ފިރިކަލުން ޙަބަޝްކަރައަށް ގޮސް އިސްލާމްދީން ދޫކޮށް ނަޞާރާދީނަށް ވަނެވެ. އަދި ރަސޫލާ އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެބޭކަނބަލެއްގެ ނަން ބުނެދޭށެވެ؟
(ހ) ޞަފިއްޔާ ބިންތު ޙުޔައްޔު އެވެ.
(ށ) އުންމު ޙަބީބާ (ރަމްލާ ބިންތު އަބޫސުފްޔާން) އެވެ.
8) ތިރީގައިވާ ވާހަކަކޮޅު ކިޔާލުމަށްފަހު އަންނަނިވި ހުރިހާ ސުވާލަކަށް ޖަވާބު ލިޔާށެވެ:                    (5 މާކްސް)
ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އަނބިކަނބަލުންނެވެ. އެކަމަނާއަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި އަންހެން ބޭކަނބަލެވެ. އެންމެ ދަރިކަލަކު ފިޔަވާ ހުރިހާ ދަރީންގެ މަންމައަކީ އެކަމަނާއެވެ. ހިޖުރައިގެ ކުރިން އެކަމަނާ އަވަހާރަވަންދެން އެހެން އެއްވެސް ބޭކަނބަލަކާ އެކަލޭގެފާނު ކައިވެނިބައްލަވާ ނުގަންނަވައެވެ. އެކަމަނާ އަވަހާރަވީ އަހަރަކީ އެކަލޭގެފާނަށް އެންމެ ބޮޑަށް ހިތާމަފުޅު ލިބިވަޑައިގެންނެވި އަހަރެވެ. އެއަހަރަށް ނަންދެވުނީ "ހިތާމައިގެ އަހަރު" ގެ ނަމުންނެވެ.
(ހ) އެއީ ކޮންބޭކަނބަލެއްހެއްޔެވެ؟
ޚަދީޖާ ބިންތު ޚުވައިލިދު އެވެ.
(ށ) އެކަމަނާއާ ރަސޫލާ ކައިވެނި ބައްލަވައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟ އަދި އެކަމަނާގެ ޢުމުރުފުޅުން ކިހާވަރެއްހެއްޔެވެ؟
ރަސޫލާގެ ޢުމުރުފުޅު: 25 (ފަންސަވީސް) އަހަރުއެވެ.          އެކަމަނާގެ ޢުމުރުފުޅު: 40 (ސާޅީސް) އަހަރެވެ.
(ނ) "އެންމެދަރިކަލެއް ފިޔަވާ ހުރިހާ ދަރީންގެ މަންމައެވެ"  އެދަރިކަލުގެ ނަމަކީ ކޮބާހެއްޔެވެ؟
އެއީ އިބްރާހީމް އެވެ.
(ރ) މުޅި ވާހަކަކޮޅުން ދޭހަވާ ކަންކަމުގެ ތެރެއިން 1 ކަންތައް ބުނެދޭށެވެ؟
ޚަދީޖަތުގެފާނުގެ މާތްކަމެވެ. / ޚަދީޖަތުގެފާނު ދެކެ ރަސޫލާ ލޯބިފުޅުވާވަރެވެ. / ޚަދީޖަތުގެފާނު ދީނަށްޓަކައި ޤުރުބާންވެވަޑައިގެންނެވިކަމެވެ.
9) ތިރީގައިވާ (ހ) އަދި (ށ) ގެ ތެރެއިން ކޮންމެވެސް 1 ސުވާލަކަށް ޖަވާބު ލިޔާށެވެ:                   (2 މާކްސް)
(ހ) ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޢާއިޝާ އާ ބެހޭ ޚާއްޞަ ކަންކަމުގެ ތެރެއިން 1 ކަމެއް ބުނެދޭށެވެ؟
(ށ) ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޙަފްޞާ އާ ބެހޭ ޚާއްޞަ ކަންކަމުގެ ތެރެއިން 1 ކަމެއް ބުނެދޭށެވެ؟
(ހ) ޢާއިޝާއަކީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން/ ރަސޫލާގެ ކައިވެނިބައްލަވައިގަން ހަމައެކަނި ބިކުރުވެރި އަނބިކަނބަލުން – ރަސޫލާގެ އަނބީންގެ ތެރެއިން ކުރިން އެހެންމީހަކާ ކައިވެނި ބައްލަވާ ނުގަންނަވާ އަނބިކަނބަލުން/ އެންމެ ޢިލްމުވެރި އަނބިކަނބަލުން/ ވިސްނުން ތޫނު އަނބިކަނބަލެއް
(ށ) ޙަފްޞާއަކީ ޢުމަރުގެފާނުގެ ދަރިކަނބަލުން/ އެކަމަނާގެ ކުރީގެ ފިރިކަލުން ބަދުރު ހަނގުރާމައިގައި ޝަހީދުވީ
10) ތިރީގައިވާ ވާހަކަކޮޅު ކިއުމަށްފަހު ހުރިހާ ސުވާލަކަށް ޖަވާބުދޭށެވެ:                             (4 މާކްސް)
ސަލީމް ރަށަކަށް ގޮސްއުޅެނިކޮށް އޭނާގެ ފައިސާކޮޅު ގެއްލުނެވެ. އެރަށުގައި މާ ގާތް ރައްޓެއްސަކު ނުހުންނާތީ ރާމިޒް ކިޔާމީހެއްގެ އަތުން ސަލީމް ދަރަންޏެށް ނަގަންޖެހުނީ އޭނާގެ ލެޕްޓޮޕް ރާމިޒް އަތުގައި ބަހައްޓާފައެވެ. އަދި ފަހުން އެފައިސާ އަދާކުރުމަށްފަހު އެލެޕްޓޮޕް އަތުލިއެވެ.
(ހ) މަތީގައިއެވަނީ ރަހުނުގެ މުޢާމަލާތެކެވެ. އެތަނުގައި ރަހުނަކީ ކޮން އެއްޗެއްކަން ބުނެދޭށެވެ؟ (ބުނެދެންވީ އެއެއްޗެއްގެ ނަމެވެ.)
ލެޕްޓޮޕް
(ށ) ދަރަނި ނަގާއިރު ރަހުނު ބަހައްޓަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟
އިތުބާރެއްގެ ގޮތުން / ދަރަނިނުދެއްކިއްޖެ ޙާލަތެއްގައި ދަރިދިންފަރާތުން އެރަހުނުގެ ބޭނުންހިފުން
(ނ) ސަލީމް އެކުރީ ދީނުގައި ކޮންކަހަލަ ކަމެއްހެއްޔެވެ؟
ދީނުގައި ހުއްދަކަމެކެވެ.
(ރ) ސަލީމް އާއި ރާމިޒް ގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން 1 ޝަރުތު ބުނެދޭށެވެ؟
ބާލިޣުވުން / ބުއްދިސަލާމަތުން ހުރުން / މުދާބެލެހެއްޓުމުގެ ކުޅަދާނަވެގެންވުން

No comments:

Post a Comment